21 ނޮވެމްބަރ 2019
އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ އަގު ސަރުކާރުން އެކަށީގެންވާ ގޮތެއްގައި ވަޒަންނުކުރާ ކަމަށް ބުނެ އެކްޓަރު ރިޝީ ކަޕޫރް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ އަގު ސަރުކާރުން އެކަށީގެންވާ ގޮތެއްގައި ވަޒަންނުކުރާ ކަމަށް ބުނެ އެކްޓަރު ރިޝީ ކަޕޫރް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
ފިލްމީ ދާއިރާގައި މަސައްކަތްކުރާތާ 50 އަހަރުވެފައިވާ 67 އަހަރުގެ އެކްޓަރު އިންޑޯ-އޭޝިއަން ނިއުސް އެޖެންސީ (އިއަންސް) އަށް ދިން އިންޓަވިއުއެއްގައި ބުނީ އިންޑިއާ ސަރުކާރުން އަބަދު ވެސް ބަލަނީ ސިޔާސީ މީހުން ޕްރޮމޯޓްކުރެވޭތޯ އެވެ.
އެކަމަކު މުޅި ދުނިޔޭގައި އިންޑިއާ އަށް އެންމެ ބޮޑު މަޝްހޫރުކަމެއް ހޯދާފައި ވަނީ ފިލްމީ ދާއިރާ އިން ކަމަށާއި ބޮލީވުޑަކީ ހަގީގަތުގައި އިންޑިއާގެ މޫނުމަތި ކަމަށް ބުންޏެވެ. ރިޝީ ބުނިގޮތުގައި އާޓިސްޓުންގެ އިތުރަށް އިންޑިއާ ސަރުކާރުން ގައުމަށް ހިދުމަތްކުރާ ވިޔަފާވެރިންގެ އަގު ވެސް ވަޒަނެއްނުކުރެ އެވެ.
އެކަން އެގޮތަށް ކުރާ ނަމަ ގައުމުގައި ބިނާކުރާ ތަންތަނަށް އާޓިސްޓުސްޓުން ވެސް ނަން ވެސް ދޭނެ ކަމަށް ބުންޏެވެ. ރިޝީ ބުނިގޮތުގައި މުނިފޫހިފިލުވުމުގެ ދާއިރާ އިން ވަރުގަދަ އެތައް ޝަހުސިއްތެއް މިހާތަނަށް އިންޑިއާ ދެކެފި އެވެ.
"އެހެންވީމާ އެ މީހުންގެ ނަމަށް ނިސްބަތްކޮށް، މަގުތަކާއި ސްކޫލްތަކާއި ކޮލެޖްތަކާއި އެއާފޯޓް ފަދަ ތަންތަނަށް ނަން ނުދޭންވީ އެއްވެސް ސަބަބެއް ނެތް. މިއީ ދުނިޔޭގެ އެހެން ތަންތަނުން ވެސް އަހަރެމެންނަށް ފެންނަ ކަމެއް،" ރިޝީ ބުންޏެވެ. "އިންޑިއާ އިން އަހަރެމެންނަށް ފެންނަނީ މި ޒާތުގެ ކަންކަމުގައި މުޅިންހެން ސިޔާސީ މީހުންގެ ނުފޫޒު ގަދަވެފައި އޮތް ތަން. އާޓިސްޓުންނާ ދޭތެރޭ އިހާނެތިކޮށް ކަންތައް ކުރާ ތަން. މިއީ ވަރަށް ދެރަ ކަމެއް."
