Roadha Mihaaru
މާލެ، އައްޑޫ، ފުވައްމުލަކަށް ކައުންސިލަރުން އިތުރުވަނީ

މާލެ އަށް 19، އައްޑު އަށް 11، ފުވައްމުލަކަށް 7 ކައުންސިލަރުން ހޮވަންޖެހޭ ގޮތަށް ހިމަނައިފި

04 ޑިސެމްބަރ 2019

މާލެ ސިޓީ ކައުންސިލަށް 19 ކައުންސިލަރުންނާއި އައްޑު އަށް 11 ކައުންސިލަރުން އަދި ފުވައްމުލަކަށް ހަތް ކައުންސިލަރުން އިންތިހާބުކުރަންޖެހޭ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މާލެ ސިޓީ ކައުންސިލަށް 19 ކައުންސިލަރުންނާއި އައްޑު އަށް 11 ކައުންސިލަރުން އަދި ފުވައްމުލަކަށް ހަތް ކައުންސިލަރުން އިންތިހާބުކުރަންޖެހޭ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ނިޔާޒް ހުށަހެޅުއްވި ބިލް، ލާމަރުކަޒީ ކޮމިޓީން ދިރާސާ ކުރި އިރު، ބޮޑެތި ބަދަލުތަކެއް ބިލަށް ވަނީ ގެނެސްފަ އެވެ. ކޮމިޓީގެ ރިޕޯޓު މަޖިލިހުގެ ތަޅުމަށް ފޮނުވާފައިވާ އިރު، އަންނަ ހޮނިހިރު ދުވަހު މަޖިލިސް ޗުއްޓީ އަށް ދިއުމުގެ ކުރިން ބިލް ފާސްކުރާނެ ކަމަށް ބެލެވެ އެވެ.

ކޮމިޓީން ގެނައި އެންމެ މުހިންމު އެއް ބަދަލުގެ ގޮތުގައި ބުނެފައި ވަނީ އާބާދީ 10،000 އާއި 30،000 ދެމެދުގެ ސިޓީއެއް ނަމަ ހަތް ކައުންސިލަރުން އެ ސިޓީއެއްގައި ތިބެން ޖެހޭނެ ކަމަށެވެ.

ސިޓީއެއްގައި ނަމަ، ސިޓީގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީގެ އަދަދަކީ 30،000 މީހުންނާއި 60،000 މީހުންނާ ދެމެދު ނަމަ 11 ކައުންސިލަރުން އިންތިހާބުކުރަން ޖެހޭނެ ކަމަށް ބިލްގައިވެ އެވެ. އަދި ސިޓީއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީގެ 60،000 އަށް ވުރެ އިތުރު ނަމަ، 19 ކައުންސިލް މެމްބަރުން އިންތިހާބު ކުރަން ޖެހޭނެ ކަމަށް ވެސް ބިލްގައިވެ އެވެ.

ރާއްޖޭގައި ސިޓީގެ ދަރަޖަ ދީފަ އޮތީ މާލެ އާއި އައްޑު އާއި ފުވައްމުލަކަށެވެ.

ރައްޔިތުންގެ މަޖިލިހުގެ ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށް ދަނީ. ---

ރައްޔިތުންގެ މަޖިލިހުގެ ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށް ދަނީ. ---

ބިލް މަޖިލިހުން ފާސްކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފި ނަމަ، މާލެ އަށް އިންތިހާބު ކުރަން ޖެހޭނީ 19 ކައުންސިލަރުންނެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތުން އެ ކައުންސިލަށް އިންތިހާބު ކުރަނީ 13 ކައުންސިލަރުންނެވެ. އަދި އައްޑު އަށް 7 ކައުންސިލަރުން އިންތިހާބު ކުރަން ޖެހެ އެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތުން އައްޑޫގައި ތިބީ ހަތް ކައުންސިލަރުންނެވެ.

ބިލްގެ ސަބަބުން ފުވައްމުލަކަށް ހަތް ކައުންސިލަރުން އިންތިހާބުކުރަން ޖެހޭނެ އެވެ. ފުވައްމުލަކުގައި މިހާރު ތިބީ ތިން ކައުންސިލަރުންނެވެ. ލާމަރުކަޒީ ގާނޫނަށް ކޮމިޓީން ގެނައި އިސްލާހުގައި ބުނެފައިވަނީ ކޮންމެ ސިޓީއެއްގައި ވެސް އެއް އަންހެން ކައުންސިލަރަކު ހުރުން ލާޒިމް ކަމަށެވެ.

މީގެ އިތުރުން، ބިލްގައި ވަނީ ރަށު ކައުންސިލުތަކުގެ ރައީސުންނާއި ސިޓީތަކުގެ މޭޔަރުން އިންތިހާބުކުރާނީ ރައްޔިތުންގެ ވޯޓުން ކަމަށް ކަނޑައަޅަން ހިމަނައިފަ އެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތުން ކައުންސިލުތަކުގެ ރައީސުންނާއި މޭޔަރުން ހޮވަނީ ކައުންސިލަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

ބިލްގައި ވަނީ ސިޓީ ކައުންސިލާއި ރަށު ކައުންސިލާއި އަތޮޅު ކައުންސިލްތަކުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ވަކިވަކިން ތަފްސީލްކޮށްދީފަ އެވެ.