Roadha Mihaaru
ޓީޗަރު މައްސަލަ ފެންމަތިވީ 2017ގައި، ފިޔަވަޅުއެޅިން

ޓީޗަރުގެ މައްސަލަ ފެންމަތިވީ 2017ގައި، އޭރު ފިޔަވަޅު އެޅިން: ސީއެޗްއެސްއީ

26 ނޮވެމްބަރ 2019

އިސްލާމް ޓީޗަރާ ގުޅޭ މައްސަލަ ފެންމަތިވީ 2017 ވަނަ އަހަރު ކަމަށާއި އެޑިއުކޭޝަން މިނިސްޓްރީގެ އެންގުމާ އެއްގޮތަށް އޭރު ފިޔަވަޅު އަޅާފައިވާނެ ކަމަށް ސީއެޗްއެސްއީ އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިސްލާމް ޓީޗަރާ ގުޅޭ މައްސަލަ ފެންމަތިވީ 2017 ވަނަ އަހަރު ކަމަށާއި އެޑިއުކޭޝަން މިނިސްޓްރީގެ އެންގުމާ އެއްގޮތަށް އޭރު ފިޔަވަޅު އަޅާފައިވާނެ ކަމަށް ސީއެޗްއެސްއީ އިން މިއަދު ބުނެފި އެވެ.

އެ ސްކޫލްގެ ޕްރިންސިޕަލް އައިޝަތު ސޮފޫރާ ވިދާޅުވީ ހަސަން ޒަރީރާ ގުޅޭގޮތުން ދަރިވަރުންގެ ފަރާތުން ޝަކުވާ ލިބުމުން އެކަން އެޑިއުކޭޝަންގެ ސަމާލުކަމަށް ވަގުތުން ގެނައި ކަމަށެވެ. އެއާއެކު މިނިސްޓްރީގެ ލަފައާ އެއްގޮތަށް، އެ ބެޗްގެ ދަރިވަރުންނަށް ކިޔަވައިދޭން ނުފޮނުވާ ކަމަށް ވިދާޅުވި އެވެ.

ދަރިވަރުންތަކަކަށް އިންޒާރު ދިން މައްސަލާގައި ސީއެޗްއެސްއީން ވަނީ އެ ދަރިވަރުންގެ ބަޔާން ނަގައި މިނިސްޓްރީއާ ހިއްސާކޮށްފަ އެވެ.

ސޮފޫރާ ވިދާޅުވީ ޓީޗަރަކާ ގުޅޭގޮތުން ކިތަންމެ ކުޑަ ކަމެއްގައި ޝަކުވާ ކުރި ނަމަވެސް އެކަމެއް ސްކޫލެއް ބަލާފައިވާނެ ކަމަށެވެ. ދަރިވަރުން ހިތްހަމަނުޖެހޭ ޓީޗަރަކު، އެ ދަރިވަރުންނަށް ކިޔަވައިދޭން ނުފޮނުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ ކުރިން ވެސް ހުންނާނެ އެކި މައްސަލަތަކުގައި ޓީޗަރުންނާ ދެކޮޅަށް ފިޔަވަޅު އަޅާފައި. މިފަދަ މައްސަލަތަކުގައި ގެންގުޅޭނީ ޒީރޯ ޓޮލެރެންސް،" ސޮފޫރާ ވިދާޅުވި އެވެ.

އެ ޓީޗަރާ ގުޅޭ މައްސަލަ ސޯޝަލް މީޑިއާގައި ފެންމަތިވުމާއެކު، އެޑިއުކޭޝަން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ހަސަން ޒަރީރާ ގުޅޭ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން ދާ ކަމަށެވެ. ކްލާސް ރޫމަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލަކަށް ހެދުމަށް މިނިސްޓްރީން އަބަދު ވެސް އިސްކަން ދޭނެ ކަމަށް ބުންޏެވެ.