Roadha Mihaaru
އަންހެނުން ބާރުވެރި ކުރެވޭނެ ފުރުސަތު އެބައޮތް: ގާސިމް

އަންހެނުން ބާރުވެރި ކުރެވޭނެ ފުރުސަތު މިހާރު ވެސް އެބައޮތް: ގާސިމް

10 ޑިސެމްބަރ 2019

ލޯކަލް ކައުންސިލްތަކުން އަންހެނުންނަށް ވަކި އަދަދަކަށް ގޮނޑި ޚާއްސަ ކުރަންޖެހޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހަށް ދެކޮޅު ހެއްދެވީ އަންހެނުން ބާރުވެރި ކުރުވުމާ ދެކޮޅުވުމަށް ނޫން ކަމަށާއި ގާނޫނަކުން ގޮނޑި ޚާއްސަ ނުކުރިޔަސް، އަންހެނުންނަށް އެ ފުރުސަތު އެބައޮތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ލޯކަލް ކައުންސިލްތަކުން އަންހެނުންނަށް ވަކި އަދަދަކަށް ގޮނޑި ޚާއްސަ ކުރަންޖެހޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހަށް ދެކޮޅު ހެއްދެވީ އަންހެނުން ބާރުވެރި ކުރުވުމާ ދެކޮޅުވުމަށް ނޫން ކަމަށާއި ގާނޫނަކުން ގޮނޑި ޚާއްސަ ނުކުރިޔަސް، އަންހެނުންނަށް އެ ފުރުސަތު އެބައޮތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

ލާ މަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގައި ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ޚާއްސަ ކުރަންޖެހޭ ގޮތަށް އޮތްގޮތުން ގާނޫނު އަސާސީއާ ޚިލާފް ކަމަށް ވިދާޅުވެ، ގާސިމް ކުރިން ވަނީ ވާހަކަ ދައްކަވައިފަ އެވެ. އެކަމާ ގުޅިގެން ބައެއް ބޭފުޅުންގެ ފާޑު ކިޔުން ގާސިމަށް އަމާޒުވި އެވެ.

ޖުމްހޫރީ ޕާޓީގެ އަންހެނުން ގޮފި ކަމަށްވާ "ރަތް ފިޔަ" އިފްތިތާހު ކުރަން ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ވަކި ޖިންސަކަށް ނުވަތަ އެ ނޫން ވެސް ކަމަކަށް ބަލައި، ތަފާތު ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ސާފުކޮށް ބަޔާން ކޮށްފައި އޮއްވައި އެއަށް ވުރެ ފުރިހަމަކޮށް ގާނޫނަކުން އެކަން ކުރެވޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެކަމާ ދެކޮޅަށް ވާހަކަ ދެއްކެވީ ސިޔާސީ ދާއިރާގައި އަންހެނުން ބާރުވެރިކުރުމާ ދެކޮޅު ހެދުމަށް ނޫން ކަމަށާއި ގާނޫނެއް ނެތަސް، އެކަން ކުރެވޭނެ ފުރުސަތު މިހާރު ވެސް އެބައޮތް ކަމަށް ގާސިމް ވިދާޅުވި އެވެ.

"އިބްރާހިމް މުހައްމަދު ސޯލިހް ހަ ބޭފުޅުން، ހަތް ބޭފުޅުން ކެބިނެޓްގައި އަންހެން ބޭފުޅުން 19 ބޭފުޅުންގެ ތެރެއިން ވެއްދެވީ ގާނޫނެއް ހަދައިގެންތޯ؟. ކުރީގައި ގާނޫނު އަސާސީއެއް ނެތް ދުވަހު ވެސް ދިވެހި ރާއްޖޭގެ ރަސްކަން ކުރައްވާފައި އެވަނީ އަންހެން ބޭފުޅުން. ކޮން ގާނޫނެއް އޮވެގެންތޯ؟." ގާސިމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ގޮފި "ރަތް ފިޔަ" އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީގެ ލީޑަރު ގާސިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ ވާހަކަ ދައްކަވަނީ.

ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ގޮފި "ރަތް ފިޔަ" އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީގެ ލީޑަރު ގާސިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ ވާހަކަ ދައްކަވަނީ.

