ފަސް މަހުގެ މެދުކެނޑުމަކަށް ފަހު އިންޑިއާގެ ގޯ އެއާ އިން އަނެއްކާ ވެސް ރާއްޖެ އަށް ދަތުރުތައް ފަށަން ނިންމައިފި އެވެ.
27 ނޮވެމްބަރ 2019
ފަސް މަހުގެ މެދުކެނޑުމަކަށް ފަހު އިންޑިއާގެ ގޯ އެއާ އިން އަނެއްކާ ވެސް ރާއްޖެ އަށް ދަތުރުތައް ފަށަން ނިންމައިފި އެވެ.
މި ދަތުރުތައް ފަށާނީ އަންނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ. އިންޑިއާގެ ބެންގަލޫރުންނާއި ނިއު ދިއްލީ އަދި މުމްބާއީން ހަފުތާއަކު ފަސް ދުވަހު ދަތުރު ކުރާނެ ކަމަށް ގޯ އެއާ އިން ވަނީ ބުނެފަ އެވެ. މި ހުރިހާ ދަތުރުތަކަކީ ވެސް ސީދާ ދަތުރުތަކެވެ.
އަލުން ދަތުރުތައް ފަށާއިރު މުމްބާއީން މާލެ އަށް އަދި މާލެ އިން މުމްބާއީ އަށް ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފުތާއަކު އާދީއްތަ، ބުދަ އަދި ބުރާސްފަތީގަ އެވެ. ދިއްލީން މާލެ އަށް އަދި މާލެއިން ދިއްލީއަށް ހޯމަ، ބުދަ އަދި ހޮނިހިރުގައި ދަތުރު ކުރުމަށް ހަމަޖެހިފައިވާއިރު ބެންގަލޫރުން މާލެއަށް އަދި މާލެއިން ބެންގަލޫރަށް ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހާއި އާދީއްތަ ދުވަހު އެވެ.
ގޯ އެއާއިން ވަނީ އެ އެއާލައިނުން ރާއްޖެ އަށް ކުރާ ދަތުރުތަކުގެ ޝެޑިއުލް އެ ކުންފުނީގެ ވެބްސައިޓުގައި ޝާއިއުކޮށްފަ އެވެ. އެ އެއާލައިނުން ޓިކެޓް ނަގަން ބޭނުންވާ މީހުންނަށް ވެބްސައިޓުން ވެސް ޓިކެޓް ގަނެވޭނެ އެވެ.
ގޯ އެއާ އިން ރާއްޖެ އަށް ކުރަމުން އައި ދަތުރުތައް މެދުކަނޑާލާފައިވަނީ މިއަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހު އެވެ. މި ދަތުރުތައް މެދުކަނޑާލާފައިވަނީ ވިއްސާރަ މޫސުމާ ގުޅިގެންނެވެ. ނަމަވެސް ކުރިއަށް އޮތީ ހޫނު މޫސުން ކަމަށް ވާތީ އަލުން ދަތުރުތައް ފަށަން ނިންމީ ކަމަށް ގޯ އެއާ އިން ބުންޏެވެ.
އެފްކޮމް ކާގޯ އިން ރާއްޖެއަށް ކާގޯ ފްލައިޓްތައް އަޅަނީ
އެއާ އަރަބިއާގެ ޝެޑިއުލް ދަތުރުތައް ފަށައިފި
މަނީ ލޯންޑަރިންގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި
"ހައްޔަރުކުރި މީހުންގެ ދަބަހުން ގޮވާ އެއްޗެއް ނުފެނޭ"
ކުވައިތު އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް ފަށަނީ
އެއާޕޯޓު ޖީއެމްއާރަށް: އަނެއްކާވެސް ހޫނު ބަހުސަކަށް!
ޖީއެމްއާރު ބޭރުކުރުމަކީ އިގްތިސާދީ ޖަރީމާއެއް: އަމީރު
އިއްޔެ ޑީޕޯޓްކޮށްލި 168 މީހުންނަކީ އިންޑިއާގެ ބައެއް
އިންޑިއާގެ ވިސްތާރާގެ ދަތުރުތައް ރާއްޖެއަށް ފަށަނީ
އިންޑިގޯއިން މާލެ-ބެންގަލޫރަށް ކޮންމެ ދުވަހަކު