Roadha Mihaaru
"ޓްރިޕްލް އެކްސް 4" އިން ވެސް ދީޕިކާ ފެންނާނެ

"ޓްރިޕްލް އެކްސް 4" އިން ވެސް ދީޕިކާ ޕަދްކޯން ފެންނާނެ: ޑީޖޭ

06 ސެޕްޓެމްބަރ 2018

އަންނަ އަހަރުގެ ޖެނުއަރީ މަހު ވިން ޑީޒެލްގެ ފްރެންޗައިޒް "ޓްރިޕްލް އެކްސް" ގެ ހަތަރު ވަނަ ބައިގެ މަސައްކަތް ފަށާއިރު، އެ ފިލްމުން ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދްކޯން މި ފަހަރު ވެސް ފެންނާނެ ކަމަށް ޑައިރެކްޓަރު ޑީޖޭ ކަރްސޯ ކަށަވަރުކޮށް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ އަހަރުގެ ޖެނުއަރީ މަހު ވިން ޑީޒެލްގެ ފްރެންޗައިޒް "ޓްރިޕްލް އެކްސް" ގެ ހަތަރު ވަނަ ބައިގެ މަސައްކަތް ފަށާއިރު، އެ ފިލްމުން ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދްކޯން މި ފަހަރު ވެސް ފެންނާނެ ކަމަށް ޑައިރެކްޓަރު ޑީޖޭ ކަރްސޯ ކަށަވަރުކޮށް ދީފި އެވެ.

ފިލްމްގެ ކާސްޓާ އަލަށް ގުޅުނު ޗައިނާގެ ޒުވާން ލަވަކިޔުންތެރިޔާ ވެންގް ޔުއަން (ރޯއި ވެންގް)، 17، އަށް މަރުހަބާ ކިޔަން ޑީޖޭ ކްރި ޓްވީޓާ ގުޅިގެން، ފިލްމުން ދީޕިކާ ފެންނާނެތޯ ފޭނަކު ކުރި ސުވާލަކަށް އޭނާ ބުނީ "އާއެކޭ" ކަމަށެވެ.

މީގެ ކުރިން ވެސް ޑީޖޭ ވަނީ "ޓްރިޕްލް އެކްސް" ގެ ހަތަރު ވަނަ ބައިން ދީޕިކާ ފެންނާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ. ފިލްމަކީ އޭނާގެ އަލަތު ހޮލީވުޑް ފިލްމެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ދީޕިކާ އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.

ޑައިރެކްޓަރު ޑީޖޭގެ ޓްވީޓް.

ބޮލީވުޑްގެ އެންމެ ހުނަރުވެރި އަދި އެންމެ ކާމިޔާބު ބަތަލާއިންގެ ތެރޭގައި ހިމެނޭ ދީޕިކާ ޕަދްކޯން މުހިއްމު ރޯލެއް ކުޅުނު "ޓްރިޕްލް އެކްސް: ރިޓާން އޮފް ޒެންޑަ ކޭޖް" އަކީ މިދިޔަ އަހަރު ރިލީޒް ކުރި ފިލްމެކެވެ. އެ ފިލްމް ކުޅެން ދީޕިކާ 2016 އެއްކޮށް ހުސްކޮށްލި އިރު، އޭގެ ފަހުން އޭނާ ކުޅުނު ހަމައެކަނި ފިލްމަކީ މި އަހަރު ރިލީޒްކުރި ސަންޖޭ ލީލާ ބަންސާލީގެ "ޕަދްމާވަތު" އެވެ.

އެ ފިލްމަށް ފަހު، ދީޕިކާ މި ވަގުތު ހުރީ އެއްވެސް ފިލްމެއްގެ މަސައްކަތެއް ނެތި، ހުސްއަތާ އެވެ. އެކަމަކު އިރްފާން ހާނާ އެކު ކުޅޭ ފިލްމަކަށް އޭނާ ސޮއިކުރި އެވެ. ނަމަވެސް އިރްފާން ކުއްލިއަކަށް ބޮޑު ބައްޔެއް ޖެހިގެން ފަރުވާ ހޯދަން ގައުމުން ބޭރަށް ދާން ޖެހުމުން އެ ފިލްމްގެ މަސައްކަތް ވަނީ ފަސްކޮށްފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ދީޕިކާ އިތުރު ފިލްމަކަށް ސޮއިނުކޮށްގެން އުޅެނީ ނޮވެމްބަރު މަހު އެކްޓަރު ރަންވީރް ސިންގްއާ ކައިވެނި ކުރަން އުޅޭތީ އެވެ. އެ ދެ ތަރިން ކައިވެނި ކުރާނީ އިޓަލީގައި ނޮވެމްބަރު މަހުގެ 20 ގައި ކަމަށްވެ އެވެ.

"XXX 4" ves Deepika Padukone aa eku

"XXX 4" ves Deepika Padukone aa eku

The most trusted news source in the Maldives

Mihaaru

"ޓްރިޕްލް އެކްސް 4" ދީޕިކާ ފެންނާނެކަމުގެ އިޝާރާތެއް ޑީޖޭ ކުރިން ވެސް ދީފައިވޭ.

ވިން ޑީސެލް ބަތަލުގެ ރޯލް ކުޅުނު "ޓްރިޕްލް އެކްސް: ރިޓާން އޮފް ޒެންޑަ ކޭޖް" ގައި ދީޕިކާއާ އެކު ކާސްޓުންގެ ތެރޭގައި ޓޯނީ ޖާ، ރޫބީ ރޯޒް، ނިނާ ޑޮބްރޭވް، ކްރިސް ވޫ، ސެމުއެލް އެލް ޖެކްސަން އަދި ބްރެޒިލްގެ ފުޓްބޯޅަ ތަރި ނޭމާ ޖޫނިއާ ހިމެނެ އެވެ.

ޖެނުއަރީ، 20، 2017 ގައި ރިލީޒް ކުރި ފިލްމަށް ބޮކްސް އޮފީހުގައި 346.1 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ. "ޓްރިޕްލް އެކްސް: ރިޓާން އޮފް ޒެންޑަ ކޭޖް" ހަދަން ހޭދަ ކުރީ 85 މިލިއަން ޑޮލަރެވެ.