01 އޮކްޓޯބަރ 2016
އާއްމުކޮށް ބޭނުންކުރާ ތަދުކަނޑުވާ ބޭސްތަކުގެ ތެރޭގައި ހިމެނޭ އައިބިއުޕްރޮފެން ކަހަލަ ބޭސްތަކުން "ހާޓް ފެއިލް"ވުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް ތަޖުރިބާކާރުން އިންޒާރު ދީފި އެވެ.
އާއްމުކޮށް ބޭނުންކުރާ ތަދުކަނޑުވާ ބޭސްތަކުގެ ތެރޭގައި ހިމެނޭ އައިބިއުޕްރޮފެން ކަހަލަ ބޭސްތަކުން "ހާޓް ފެއިލް"ވުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް ތަޖުރިބާކާރުން އިންޒާރު ދީފި އެވެ.
އައިބިއުޕްރޮފެން ނިސްބަތްވަނީ ނޮން-ސްޓެރޮއިޑަލް އެންޓި-އިންފްލެމޭޓަރީ ޑްރަގްސް (އެންއެސްއޭއައިޑީ) ގްރޫޕްގަ އެވެ. އިންގްލެންޑްގައި މިދިޔަ އަހަރު އެކަނިވެސް އެންއެސްއޭއައިޑީ 15 މިލިއަން ފަހަރު ބޭސް ސިޓީތަކުގައި ޑޮކްޓަރުން ލިޔެދީފައިވެ އެވެ.
ނަމަވެސް 10 އަހަރަށް ވުރެ ގިނަ މުއްދަތަކަށް ކޮށްފައިވާ މި ދިރާސާއިން ދައްކާ ގޮތުގައި އެންއެސްއޭއައިޑީ ބޭނުންކުރާ މީހުން ހާޓް ފެއިލްވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުމުގެ ފުރުސަތު 83 ޕަސެންޓަށް އެބައޮތެވެ.
ބްރިޓިޝް މެޑިކަލް ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާ އަކީ ޔޫކޭ، ނެދަލެންޑްސް، އިޓަލީ އަދި ޖާމަނީގައި އެންއެސްއޭއައިޑީ ބޭނުންކުރާ 10 މިލިއަނަށް ވުރެ ގިނަ މީހުން ޝާމިލުވާ ގޮތަށް ހަދާފައިވާ ދިރާސާ އެކެވެ.
މި ދިރާސާއިން ހޯދުނު ގޮތުގައި އެންއެސްއޭއައިޑީ ގްރޫޕްގައި ހިމެނޭ ބޭހެއް 14 ދުވަސް ކުރިން ބޭނުންކޮށްފައިވާ މީހުން ހާޓް ފެއިލްވެ ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުމުގެ ނުރައްކާ އެފަދަ ބޭހެއް އެ މުއްދަތުގެ ތެރޭގައި ބޭނުން ނުކުރާ މީހުންނާ އަޅާބަލާއިރު 19 ޕަސެންޓަށް އިތުރެވެ.
މި ބޭސްތަކަކީ އާތުރައިޓިސް ހުންނަ މީހުން އާއްމުކޮށް ބޭނުންކޮށް އުޅޭ ބޭސްތަކެކެވެ.
މިލާނޯ-ބިކޯކާ ޔުނިވަސިޓީގެ ޓީމަކުން އިޓަލީގައި ކުރި މި ދިރާސާއިން ދައްކަނީ އެންއެސްއޭއައިޑީ ގްރޫޕްގައި ހިމެނޭ ޓްރެޑިޝަނަލް ހަތް ބޭހެއް ކަމަށްވާ ޑައިކްލޯފެނޭކް، އައިބިއުޕްރޮފެން، އިންޑޮމެތަސިން، ކީޓޮރޮލެކް، ނެޕްރޮކްސިން، ނިމެސުލައިޑް އަދި ޕައިރޮކްޒިކަމް އެވެ. ސީއޯއެކްސް-2 އިނިހިބިޓާޒްގެ ތެރޭގައި ހިމެނޭ އެޓޮރިކޯޒިބް އައި ރޮފެކޯޒިބް ވެސް މި ބޭސްތަކުގެ ތެރޭގައި ހިމެނެ އެވެ.
ކީޓޮރޮލެކް ބޭނުންކުރި މީހުންގެ ތެރެއިން ހާޓް ފެއިލްވެގެން 83 ޕަސެންޓް މީހުން ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުނު ކަމަށްވެ އެވެ.
