Roadha Mihaaru
"ނޮވެމްބާ" ގެ ޓީމް ސިންގަޕޫރްގައި

ޑާކް ރެއިންގެ "ނޮވެމްބާ" ގެ ޓީމް ސިންގަޕޫރުގައި

22 ނޮވެމްބަރ 2019

ޑާކް ރެއިން އެންޓަޓައިންމަންޓުން އަންނަ އަހަރު ގެނެސްދޭން ނިންމާފައިވާ ލޯބީގެ ފިލްމު "ނޮވެމްބަރު" ގެ މަންޒަރުތަކެއް ސިންގަޕޫރް ނަގަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑާކް ރެއިން އެންޓަޓައިންމަންޓުން އަންނަ އަހަރު ގެނެސްދޭން ނިންމާފައިވާ ލޯބީގެ ފިލްމު "ނޮވެމްބަރު" ގެ މަންޒަރުތަކެއް ސިންގަޕޫރް ނަގަން ފަށައިފި އެވެ.

ފިލްމުގެ ލީޑް ދެ ތަރިން ކަމަށްވާ ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) އާ އެކު ފިލްމުގެ ކްރޫ ސިންގަޕޫރަށް ދިޔައީ ބުރާސްފަތި ދުވަހު އެވެ.

އެ ޓީމްގައި ފިލްމުގެ ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) އާއި ދެ ޕްރޮޑިއުސަރުން ކަމަށްވާ މުހައްމަދު އަލީ އާއި އަންހެނުން އަދި ސްކްރީން ރައިޓަރު އައިޝަތު ފުއާދު ތައުފީގްގެ އިތުރުން މޭކަޕް އާޓިސްޓް ސޭންޑީ އަދި ކެމެރާމަން އަހުމަދު ޝިނާން ހިމެނެ އެވެ.

"ނޮވެމްބާ" ގެ މަންޒަރުތަކެއް ސިންގަޕޫރްގައި ނަގާ އިރު، އެ ގައުމުގައި ދިރިއުޅޭ ރާއްޖޭގެ ކުރީގެ މަޝްހޫރު ފިލްމީ ތަރި އިސްމާއީލް ވަޖީހު ވެސް ފިލްމުގެ ރޯލަކުން ފެންނާނެ އެވެ. ފިލްމުގެ ޓީމުން އަންނަ މަހުގެ ކުރީކޮޅާ ހަމައަށް ސިންގަޕޫރްގައި ޝޫޓިން ކުރިއަށް ގެންދާނެ އެވެ.

"ނޮވެމްބާ" ގެ މަންޒަރުތަކެއް ކުރިން ވަނީ މާލެ އާއި ލ. އަތޮޅު ގަންފޮނަދު އާއި ކ. ތުލުސްދޫގައި ވެސް ނަގައިފަ އެވެ.

ވަރަށް ގިނަ ތަރިން ހާއްސަ ފެނިލުންތަކުން ވެސް ފެނިގެން ދާނެ "ނޮވެމްބާ" ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ. މި ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ޑާކް ރެއިނުން އެންމެ ފަހުން ގެނެސްދިން "މާމުއި" ވެސް ލިޔުނު އައިޝަތު ފުއާދާއި އަހުމަދު ތޮލާލެވެ.

މީގެ ކުރިން ވެސް ދިވެހި ފިލްމެއް ސިންގަޕޫރްގައި ޝޫޓްކޮށްފައިވެ އެވެ. އެއީ ފަރިވާ ސްޓޫޑިއޯ އިން މީގެ އަހަރުތަކެއް ކުރިން ގެނެސްދިން "ދެ ފިރި" އެވެ.