Roadha Mihaaru
ތިލަފުއްޓާއި ގުޅީފަޅުގެ ކުލިން 30 ޕަސެންޓް މާފުކޮށްފި

ތިލަފުއްޓާއި ގުޅީފަޅުން ދޫކޮށްފައިވާ ބިންތަކުގެ ކުލިން 30 ޕަސެންޓް މާފުކޮށްދީފި

02 އެޕްރީލް 2020

ތިލަފުއްޓާއި ގުޅީފަޅުން ދޫކޮށްފައިވާ ބިންތަކުގެ ކުލިން 30 ޕަސެންޓް މާފުކޮށްދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ތިލަފުއްޓާއި ގުޅީފަޅުން ދޫކޮށްފައިވާ ބިންތަކުގެ ކުލިން 30 ޕަސެންޓް މާފުކޮށްދީފި އެވެ.

އެ ކުންފުނިން އިއްޔެ ނެރުނު ބަޔާނުގައި ބުނީ ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދޭން މި މަހުން ފެށިގެން ކުރިއަށް އޮތް ތިން މަހަށް ދައްކަންޖެހޭ މަހު ކުލިން 30 ޕަސެންޓް އުނިކުރަން ނިންމާފައިވާ ކަމަށެވެ.

ކުލި ކުޑަކޮށްދިން ތަންތަނުގެ ތެރޭގައި ބިމާއި ކުއްޔަށް ދޫކޮށްފައިވާ އެޕާޓްމަންޓުތައް ހިމެނެ އެވެ. އެޕާޓްމަންޓްތަަކަކީ ގުޅީފަޅުގައި މީގެ ކުރިން ހެދި ފްލެޓުތަކެވެ. އެ ތަންތަން މިހާރު ކުއްޔަށް ހިފައިގެން އުޅެނީ ކުންފުނިތަކުން، އެ ކުންފުނިތަކުގެ ބިދޭސީ މަސައްކަތްތެރިން ގެންގުޅުމަށެވެ.

ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ މާލީ ދަތިތަކާ ގުޅިގެން ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުން އަންނަނީ ލުއިތައް ދެމުންނެވެ.

ހުޅުމާލޭގައި ދޫކޮށްފައިވާ ފްލެޓުތަކުގެ ކުލި ވެސް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުޑަކޮށްދީފައިވާއިރު އަމިއްލަ މީހުން ވެސް އަންނަނީ އެ މީހުން ކުއްޔަށް ދީފައިވާ އިމާރާތްތަކުގެ ކުލި ކުޑަކޮށްދެމުންނެވެ.