މި ބޭސްތަކަކީ އާއްމުކޮށް ބޭނުންކުރުން ރައްކާތެރި ބޭސްތަކެއް ކަމަށް ބެލެވިފައިވާތީ ސުޕަމާކެޓްތަކުން ވެސް އާއްމުކޮށް މި ބޭސްތައް ލިބެން ހުރެ އެވެ. އެހެންކަމުން މިފަދަ ބޭހަކުން ކުޑަނަމަވެސް ގެއްލުމެއް ހިތަށް ވާކަން އެނގުމަކީ އާއްމުންގެ ވަރަށް ބޮޑު ކަންބޮޑުވުމަކަށް ވާނެކަމަށް މި ދިރާސާއާ ހަވާލާދީ ބައެއް ސައިންސްވެރިން ބުނެފައިވެ އެވެ.
ބްރިޓިޝް ހާޓް ފައުންޑޭޝަންގެ މެޑިކަލް ޑައިރެކްޓަރު ޕްރޮފެސަރު ޕީޓާ ވީސްބާގް ވިދާޅުވީ މިއީ އެންއެސްއޭއައިޑީ ލިޔެދެއްވާ ޑޮކްޓަރުންނަށް ވެސް މިހާރަށް ވުރެ ބޮޑަށް މިބޭސްތައް ލިޔެދެއްވުމުގައި ފަރުވާތެރިވުމަށް ހަނދާން ކޮށްދިނުމެއް ކަމަށެވެ. އަދި މިފަދަ ބޭސްތައް ބޭނުންކުރާ މީހުންވެސް ވީހާވެސް ދަށް ޑޯޒެއް ވީހާ ވެސް ކުރު މުއްދަތަކަށް ބޭނުންކުރަން ވިސްނައިދިނުމެއް ކަމަށެވެ.
އުމުރުން 65 އަހަރުން ދަށުގެ ވަރަށް ގިނަ މީހުން ތަންތަނުގައި ވޭން އަޅާތީ ނުވަތަ ރިއްސާތީ އައިބިއުޕްރޮފެން ބޭނުން ކުރެ އެވެ. ނަމަވެސް މިފަދަ މީހުން ހާސްވާކަށް ނުޖެހެ އެވެ. އައިބިއުޕްރޮފެން އާއްމުކޮށް ބޭނުންކުރާ މީހެއްނަމަ ޑޮކްޓަރާ މަޝްވަރާ ކޮށްގެން ރަނގަޅު އެހެން ފަރުވާއެއް ހޯދުން ބުއްދިވެރި އެވެ.
އައިބިއުޕްރޮފެން ކެއުމުން އެންމެ ބޮޑަށް ފަސޭހަވަނީ އިންފްލެމޭޝަންގެ ސަބަބުން ރިއްސާ ރިއްސުމަށެވެ. އެހެންކަމުން ބޮލުގައި ރިހުން ފަދަ ކަންކަމަށް އައިބިއުޕްރޮފެން ކެއުމުގެ ބަދަލުގައި ޕެރެސެޓެމޯލް އެއް ބޭނުންކުރެވިދާނެ އެވެ.
ދިގު މުއްދަތަކަށް ނުވަތަ އަވަސް އަވަހަށް އެންއެސްއޭއައިޑީ ބޭނުންކުރާ މީހުން ގަވާއިދުން ކިޑްނީ އާއި ހަށިގަނޑުގެ އެހެން ބައިތައް މޮނިޓާކުރުން އެދިވެގެންވެ އެވެ.
މާ ގިނައިން ތަރުކާރީ ކެޔަސް ސަލާތަމަތެއް ނުވޭ
ސްޓްރޯކާއި ހާޓްއެޓޭކާ ދެކޮޅަކަށް ކޮފީ
ގިނައިރު އިށީނދެއިނުން ވަރަށް ނުރައްކާ
ކޮފީން ހިތުގެ ވިންދަށް ގެއްލުމެއް ނެތް: ދިރާސާ
ތެލުލި ކާނާގެ ކުޑަ މިންވަރަކުން ވެސް ހިތަށް ނުރައްކާ
ޒުވާނުންގެ ކުއްލި މަރު ހިތާ ގުޅިފައި!
ބޮޑެތި ކާމިޔާބީތަކަށް ފަހު، ކެތު ލެބް މަތީ ހަރުފަތަށް
ކަޅު ސަޔަށް ވުރެ ގްރީން ޓީ މާ ރަނގަޅު
ހަމަނިދި ނުލިބޭ ނަމަ ސްޓްރޯކާއި ހާޓްއެޓޭކްގެ ނުރައްކާ
މިއަދު މުޅިން ވެސް ހިތް!