Roadha Mihaaru
ދީޕިކާ އަނެއްކާވެސް ހޮލީވުޑްގެ ފިލްމަކަށް ސޮއިކޮށްފާނެ

ދީޕިކާ އަނެއްކާވެސް ހޮލީވުޑްގެ ފިލްމަކަށް ސޮއިކޮށްފާނެ

04 ޑިސެމްބަރ 2019

މީގެ ދެ އަހަރު ކުރިން ހޮލީވުޑްގެ ފިލްމު "ޓްރިޕްލް އެކްސް: ރިޓާން އޮފް ޒެންޑަ ކޭޖް" ގެ މުހިއްމު ރޯލެއް ކުޅުނު ބޮލީވުޑްގެެ ބަތަލާ ދީޕިކާ ޕަދްކޯން، ހޮލީވުޑްގެ އިތުރު ޕްރޮޖެކްޓްތަކަކަށް މަޝްވަރާކުރަމުން އަންނަ ކަމަށް ނޫސްތަކުން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ ދެ އަހަރު ކުރިން ހޮލީވުޑްގެ ފިލްމު "ޓްރިޕްލް އެކްސް: ރިޓާން އޮފް ޒެންޑަ ކޭޖް" ގެ މުހިއްމު ރޯލެއް ކުޅުނު ބޮލީވުޑްގެެ ބަތަލާ ދީޕިކާ ޕަދްކޯން، ހޮލީވުޑްގެ އިތުރު ޕްރޮޖެކްޓްތަކަކަށް މަޝްވަރާކުރަމުން އަންނަ ކަމަށް ނޫސްތަކުން ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި ދީޕިކާ އަންނަނީ ހޮލީވުޑްގެ ނުފޫޒު ގަދަ ޕްރޮޑިއުސަރުންތަކަކާއި ޑައިރެކްޓަރުންތަކަކާ ގުޅޭ ގޮތުން ވަރަށް ސީރިއަސްކޮށް މަޝްވަރާކުރަމުންނެވެ. އެހެންވެ މާ ލަސްތަކެއް ނުވެ، އޭނާ ދެން ކުޅޭނެ ހޮލީވުޑް ފިލްމެއް އިއުލާންކުރާނެ ކަމަށް ބުންޏެވެ.

ވިން ޑީޒެލްއާ އެކު ކުޅުނު "ޓްރިޕްލް އެކްސް: ރިޓާން އޮފް ޒެންޑަ ކޭޖް" ގައި ދީޕިކާ ދެއްކި ހުނަރަށް ވަރަށް ގިނަ ބަޔަކު ތައުރީފުކޮށްފައިވާ އިރު، އެ ފިލްމުގެ ކުރިއަށް އޮތް ބައިން ވެސް އޭނާ ފެންނާނެކަމުގެ އިޝާރާތެއް ޑައިރެކްޓަރު ޑީޖޭ ކަރޫޒޯ ކުރިން ދީފައިވެ އެވެ.

އޭނާ ކުރިން ކޮށްފައިވާ ޓްވީޓެއްގައި މި އަހަރުގެ ޖެނުއަރީގައި ފިލްމުގެ ޝޫޓިން ފަށާނެ ކަމަށް ބުނި ނަމަވެސް މިހާތަނަށް އެ ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް ހިއްސާއެެއްނުކުރެ އެވެ.

ދީޕިކާގެ ކުރިއަށް އޮތް ފިލްމު "ޗަޕާކް" އަންނަ މަހުގެ 10 ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ އިރު، އޭނާ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ބައިތަކަކަށް ބަހާލައިގެން ގެނެސްދޭ "މަހާބާރަތު" އާއި ޑައިރެކްޓަރު ޝަކުން ބަޓްރާގެ ޑާކް ރޮމޭންޓިކް ތުރިލާއެެއް ހިމެނެ އެވެ. "މަހާބާތަރު" ގެ ފުރަތަމަ ބައި ސިނަމާތަކަށް ގެނެސްދޭން ނިންމާފައި ވަނީ 2021 ގަ އެވެ.

އަންނަ އަހަރު ރިލީޒްވާނެ ދީޕިކާގެ ފިލްމުތަކުގެ ތެރޭގައި ކައިވެންޏަށް ފަހު، ފިރިމީހާ ރަންވީރު ސިންގްއާ އެކު ކުޅުނު ފުރަތަމަ ފިލްމު "83" ހިމެނެ އެވެ.