އެޕަލް އިން އަައިފޯނުގައި ބޭނުންކުރާ ފޭސް އައިޑީ ފީޗާ އެ ކުންފުނީގެ ހުރިހާ އުފެއްދުމެއްގައި ބޭނުންކުރަން ފަށަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
28 ޖުލައި 2021
އެޕަލް އިން އަައިފޯނުގައި ބޭނުންކުރާ ފޭސް އައިޑީ ފީޗާ އެ ކުންފުނީގެ ހުރިހާ އުފެއްދުމެއްގައި ބޭނުންކުރަން ފަށަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޓެކް ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ޓިމް ކުކްގެ އެޕަލް އިން މިހާރު ވަނީ އެ މަސައްކަތް ފަށައިފަ އެވެ. އޭގެ މެކް، އައިޕެޑް އެއާ އަދި މިހާރު "އައުޓްޑޭޓެޑް" އުފެއްދުމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ އައިފޯން އެސްއީ ފަދަ ޑިވައިސްތަކަށް ވެސް މި ސެކިއުރިޓީ ފީޗާ ގެންނާނެ ކަމަށްވެ އެވެ. އައިޕެޑް އެއާ އާއި އެސްއީ އަކީ ޓަޗް އައިޑީ ފީޗާ އެކުލެވޭ ޑިވައިސްތަކެވެ.
ބްލޫމްބާގް ނޫސްވެރިޔާ މާކް ގާމަން ބުނި ގޮތުގައި ޑިވައިސްތަކުގެ ރައްކާތެރިކަމާއި ކަސްޓަމަރުންގެ ޕްރައިވެސީ އަށް އެޕަލް އިން ވަރަށް ބޮޑު އިސްކަމެއް ދޭތީ ފޭސް އައިޑީ މިހާރު އެ ކުންފުނިން ވަރަށް ބޮޑަށް ފުޅާކުރަން ބޭނުންވާ ޓެކްނޮލޮޖީއެކެވެ.
އެހެންވެ މި ދާއިރާ އިން މިހާރު ކުރިއަށްދާ މަސައްކަތްތަކަށް ބަލާ އިރު އެޕަލް އިން 2023 އިން ފެށގެން ގެނެސްދޭ ފޯނު ސީރީޒްތަކާއި އެހެން ގިނަ އުފެއްދުންތަކުގައި ފޭސް އައިޑީ ހިމަނާނެކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް ބުންޏެވެ.
އެޕަލްގެ ސީއީއޯ ޓިމް ކުކް.
ނަމަވެސް މިކަމާ ބެހޭ ގޮތުން އެޕަލް އިން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.
އެޕަލް އިން ފޭސް އައިޑީ ތައާރަފުކުރީ 2017 ގައި ނެރުނު އައިފޯން އެކްސްއާ އެކީގަ އެވެ. އޭގެ ފަހުން ކުންފުނީގެ އިތުރު ޑިވައިސްތަކުގައި ވެސް ހިމަނާފައިވެ އެވެ. މިއީ ޑިވައިސްތައް މިހާރު ބޭނުންކުރާ މީހުންގެ މޫނު ބޭނުންކޮށްގެން އެ ޑިވައިސްއެއް ހުޅުވައި، ލޮކްކުރަން ބޭނުންކުރާ ރައްކާތެރިކަމުގެ ފީޗާއެކެވެ.
އެޕަލްގެ ޑިވައިސްތަކުގައި ގޯސް ފޮޓޯ ހުރިތޯ ސްކޭންކުރަނީ
މުޅިން ބިއްލޫރިން ހުންނަ އައިފޯން އެޕަލްއިން ނެރެފާނެ
އައިޕެޑް މަދުކޮށް، އައިފޯން އުފެއްދުން އިތުރުކޮށްފި
އެޕަލް އިން 19 ޑޮލަރުގެ ފޮތިކޮޅެއް
އެޕަލްގެ އެކްޓިވް ޑިވައިސްތައް 1.8 ބިލިއަނަށް
އެޕަލް އިން "ސެލްފް-ސާވިސް ރިޕެއާ" ޕްރޮގްރާމެއް
އައިފޯން 13 ލިބުން ދަތިވެދާނެ
އާ އައިފޯނުގެ ސްޓޮރޭޖްގައި 1 ޓެރަބައިޓް؟
އައިފޯން 13 ދައްކާލާ އިވެންޓް މި މަހު 14 ގައި
ފޮޓޯ ސްކޭންކުރާ އެޕަލްގެ ޓެކްނޮލޮޖީ މަޑުޖައްސާލައިފި