Roadha Mihaaru
މައްސަަލަ ބޮޑުވެފައިވާ ޖީއެމްއައިޒެޑްއެލް އޮޑިޓް ކުރަނީ

މައްސަަލަ ބޮޑުވެފައިވާ ޖީއެމްްއައިޒެޑްއެލްގެ އޮޑިޓް ފަށައިފި

26 ނޮވެމްބަރ 2019

ތިލަފުއްޓާއި ގުޅިފަޅު ބަލަހައްޓާ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިިޒެޑްއެލް)ގެ އޮޑިޓެއް އޮޑިޓާ ޖެނެރަލްގެ އޮފީހުން ފަށައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ތިލަފުއްޓާއި ގުޅިފަޅު ބަލަހައްޓާ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިިޒެޑްއެލް)ގެ އޮޑިޓެއް އޮޑިޓާ ޖެނެރަލްގެ އޮފީހުން ފަށައިފި އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް މުހައްމަދު ނަސީމު "މިހާރު" އަށް މިއަދު ވިދާޅުވީ، އެތެރޭގެ މައްސަލަތައް ބޮޑުވެފައިވާ ޖީއެމްއައިޒެޑްއެލް އޮޑިޓް ކުރުުމުގެ މަސައްކަތް ފެށީ ވަރަށް ފަހުން ކަމަށެވެ.

ޖީއެމްޒެޑްއެލް އާ ގުޅޭ ދެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒްް (އެސްއޯއީ) ކޮމިޓީ އިން ވެސް އަންނަނީ ބަލަމުންނެވެ. މަޖިލީހުން ބަލަމުން އަންނަ އެއް މައްސަލަ އަކީ ތިލަފުށި ފަޅުގައި އޮތް އެމްވީ ސީހޯމް ސަފަޔާ ނަަގަން ބަޔަކާ ހަވާލުކުރުމުގައި މެނޭޖްމަންޓުން އަމަލުކުރި ގޮތް ރަނގަޅު ނޫން ކަމަށް ބުނެ ހުށަހަޅާފައިވާ ޝަކުވާ އެވެ. އަނެއް މައްސަލަ އަކީ ކެމިކަލް ރައްކާކުރާ ގުދަންތައް އަޅަން އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރި ގޮތާ ބެހޭ ގޮތުން އޭސީސީން ފޮނުވި ސިޓީއެއްގެ މައްސަލަ އެވެ.

އެ ދެ މައްސަލައާ ބެހޭ ގޮތުން ސުވާލުކުރަން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަޝީދު (އިބޫ) އާއި ކުންފުނީީގެ ބޯޑުގެ މެމްބަރުން އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރި ދުވަހު އެ ކުންފުނީގެ ޗެއާމަން ސައުދުﷲ އަހުމަދާއި ބޯޑުގެ އެެހެން މެމްބަރުން އެމްޑީ އިބޫ އަށް ގިނަ ތުހުމަތުތަކެއް ކުރެއްވި އެވެ. އެ ބޭފުޅުން ވިދާޅުވީ ބޮޑެތި ކަަންތައްތައް އިބޫ ނިންމަވަނީ ބޯޑާ މަޝްވަރާ ނުކުރައްވާ ކަމަށެވެ. ތިލަފުށި ފަޅުގައި އޮތް ބޯޓު ނަގަން ބަޔަކާ ހަވާލުކުރި އިރު އެކަމުގައި ވެސް އަމަލުކުރައްވާފައި ވަނީ ރަނގަޅަށް ނޫން ކަމަށް ސައުދާއި އެހެން ބޭފުޅުން ވިދާޅުވި އެވެ.

އެކަމަކު އިބޫ ވިދާޅުވީ އޭނާ ހުރިހާ ކަމެއް ވެސް ކުރައްވާފައި ވާނީ ކުންފުނީގެ ބޯޑުން ކުރިން ފާސްކޮށްފައިވާ އުސޫލާ އެއްގޮތަށް ކަމަށެވެ. ބޯޓު ނަގަން ބަޔަކާ ހަވާލުކުރި މައްސަލަ އޭސީސީން ބަލައި، އެކަމުގައި ކޮރަޕްޝަން އެކުލެވިފައި ނުވާ ކަމަށް އޭސީސީން ބުނެފައިވާ ކަމަށް ވެސް ކޮމިޓީގެ ބައްދަލުވުމުގައި އިބޫ ވިދާޅުިވި އެވެ.

ޖީއެމްއައިޒެޑްއެލްގައި ކޯޅުން އޮތްވަރު އެނގިވަޑައިގެންނެވުމުން ކޮމިޓީގެ މެމްބަރުން ލަފާ ދެއްވީ ގުޅުން ރަނގަޅުކޮށް "ކުންފުންޏެއް ގޮތަށް" އެ ތަން ހިންގުމަށެވެ.