Death is not always the end. #TheBody Official Trailer out now! In Cinemas this December, Friday the 13thhttps://t.co/ABHqCffhVl@emraanhashmi @sobhitaD @Vedhika4u @jeethu007 @TheBodyMovie @Viacom18Studios @iAmAzure @AndhareAjit @SunirKheterpal @TSeries
— Rishi Kapoor (@chintskap) November 15, 2019
އަންނަ މަހުގެ 13 ގައި ރިލީޒްކުރާ "ދަ ބޮޑީ" ގެ ބަތަލު ބުނީ މިއުޒިކް ލެޖެންޑުން ކަމަށްވާ ޕަންޑިތު ރަވީ ޝަންކަރާއި އުސްތާޒް އައްލާ ރައްކާގެ އިތުރުން ލަތާ މަންގޭޝްކަރް ފަދަ ޝަހުސިއްޔަތުންގެ ނަންތައް ދިރުވައިގެން ނޫނީ އެ މީހުންގެ ހިދުމަތުގެ ވާހަކަ އަންނަން އޮތް ޖީލުތަކާ ހަމައަށް ނުފޯރާނެ ކަމަށެވެ.
"މިކަހަލަ ކިތަންމެ ޝަހުސިއްތުންނެއް އިންޑިއާގެ މުނިފޫހި އިންޑަސްޓްރީގައި އުފެއްދިއްޖެ. އެކަމަކު އަހަރެމެންނަަށް ފެންނަނީ އެ މީހުންނަށް ހައްގުވާ މަގާމު ދޭން ސަރުކާރުން ނުކުޅެދިފައިވާތަން،" ރިޝީ ބުންޏެވެ.
އޭނާ ބުނީ މިކަހަލަ ވާހަކަތަކެއް ދައްކަން ޖެހެނީ އަމިއްލަ އާއިލާ އިން ވަރުގަދަ ޝަހުސިއްޔަތުންތަކެއް އުފެދި، އެ މީހުންނަށް ވަކި މަގާމެއް ނުދީގެން ނޫން ކަމަށެވެ. ރިޝީގެ ބައްޕަ ރާޖް ކަޕޫރަކީ ހިންދީ ސިނަމާގެ އެންމެ ވަރުގަދަ އެއް ޝަހުސިއްޔަތެވެ. އަދި ކާފަ ޕްތުވީރާޖް ރާޖް ކަޕޫރަކީ ވެސް ހިންދީ ސިނަމާގެ ވަރަށް އަގުހުރި ނަމެކެވެ.
މީގެ އިތުރުން ރިޝީގެ ބޮޑުބޭބެއިން ކަމަށްވާ ކުރީގެ އެކްޓަރު ޝައްމީ ކަޕޫރާއި ޝަޝީ ކަޕޫރަކީ ވެސް ހިންދީ ސިނަމާގެ ދެވަނައެއް ނެތް ފަދަ ތަރިންނެވެ.
ސަރުކާރުގެ އެވޯޑެއް ނުލިބުނަސް ދެރައެއް ނުވޭ: ސޯނޫ
ކަންގަނާ އަނެއްކާ ވެސް ބަޔަކު ލޭ ކައްކުވާލައިފި
ބެއާ ގްރިލްސްގެ ޝޯއަށް އަޖޭ ރާއްޖެއަށް އަންނަނީ
އިންޑިއާގެ ފިލްމީ މަސައްކަތްތަކަށް މާލީ އެހީ ދެނީ
ފަރުހާނާ ދެކޮޅަށް ސޯޝަލް މީޑިއާގައި ކެމްޕޭނެއް
"މޯދީ" ގެ ނަމުގައި ވެބް ސީރީޒެއް ވެސް ގެންނަނީ
ސިޔާސީ އިވެންޓަކަށް ދާތީ އަމީތާބަށް ފާޑުކިޔަނީ
އިދިކޮޅު ޕާޓީތަކުގެ އެއްބާރުލުމަށް މޯދީ އެދިވަޑައިގެންފި
މޯދީ ކޯލިޝަން ކެބިނެޓް އިއުލާނުކުރައްވައިފި
މޯދީ މުސްލިމުންނަށް ފުރައްސާރަކުރާ މައްސަލަ ހުށަހަޅައިފި