Roadha Mihaaru
ކުރީގެ ރައީސް ޔާމީނަށް އައިޖީއެމްއެޗްގައި ފަރުވާދެނީ

ކުރީގެ ރައީސް ޔާމީނަށް އައިޖީއެމްއެޗްގައި ފަރުވާދެނީ

19 ފެބުރުއަރީ 2020

މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފަރުވާ ދިނުމަށް މިއަދު އައިޖީއެމްއެޗަށް ގެންގޮސްފި އެވެ.

މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފަރުވާ ދިނުމަށް މިއަދު އައިޖީއެމްއެޗަށް ގެންގޮސްފި އެވެ.

ޔާމީން އައިޖީއެމްއެޗަށް ގެންދިޔަކަން ކަރެކްޝަނަލް ސާވިސް އިން ކަށަވަރުކޮށްދިން ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.

މަނީ ލޯންޑަރިންގެ މައްސަަލައިގެ ތަހުގީގަށް ހައްޔަރުކޮށްފައި ހުރި އިރު ވެސް އަދި ކުށް ސާބިތުވެ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ޖަލަށް ހުކުމް ކުރި ފަހުން ވެސް ޔާމީން އައިޖީއެމްއެޗަށް ގެންގޮސް ޓެސްޓްތައް ހަދައި ފަރުވާ ދީފައިވެ އެވެ. އެގޮތުން ހިތުގެ އާލާސްކަންފުޅަކަސް ވެސް ފަރުވާ ހޯއްދެވި އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަން އެސްއޯއެފްގެ އެކައުންޓަކުން ޔާމީންގެ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާކޮށް މަންފާ ހޯދި މައްސަލާގައި ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކުރި ހުކުމްގެ އިސްތިއުނާފުގައި ޔާމީން ވަނީ އެ މަނިކުފާނަށް ސިއްހީ ފަރުވާ ބޭނުންވާ ކަމަށާއި ހަދަންޖެހޭ ބައެއް ޓެސްޓްތައް ރާއްޖޭން ހެދެން ނެތް ކަމަށް ވިދާޅުވެފަ އެވެ.