Roadha Mihaaru
އައިފޯނުތަކަށް 5ޖީ 2020 ގައި

އައިފޯނުތަކަށް 5ޖީ 2020 ގައި

09 ޑިސެމްބަރ 2019

އެޕަލް އިން 2020 ގައި ވެސް އައިފޯނުތަކެއް ނެރޭނެ އެވެ. މިއީ ސްމާޓްފޯން ކުންފުނިތަކުން ކޮންމެ އަހަރުކު ވެސް ކުރާ ކެމެކެވެ. އެހެންވެ، ރަސްމީ އިއުލާނަކުން އާންމުނުކުރި ނަމަވެސް މިކަން އޮންނަނީ އެނގި ބާވެފަ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އެޕަލް އިން 2020 ގައި ވެސް އައިފޯނުތަކެއް ނެރޭނެ އެވެ. މިއީ ސްމާޓްފޯން ކުންފުނިތަކުން ކޮންމެ އަހަރުކު ވެސް ކުރާ ކެމެކެވެ. އެހެންވެ، ރަސްމީ އިއުލާނަކުން އާންމުނުކުރި ނަމަވެސް މިކަން އޮންނަނީ އެނގި ބާވެފަ އެވެ.

އައިފޯނުގެ ހަތަރު މޮޑެލްއެއް، އަންނަ އަހަރު ނެރޭނެ ކަމަށް އެބަ ބުނެވެ އެވެ. އެއިން ކޮންމެ ފޯނެއް 5ޖީ ސަޕޯޓްކުރާނެ ކަމަށް ވެސް ބުނެވެ އެވެ. މިއީ ހަގީގަތަކަށް ވެއްޖެ ނަމަ، ކިތަންމެ ބަޔަކު ހައިރާންވާނެ އެވެ.

އައިފޯނުތައް 5ޖީ ސަޕޯޓްކުރާ ފެންވަރަށް ތަރައްގީކުރުމަށް އަހަރުތަކެއް ނަގާނެ ކަމަށް އޮތީ ބެލެވިފަ އެވެ. ނަމަވެސް، މި ޚަބަރާ އެކު މި ވަނީ ސުވާލުތަކެއް އުފެދިފަ އެވެ. އެއީ އައިފޯނުތަކަށް އެހާ އަވަހަށް 5ޖީ ގެނައި ގޮތާ މެދު އުފެދިފައި ހުރި ސުވާލުތަކެވެ.

އައިފޯނުތަކަށް 5ޖީ އައުން ލަސްވާނެ ކަމަށް އެއިރު ބުނެވުނީ، އެޕަލް ބޭނުންވާ ފެންވަރަށް 5ޖީ މޯޑެމް އުފައްދައިދޭނެ ބަޔަކު ނެތުމުންނެވެ. އައިފޯނުތަކަށް ކުރިން މޯޑެމް އުފައްދައިދިން ކުއަލްކޮމްއާ މައްސަލަޖެހި ގުޅުން ގޯސްވެފައި އޮތުމުން، 5ޖީ މޯޑެމެއް އުފައްދައިދޭނެ އެހެން ބަޔަކު އެޕަލް އަށް ވަނީ ނުލިބިފަ އެވެ. އެހެން ނަމަވެސް، ކުއަލްކޮމްއާ އެކު އޮތް ގުޅުން ބަދަހިކޮށް، ސުލްހަވެފައި ވާތީ، 5ޖީ މޯޑެމް އުފެއްދުމަކީ އެޕަލް އަށް މިހާރު ބޮޑު ފިކުރެއް ނޫނެވެ.

މަސްރަހު ދިރާސާކުރާ މީހުން ބުނާ ގޮތުގައި 2021 އަށް ފަހު އެޕަލް އިން އަހަރު ދެކޮޅު އައިފޯނުތައް ނެރޭނެ އެވެ. މިއީ ސްމާޓްފޯން މާކެޓްގައި، ސެމްސަންގް އަދި ވަންޕްސް ފަދަ މަޝްހޫރު ކުންފުނިތަކުން ވިޔަފާރި ބައްޓަންކޮށްފައި އޮތް ގޮތެވެ.