Roadha Mihaaru
އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް އާ ބޭފުޅެއް

އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް އާ ބޭފުޅަކު އައްޔަންކޮށްފި

07 ނޮވެމްބަރ 2017

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރަކަށް އާ ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރަކަށް އާ ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފި އެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖެއްސެވީ މ. ރިވެލިގެ، މުހައްމަދު ޝަފާއު ހަސަން ކަމަށެވެ.

ޝަފާއު އެންމެ ފަހުން ހުންނެވީ މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ގެ ހެޑް އޮފް މާކެޓިން އެންޑް ކޯޕަރޭޓް އެފެއާޒްގެ މަގާމުގަ އެވެ. އެމްއައިބީގައި އޭނާ ފަސް އަހަރު ހޭދަކުރައްވާފައިވާއިރު، އޭގެ ކުރިން ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެސިސްޓެންޓް މެނޭޖަރުކަން އަދި ދިރާގުގެ ޑިސްޓްރިބިއުޝަން މެނޭޖަރުކަން ވެސް ކުރައްވައިފަ އެވެ.

އެމްއާރުޑީސީގެ އެމްޑީއަކަށް ކުރިން ހުންނެވީ މުހައްމަދު ނިމާލެވެ. އެކަމަކު އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ވަގުތު ދިނުމަށް ކަމަށް ވިދާޅުވެ، މިދިޔަ ޖޫން މަހު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އެހެންކަމުން އެ ކުންފުނީގެ އެމްޑީއަކަށް ޝަފާއު އައްޔަންކުރުމާ ހަމައަށް އެ މަގާމު އޮތީ ހުސްކޮށެެވެ.