ކުރީގެ ރައީސުންނަށް އިނާޔަތާއި ރައްކާތެރިކަން ދިނުމުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފި އެވެ.
09 ޑިސެމްބަރ 2019
ކުރީގެ ރައީސުންނަށް އިނާޔަތާއި ރައްކާތެރިކަން ދިނުމުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފި އެވެ.
ރައީސްކަން ކޮށްފައިވާ ބޭފުޅުންނަށް އިނާޔަތާއި ރައްކާތެރިކަން ދިނުމުގެ ގާނޫނު އޮތް ގޮތުން ރައީސް ކަން ކުރެއްވި ބޭފުޅަކު އެ މަގާމުގައި ހުންނަވައިގެން ޖިނާއީ ކުށެއް ކުރެއްވި ކަން ސާބިތުވެއްޖެ ނަމަ، އެ ބޭފުޅަކަށް އަދި އެ ބޭފުޅެއްގެ އަނބިކަނބަލުން ނުވަތަ ފިރިކަލުންނަށް ވެސް އެ ގާނޫނުގެ ދަށުން އެއްވެސް އިނާޔަތެއް ނުވަތަ ރައްކާތެރިކަމެއް ލިބިވަޑައެއް ނުގަންނަވާނެ އެވެ. އަދި އެ ގާނޫނު އައުމުގެ ކުރިން ވެސް، މަގާމުގައި ހުންނަވައިގެން ހިންގެވި ޖިނާއީ ކުށެއް ސާބިތުވެއްޖެ ނަމަ، އިނާޔަތްތައް ނުލިބޭ ގޮތަށް އެ ގާނޫނުގައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުން އެ ގާނޫނަށް އިސްލާހު ގެނައީ ރައީސް ކަން ކުރެއްވި ބޭފުޅުން އެ ގާނޫނު އައުމުގެ ކުރިން ކޮށްފައިވާ ކުށްތަކާ ގުޅިގެން އިނާޔަތް ނުލިބޭ ގޮތަށް ބައި އުވާލުމަށެވެ. އަދި ހުކުމެއް އައިސްގެން އިނާޔަތް ނުލިބޭ ގޮތަށް އޮތަސް، ހުކުމް ތަންފީޒުކޮށް ނިމުމުން އިނާޔަތް ލިބޭ ގޮތަށެވެ. އެ ބިލް ރައީސް ތަސްދީގު ކުރެއްވީ މިއަދެވެ.
ރައީސްކަން ކުރެއްވި ބޭފުޅުން އެ ގާނޫނު އައުމުގެ ކުރިން ކުރެއްވި ޖިނާއީ ކުށްތަކަށް އިނާޔަތް ނުލިބޭ ގޮތަށް އޮތް ބައި އުވާލިޔަސް، އެ ގާނޫނު އައުމަށް ފަހު ރައީސްކަން ކުރެއްވި މުއްދަތުގައި ކުރެއްވި ކުށްތަކަށް އިނާޔަތް ނުލިބޭ ގޮތަށް ގާނޫނުގައި އޮތް ބައި އުވާލާފައެއް ނުވެ އެވެ.
ކުރީގެ ރައީސުންގެ ތެރެއިން ޖިނާއީ ކުށެއް ސާބިތުވެފައި މިހާރު ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަންޏެެވެ. އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާއެއް ސާބިތުވެ، އެމަނިކުފާނު ފަސް އަހަރަށް ޖަލަށްލުމާ އެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން މިދިޔަ މަހު ވަނީ ހުކުމްކޮށްފަ އެވެ.
ޔާމީންގެ ގެކޮޅާ ގުޅުވައިގެން ފަލާހުގެ ހަމަލާތަކެއް!
ޕީއެސްއެމްގެ ހިޔާނާތުގައި 2 ސަރުކާރުގެ ވެސް އޮޅުވާލުން
ބައި އިލެކްޝަނުން ދެއްކީ 2023 ގެ "މަގުޗާޓް"؟
އިދިކޮޅުގެ ބޮޑު ބެނާއެއް ރައީސްގެ ކުރިފުޅުމައްޗަށް
ޔާމީން މިނިވަންކުރަން ގޮވާލައި ޖާބިރުގެ ގަރާރެއް
އޮޅުން ބޮޅުން: އަނެއްކާވެސް މި ޖެހުނީ އެ ކަމާ
ގާސިމް، ޔާމީނާ އެކު އެޅުއްވި ގޯސް ފިޔަވަޅު!
ބޮޑު ހޮސްޕިޓަލުގެ އާ ޚިޔާނާތްތަކެއް، ރައީސް ކޯފާވެއްޖެ
އިންތިޚާބު ފަސް ކުރަން ޕީޕީއެމުން އެބައުޅޭ: ރައީސް
ބިންމިލްކުކުރެވޭ އުސޫލު އުވާނުލައި،ކޮމިޓީގައި ތާށިވެފައި