10 ޑިސެމްބަރ 2019
ސައުތު އޭޝިއަން ގޭމްސްގެ އަންހެން ބާސްކެޓްބޯޅަ އިވެންޓުގެ ތިން ވަނަ ހޮވި މެޗުގައި ބޫޓާން 83-46 ގެ ބޮޑު ތަފާތަކުން ބަލިކޮށް ރާއްޖޭގެ ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުން ލޯ މެޑަލް ހޯދައިފި އެވެ.
ސައުތު އޭޝިއަން ގޭމްސްގެ އަންހެން ބާސްކެޓްބޯޅަ އިވެންޓުގެ ތިން ވަނަ ހޮވި މެޗުގައި ބޫޓާން 83-46 ގެ ބޮޑު ތަފާތަކުން ބަލިކޮށް ރާއްޖޭގެ ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުން ލޯ މެޑަލް ހޯދައިފި އެވެ.
މިއީ ރާއްޖޭގެ އަންހެން ބާސްކެޓްބޯޅަ ޓީމަށް ލިބުނު ބައިނަލްއަގްވާމީ އެންމެ ބޮޑު އެއް ކާމިޔާބީ އެވެ. އަންހެން ޓީމުން ވަނީ މީގެ ކުރިން ސައުތު އޭޝިއަން ބީޗް ގޭމްސްގެ ތުރީއޮންތުރީ އިވެންޓުން ރިހި މެޑަލް އަދި ސާބާ ވިމެންސް ޗެމްޕިއަންޝިޕުން ލޯ މެޑަލް ހޯދައިފަ އެވެ. ރާއްޖޭގެ ބާސްކެޓްބޯޅައިގެ އެހެން ކާމިޔާބީތަކަށް ބަލާއިރު ފިރިހެން ޓީމު ވަނީ 2011 ވަނަ އަހަރުގެ ސައުތު އޭޝިއަން ބީޗް ގޭމްސްގެ ތުރީއޮންތުރީ އިން ލޯ މެޑަލް އަދި 2016 ވަނަ އަހަރުގެ ސާބާ ޒޯންގެ ފީބާ އޭޝިއާ ޗެލެންޖްގެ ކޮލިފިކޭޝަނުން ރިހި މެޑަލް ހޯދައިފަ އެވެ.
ނޭޕާލުގެ ކަތުމަންޑޫގައި ހުންނަ ތުރީޕުރޭޝްވޯރު ހޯލުގައި މިއަދު ހެނދުނު ކުޅުނު ތިން ވަނަ ހޮވާ މެޗުގެ ފުރަތަމަ ކުއާޓަރު ފެށިގެން ރާއްޖޭގެ ކުޅުންތެރިން ރަނގަޅަށް މެޗުގެ ތެރެއަށް ނުހޭނެނިސް ބޫޓާނުން ވަނީ ލީޑެއް ނަގައިފަ އެވެ. އަދި ރާއްޖޭން މި ކުއާޓަރުގެ މެދުތެރެއިން ލީޑެއް ނެގި އެވެ. އެއީ 6-7 އިންނެވެ. އެކަމަކު ބޫޓާނުން އަލުން ލީޑުނަގައި ހަމަޖެހިލި އެވެ. އެކަމަކު މި ކުއާޓަރުގެ ފަހު ދެ މިނިޓް ތެރޭގައި ރާއްޖޭގެ ކުޅުންތެރިން ތަފާތު ދައްކައި ކުއާޓަރު ނިންމާލީ 21-14 އިން ލީޑެއްގައި އޮވެ އެވެ.
ދެ ވަނަ ކުއާޓަރު ފަށައިގަން ރާއްޖޭން މެޗު ޑޮމިނޭޓް ކުރަން ފެށި އެވެ. ރާއްޖެ ޓީމުގެ ކެޕްޓަން އައިމިނަތު ޝިއުރާ އަބްދުލް ބާރީ އާއި ފާތިމަތު ރިޝްމާ ގާތްގާތުގައި ގިނަ ޕޮއިންޓްތަކެއް އެއްކުރަން ފެށި އެވެ. އަދި ރާއިފާ އިބްރާހިމް ވެސް މުހިއްމު ޕޮއިންޓްތަކެއް ހޯދައިދިން މި ކުއާޓަރު އެއްކޮށް ޑޮމިނޭޓްކުރީ ރާއްޖޭންނެވެ. ރާއްޖޭން ދެ ވަނަ ކުއާޓަރު ނިންމާލީ 22 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ހައުމާ އުބައިދުﷲ (ހައު) ވެސް މުހިއްމު ވަގުތުތަކުގައި ޕޮއިންޓް އެއްކޮށްދިން މި ކުއާޓަރު ނިމުނުއިރު ސްކޯ އަކީ 49-27 އެވެ.
