ދުނިޔޭގެ އެންމެ ޒުވާން ބޮޑުވަޒީރުގެ މަގާމު ފިންލެންޑްގެ އަންހެން ބޮޑުވަޒީރު ސަނާ މަރިން އަށް ލިބިވަޑައިގެންފި އެވެ
09 ޑިސެމްބަރ 2019
ދުނިޔޭގެ އެންމެ ޒުވާން ބޮޑުވަޒީރުގެ މަގާމު ފިންލެންޑްގެ އަންހެން ބޮޑުވަޒީރު ސަނާ މަރިން އަށް ލިބިވަޑައިގެންފި އެވެ
މި ވަގުތު ޓްރާންސްޕޯޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އުމުރުން 34 އަހަރުގެ ސަނާ ބޮޑުވަޒީރަކަށް ހަމަޖައްސަން ނިންމާފައި ވަނީ ކޯލިޝަން ސަރުކާރުގެ މައި ޕާޓީ ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓްގައި ބޮޑުވަޒީރުގެ މަގާމު މިހާރު ފުރުއްވަމުން ގެންދަވާ އަންޓި ރިން މަގާމު ދޫކޮށްލައްވާތީ އެވެ. އޭނާގެ މައްޗަށް ވަނީ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި، މަގާމުން ދުރުކުރަން ފާސްކޮށްފަ އެވެ.
ފިންލެންޑްގެ ބޮޑުވަޒީރުގެ މަގާމާ ސަނާ ހަވާލެވަޑައިގަންނަވާ އިރު އޭނާ ވާނީ އަންހެނުން ލީޑަރުންގެ ގޮތުގައި ތިބެގެން ހަދާފައިވާ ފަސް ޕާޓީގެ ކޯލިޝަންގެ އެންމެ މުހިއްމު ލީޑަރަށެވެ.
Finland’s government is now led by these five party leaders. #newgeneration pic.twitter.com/vis0qB9tO8
— Tuomas Niskakangas (@TNiskakangas) December 8, 2019
އޭނާ ބޮޑުވަޒީރުގެ މަގާމަށް އިންތިހާބުކުރަން ނެގި ވޯޓް ވަރަށް ހަނިގޮތަކަށް ކާމިޔާބު ކުރެއްވި ނަމަވެސް، މަގާމު ކަށަވަރުވެފައިތާތީ މި ހަފުތާގެ ތެރޭގައި މަގާމުގެ ހުވާކުރައްވާނެ ކަމަށް ބެލެވެ އެވެ.
"މިއީ ގެއްލިފައިވާ އިތުބާރު ހޯދަން ކުރެވޭ މަސައްކަތުގެ ފެށުމަކަށް ވާނެ،" ސަނާ މީޑިއާތަކަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވަކި ޖިންސެއްގެ މީހަކަށްވުމާއި ވަކި އުމުރެއްގެ މީހަކަށްވުމަކީ ސިޔާސީ ދާއިރާ އިން ކުރިއަށް ވަޑައިގަތުމަށް އޮތް ހުރަހެއް ނޫނެވެ. އަދި މިހާތަނަށް ސިޔާސީ މައިދާނުގައި ކުރެއްވި މަސައްކަތްތަކުން އެކަން ސާފުވާނެ ކަމަށް ވިދާޅުވި އެވެ.
އެއް އަހަރުގެ ދަރިއަކު ވެސް ހުރި ސަނާ ވެގެން ދާނީ ފިންލެންޑްގެ ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގަންނަވާ ނޯޑިކް ގައުމުތަކުގެ ތިން ވަނަ އަންހެން ބޮޑުވަޒީރަށެވެ.
މި ވަގުތު ދުނިޔޭގެ އެންމެ ޒުވާން ބޮޑުވަޒީރަކީ ޔުކްރެއިންގެ 35 އަހަރުގެ ބޮޑުވަޒީރު އޮލެކްޒީ ހޮންޝަރޫކެވެ. ދެން އެންމެ ޒުވާން ބޮޑުވަޒީރަކީ ނިއު ޒިލެންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާޑެން އެވެ.
ސިޔާސީ ދާއިރާއަށް އަންހެނުންނަށް ހިތްވަރު ދޭ ކެމްޕެއިން
ޖީހާން ދެއްވި ހިތްވަރު: ބިރުދައްކާނެ، ފަސްނުޖެހޭތި!
އިންތިޚާބުވީ އަންހެނުން، މަގާމުގެ ހުވާކުރީ ފިރިހެނުން
ފިންލެންޑްގެ ބޮޑުވަޒީރުގެ ފޮޓޯޝޫޓަކަށް ފާޑުކިޔުންތައް
އެމެރިކާގެ "ރިއާސީ ރޭހަށް" ބާބީ ބުދުތަކެއް
ނަދިއާ ވިޓޯމް: އެންމެ ހަގު އިނގިރޭސި މެމްބަރު
އަންހެނުން "ރަތް ފިޔަ"އާ ގުޅެން ނަހުލާ އެދިއްޖެ
އަންހެނުން ބާރުވެރި ކުރެވޭނެ ފުރުސަތު އެބައޮތް: ގާސިމް
އަންހެނުންނަށް ގޮނޑި ހާއްސަކުރުން ގާނޫނުއަސާސީއާ ޚިލާފު
ޕެޑް ލޯންޗްކުރި އިވެންޓްގައި އަންހެނުން ނެތުމުން ފާޑުކިޔައިފި