Roadha Mihaaru
ޔާމީން އައިޖީއެމްއެޗަށް ގެންގޮޮސް ޓެސްޓްތަކެއް ހަދައިިފި

ޔާމީން އައިޖީއެމްއެޗަށް ގެންގޮސް ޓެސްޓްތައް ހަދައިފި

29 ނޮވެމްބަރ 2019

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް އިއްޔެ ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްުޔޫމު މިއަދު ހެނދުނު އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސް އެމަނިކުފާނުގެ މެޑިކަލް ޓެސްޓްތަކެއް ހަދައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް އިއްޔެ ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްުޔޫމު މިއަދު ހެނދުނު އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސް އެމަނިކުފާނުގެ މެޑިކަލް ޓެސްޓްތަކެއް ހަދައިފި އެވެ.

ކަރެކްޝަނަން ސާވިސްގެ މިޑިއާ އޮފިޝަލް އަހުމަދު ނަސީމް "މިހާރު" އަށް ވިދާޅުވީ ޔާމީން މިއަދު ހެއްދެވި ޓެސްޓްތަކަކީ މީހުން ފުރަތަމަ ޖަލަށް ގެންދާއިރު އާއްމު އުސޫލުން ހަދަން ޖެހޭ ޓެސްޓްތަކެއް ކަމަށެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނީ ޔާމީންގެ ޓެސްޓްތައް ހެދީ އެމަނިކުފާނު ބަހައްޓާނެ ޖަލެއް ކަނޑައެޅުމަށް ޓަކައި ކަމަށެވެ. އެކަމަކު ނަސީމް ވިދާޅުވީ ޔާމީންގެ ޓެސްޓްތައް ހެދީ އެމަނިކުފާނު ބަހައްޓާނެ ޖަލެއް ކަނޑައަޅަން ނޫން ކަަމަށެވެ.

ޔާމީން އަދިވެސް ހުންނެވީ މާލޭ ޖަލުގަ އެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަން އެސްއޯއެފްގެ އެކައުންޓަކުން އެމަނިކުފާނަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެމަނިކުފާނު އެއްބަސްވެ ވަޑައިގަތުމަށް ފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އޭގެ އަސްލު އޮޅުވާލި ކަމަށް ދައުވާގައިވެ އެވެ.

އެ މައްސަލައިގެ ހުކުމް އިއްވަން އިއްޔެ ބޭއްވި އަޑުއެހުމުގައި، ގާޒީ އަލީ ރަޝީދު ހުސައިން ވިދާޅުވީ އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރި ކަން އެނގޭ ކަމަށެވެ. އެ ފައިސާ އަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމަށް ބެލެވޭ ކަމަށް އޭސީސީން ޔާމީނަށް އަންގަވާފައިވާ ކަން ހެކިންގެ ބަހުންނާއި ކިތާބީ ހެކިން އެނގޭ ކަމަށެވެ. އެކަމަކު އެސްކްރޯ އެކައުންޓަށް ޖަމާކުރީ ޝައްކު އުފެދޭ ފައިސާގެ ބަދަލުގައި އެހެން ފައިސާތަކެއް ކަން ހެކިތަކުން އެނގޭ ކަމަށް ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.