ރާއްޖެ ޓީމުގެ ކޯޗިން ސްޓާފުން އުފާފާޅުކުރަނީ. -- އެމްއޯސީ ފޮޓޯ: ހުސެއިން ވަހީދު
ތިން ވަނަ ކުއާޓަރުގައި ވެސް ބޫޓާނަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ. ރާއްޖޭގެ ކުޅުންތެރިން މެޗު ކޮންޓްރޯލްކޮށްގެން ކުޅެމުންދިޔައިރު، ޕޮއިންޓް ވެސް ސްކޯކުރަމުންދިޔަ އެވެ. މި ކުއާޓަރުގައި ރާއްޖޭގެ ކޯޗު ސުޕުން ވިމާލް ވަނީ ޓީމުގެ ކުޅުންތެރިން ބަދަލުކޮށް އެހެން ކުޅުންތެރިންނަށް ވެސް ފުރުސަތު ދީފަ އެވެ. ކެޕްޓަން ޝިއުރާއާ އެކު މި ކުއާޓަރުގެ ފަހުކޮޅުގައި ކުޅުނީ ޒުވާން ކުޅުންތެރިންނެވެ. ރާއްޖޭން މި ކުއާޓަރު ގެންދިޔައީ 69-33 އިންނެވެ.
ފަހު ކުއާޓަރު ފަށައިގެން ރާއްޖޭގެ ޓީމުން އެއްކޮށް ކުޅެމުންދިޔައީ ޒުވާން ކުޅުންތެރިންނެވެ. ކުރިން މެޗުތަކުގައި ފުރުސަތު ނުލިބި ހުރި އެ ކުޅުންތެރިން ވަނީ މި ކުއާޓަރުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. މި ކުއާޓަރުގެ ފަހު ކޮޅުގައި ސީނިއާ ކުޅުންތެރިން ކުޅެން އަރުވައި ރާއްޖޭން މެޗު ކާމިޔާބުކުރީ 83-46 އިންނެވެ.
ހަ ޓީމު ވާދަކުރި މި ފަހަރުގެ އަންހެން ބާސްކެޓްބޯޅަ އިވެންޓުގައި ރާއްޖޭން ވަނީ ޖުމްލަ ހަތަރު މެޗު ކުޅެފަ އެވެ. ގްރޫޕް ސްޓޭޖުގައި އިންޑިއާ އަތުން ބަލިވި ނަމަވެސް ފުރަތަމަ ފަހަރަށް ސެމީގެ ޖާގަ ހޯދީ ސްރީ ލަންކާގެ މައްޗަށް ކުރިހޯދުމަށް ފަހު އެވެ. އިއްޔެ ހަވީރު ސެމީ ފައިނަލުން ބަލިވީ ނޭޕާލް އަތުންނެވެ.
އަންހެން ބާސްކެޓްބޯޅަ ޓީމު މި ކާމިޔާބީ ހޯދީ މޭ މަހުން ފެށިގެން ހަދަން ފެށި ތަމްރީންތަކާ އެކު އެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އަައިއޯއައިޖީ)ގައި ވާދަނުކުރި ނަމަވެސް ފެންވަރު ރަނގަޅު ޓްރެއިނިން ކޭމްޕްތަކެއް ފުރިހަމަކުރި އެވެ. އެ ގޮތުން ހދ، ކުޅުދުއްފުށީގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކުރުމުގެ އިތުރުން ތައިލެންޑާއި ޗައިނާގައި ވެސް ތަމްރީންތަކެއް ހެދި އެވެ. އެ ޓްރެއިނިން ކޭމްޕްތަކުގައި ރަނގަޅު މެޗުތަކެއް ކުޅެ ރަނގަޅު ނަތީޖާތަކެއް ނެރުނެވެ.
މިއީ ރިހި މެޑަލް ލިބެންވީ ފަހަރެއް: ސުޕުން
އަންހެން ބާސްކެޓް ޓީމު ތިން ވަނަ ހޮވާ މެޗަށް
ޒުވާން ކުޅުންތެރިންނާ މެދު ޒިލާގެ އުއްމީދު ބޮޑު!
ފުރަތަމަ މެޗުތަކުން ބާސްކެޓް ދެ ޓީމު ބަލިވެއްޖެ
ހުނަރާއި ފެންވަރު އެބަހުރި، ބޭނުންވަނީ ވަސީލަތް: ގުރޭ
ކޮލިފައިންގައި ޒުވާން ބާސްކެޓް ޓީމަށް ތިން ވަނަ
18 އަހަރުން ދަށުގެ ބާސްކެޓްބޯޅަ ޓީމަށް ތާރީހީ މޮޅެއް
ބަންގްލަދޭޝްއިން ރާއްޖޭގެ މައްޗަށް ކުރި ހޯދައިފި
ޔަގީންކަން އެބައޮތް، ބޭނުމީ މެޗުތަކުން ނަތީޖާ ދައްްކަން
ޒިލާ އާއެކު ބާސްކެޓްބޯޅަ ޓީމް އިންޑިއާގައި ފަރިތަކުރަނީ