ގާސިމް ވިދާޅުވީ އަންހެނުން ބާރުވެރި ކުރުވުމުގެ ގޮތުން ވަކި ދާއިރާތަކުން އެކަނި އަންހެނުންނަށް އެކަނި ގޮނޑިތައް ޚާއްސަ ކުރުމުން ކުރިމަތިވެދާނެ އިތުރު ކަންތައްތަކެއް ހުރެދާނެ ކަމަށެވެ. އަދި ޚާއްސަ ރައްކާތެރިކަމެއް ނުވަތަ ހިމާޔަތެއް ބޭނުންވާ ފަރާތްތަކަށް ވަކި ޚާއްސަ އުސޫލަކުން އަމަލު ކުރެވިދާނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކުރާ މާއްދާއަކީ މިކަމަށް ހުއްޖަތެއްގެ ގޮތުގައި ނުދެއްކޭނެ ކަމަށް ނުބެލެވޭނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"މިހާރު އަންހެން ބޭފުޅުން ބާރުވެރިކުރުވާނަމޭ ކިޔައިގެން މި ކުރެވޭ ކަންތައްތަކުގެ ނަތީޖާއަކީ އަޅުގަނޑު ކޮންމެހެން އެހެން ބުނާކަށެއް ނޫން މި އުޅެނީ. މިއީ އެ ބޭފުޅުން ކުރާ މަލާމާތެއް ހެއްޔޭ ނުވަތަ ޖޯކެއް ހެއްޔޭ؟." ގާސިމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ގޮފި "ރަތް ފިޔަ" އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް އަންހެނުން.

ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ގޮފި "ރަތް ފިޔަ" އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް އަންހެނުން.

ގާސިމް ވިދާޅުވީ ކުރީގެ ސަރުކާރުތަކާ ޚިލާފަށް މި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ އިތުރުން ސުޕްރީމް ކޯޓާއި މިނިވަން މުއައްސަސާތަކުގެ އިސް ބޭފުޅުންގެ ގޮތުގައި ވެސް އަންހެން ބޭފުޅުން އެބަ ތިއްބެވި ކަމަށާއި އެކަމުން ވެސް އެނގިގެން ދަނީ އަންހެނުންނަށް އެއްވެސް ހުރަހެއް ނެތް ކަން ކަމަށް ގާސިމް ވިދާޅުވި އެވެ.

"މިސާލަށް ބައްލަވާ އީވާ އަބްދުﷲ ހޮވި ވަޑައިނުގަންނަވާތޯ؟ ރޮޒައިނާ އާދަމް ހޮވި ވަޑައިނުގަންނަވާތޯ؟ އެހެން ގޮސް އަންހެން ބޭފުޅުންގެ ލިސްޓުން ކިޔަންވީ ހުރިހާ ބޭފުޅުން ވެސް." އިސް މަގާމުތަކުގައި މިހާރު ވެސް އަންހެން ބޭޭފުޅުން ތިއްބެވި ކަމުގެ މިސާލު ދައްކަވަމުން ގާސިމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ގޮފި "ރަތް ފިޔަ" އިފްތިތާހު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީގެ ލީޑަރު ގާސިމާއި ކުރީގެ ނައިބު ރައީސް ޖިހާދު އަދި ގާސިމް އަނބިކަނބަލުން، ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ އިތުރުން ޖޭޕީގެ ބައެއް އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.

ގާސިމް ވިދާޅުވި ގޮތުގައި އަންހެނުން ބާރުވެރި ކުރުވަން ކުރާ މަސައްކަތުގައި ބޭނުންވަނީ އަންހެނުންގެ ކެރުމާއި ހިތްވަރު ކަމަށާއި ގައުމު ހިންގުމުގައި އަންހެނުންގެ ބައިވެރިވުން ޒަމާނުއްސުރެން ފެށިގެން އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. ވަކި ޖިންސަކަށް ވީތީ ތަފާތު ކުރެވޭނެ ތަނެއް ނެތް ކަމަށާއި ގާނޫނު އަސާސީ އޮތްގޮތުން ވެސް އެކަމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.