Roadha Mihaaru
ޖޮނީ އައިވް އެޕަލް ދޫކޮށްލައިފި

ޖޮނީ އައިވް އެޕަލް ދޫކޮށްލައިފި

01 ޑިސެމްބަރ 2019

މޮޅު ޑިޒައިނަރެއް ގޮތުގައި މުޅި ދުނިޔެ އަށް މަޝްހޫރު ޖޮނީ އައިވް އެޕަލް ދޫކޮށް ހިނގައްޖެ އެވެ. އެޕަލް ދޫކޮށް ދިއުމުގައި، އެއްވެސް ކަމެއްގައި އެޕަލްއާ ދެބަސްވުމެއް ނެތް ކަމަށް ބުންޏަސް، އޭނާ ބޭނުންވާ ޑިޒައިންތަކަށް ސީއީއޯ، ޓިމް ކުކް ސަމާލުކަން ނުދެއްވުން އެއީ އެޕަލް ދޫކޮށް އައިވް ދާން ނިންމި ސަބަބު ކަމަށް ވެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

މޮޅު ޑިޒައިނަރެއް ގޮތުގައި މުޅި ދުނިޔެ އަށް މަޝްހޫރު ޖޮނީ އައިވް އެޕަލް ދޫކޮށް ހިނގައްޖެ އެވެ. އެޕަލް ދޫކޮށް ދިއުމުގައި، އެއްވެސް ކަމެއްގައި އެޕަލްއާ ދެބަސްވުމެއް ނެތް ކަމަށް ބުންޏަސް، އޭނާ ބޭނުންވާ ޑިޒައިންތަކަށް ސީއީއޯ، ޓިމް ކުކް ސަމާލުކަން ނުދެއްވުން އެއީ އެޕަލް ދޫކޮށް އައިވް ދާން ނިންމި ސަބަބު ކަމަށް ވެ އެވެ.

މިދިޔަ ޖޫން މަހު، އެޕަލް އިން ވަނީ މި އަހަރަށް ފަހު ޖޮނީ އައިވް އެޕަލްގައި މަސައްކަތްނުކުރާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް، ފްރޮޖެކްޓް އުސޫލުން މަސައްކަތްތައް ނަގައި، އެޕަލް އަށް ޑިޒައިންކޮށްދޭނެ ކަމަށް ވަނީ ބުނެފަ އެވެ.

އެޕަލް އިން ވަކިވެ ދިޔަ ނަމަވެސް، ޖޮނީ އައިވް ޑިޒައިނަރެއް ގޮތުގައި ދެމިހުންނާނެ އެވެ. އޭނާ ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ. އޭނާގެ އަމިއްލަ ޑިޒައިން ފާމް، "ލަމްފްރޮމް" އުފައްދާފައި ވަނީ، އޭނާ ލައްވައި ޑިޒައިންކުރަން އެދޭ އެންމެންނަށެވެ.

އެޕަލް އިން، ޖޫން 27 ގައި އިއުލާންކުރި ފަދައިން، ޖޮނީ އައިވްގެ ނަން ކުންފުނީގެ މުވައްޒަފުންގެ ލިސްޓުން ވަނީ އުނިކޮށްފަ އެވެ. އަދި އެޕަލް ވެބްސައިޓްގައި އާންމުކޮށްފައި ހުންނަ، ކުންފުނީގެ ލީޑަރުންގެ ސަފުހާއިން ވެސް އައިވްގެ ނަން ވަނީ ފުހެލާފަ އެވެ.

އެޕަލް އިން ޑިޒައިންކުރާނެ ކަމަށް ތުންތުން މަތި ދެކެވުނު ހުރިހާ އާލާތެއްހެން ވަނީ، ޖޮނީ އައިވް އިސްވެ ހުރެ، އުފައްދާފަ އެވެ. އޭގެ ތެރޭގައި އެންމެ އަޑުގަދަކޮށް ވާހަކަދެކެވުނު އައިޕެޑް އަދި އެޕަލް ވޮޗް ވެސް މިހާރު ވަނީ ރެކެން އުނދަގޫ އާލާތްތަކަށެވެ. މިއީ ޖޮނީ އައިވް އަމިއްލަ އަށް ޑިޒައިންކޮށް އަދި ޑިވައިސްތަކުގެ މޮޑެލްތައް އުފެއްދުމުގައި ބައްޓަން ކަށަވަރުކުރުމަށް އެނާ ވަނީ އަމިއްލަ އަތުން ލޭތުކޮށްފަ އެވެ.

ޖޮނީ އައިވް އެޕަލް ދޫކޮށް ދިޔައިރު، ނަންވެ ކަންނުވެ އޮތީ ހަމައެކަނި "އެޕަލް ކާރު" އެވެ. އެޕަލް ކާރަށް އަދި ވާނުވާއެއް ނޭނގުނު ނަމަވެސް، ޖޮނީ އައިވްގެ އަމިއްލަ ކުންުފުނިން އެ މަސައްކަތްކޮށްފާނެ ކަމަށް އެބަ ބުނެވެ އެވެ. މިއީ ތެދު ވާހަކައެއް ނަމަ، އެޕަލް ކާރު ވާނީ ޓެސްލާ އަށް ރިހުމަކަށެވެ.