Roadha Mihaaru
ވިންޑޯޒް 11 ނެރުން އަވަސްކޮށް، އަންނަމަހުގެ 5 އަށް

ވިންޑޯޒް 11 ނެރުން އަވަސްކޮށް، އަންނަ މަހުގެ 5 ގައި

03 ސެޕްޓެމްބަރ 2021

ވިންޑޯޒް 11 އަށް އިންތިޒާކުރާ މީހުންނަށް މިހާރު އޮތީ ވަރަށް އުފާވެރި ޚަބަރެކެވެ. އެއީ ކުރިން އުންމީދުކޮށްގެން ތިބި ވަރަށް ވުރެ އަވަހަށް ލިބޭނެތީ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ވިންޑޯޒް 11 އަށް އިންތިޒާކުރާ މީހުންނަށް މިހާރު އޮތީ ވަރަށް އުފާވެރި ޚަބަރެކެވެ. އެއީ ކުރިން އުންމީދުކޮށްގެން ތިބި ވަރަށް ވުރެ އަވަހަށް ލިބޭނެތީ އެވެ.

މައިކްރޮސޮފްޓުން މިހާރު ތައްޔާރު ވަނީ ހާއްސަ އިންތިޒާމުތަކެއްގެ ދަށުން ވިންޑޯޒް 11 ދޫކޮށްލުމަށެވެ. މިކަން ކުންފުނިން ސިފަކުރަނީ "ފޭސްޑް އެންޑް މެޝަޑް" ގެ ގޮތުގަ އެވެ. އެހެންވެ ފުރަތަމަ މަރުހަލާގައި އެންމެ ބޮޑަށް އިސްކަންދޭނީ މުޅިން ހިލޭ، އާ ޑިވައިސްތައް އާ އޯއެސް އަށް އަޕްގްރޭޑްކުރުމަށެވެ. އެހެންވެ ދުވަސްވީ ޑިވައިސްތަކަށް މި ފޭހުގައި އަދި ޖެހޭނީ އިންތިޒާރުކޮށްލާށެވެ.

މައިކްރޮސޮފްޓުން ކުރިން ބުނެފައިވާ ގޮތުގައި ވިންޑޯޒް 11 އެއްކޮށް ދޫކޮށްލަން ނިންމާފައި އޮތީ އަންނަ އަހަރު އެވެ. އަދި އަންނަ އަހަރުގެ މެދުތެރޭގައި، ޝަރުތު ހަމަވާ ހުރިހާ އެންމެންނަށް ހިލޭ އަޕްގްރޭޑް ލިބޭނެ އެވެ.

ވިންޑޯޒް 11 ދައްކާލީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ. ޒަމާނީ މި އާ އޯއެސްއާ އެކު ބޮޑެތި ބަދަލުތަކާ އެކު ގިނަ ފަސޭހަތަކެއް ލިބޭނެ އެވެ.

ބަދަލުތަކުގެ ތެރޭގައި ދެން ވިންޑޯޒް ސެކިއުރިޓީ އަޕްޑޭޓަށް ހޭދަވާ ވަގުތު ކުރުވުމާއި އަޕްޑޭޓްވުމުގެ ހުރިހާ މިހާރު އޮންނަ ގޮތާ ހިލާފަށް ބެކްގްރައުންޑްގައި ހިނގަމުން ދިއުން ފަދަ ކަންކަން ހިމެނެ އެވެ. ވިންޑޯޒް 11 ގައި، އެޕަލްގެ މެކްބުކްގައި ހަދާ ގޮތަށް، އެތައް ބައިވަރު ޑެސްކްޓޮޕެއް އަމިއްލައަށް ކްރިއޭޓްކުރެވޭނެ އެވެ. އެހެންވެ އޮފީހުގައި ބޭނުންކުރާ ޑެކްސްޓޮޕާއި ގޭގައި ބޭނުންކުރާ ޑެކްސްޓޮޕް އަދި ގޭމިން އަށް ބޭނުންކުރާ ޑެސްކްޓޮޕް ވެސް މުޅިން ތަފާތުކޮށް ބެހެއްޓޭނެ އެވެ. ހަމަމިއާ އެކު އެޕްތަކުން ވެސް ޒަމާނީ އެތައް ސިފައެއް ފެންނާނެ އެވެ.

އާ އޯއެސްއާ އެކު ޑެސްކްޓޮޕްގައި ވެސް އެންޑްރޮއިޑް އެޕް ބޭނުންކުރެވޭ ގޮތަށް ވިންޑޯޒް 11 ހަދާފައިވާ އިރު ކުލަތަކާއި ޑިޒައިނާއި އައިކަންތަކުގެ ސްޓައިލަށް ވެސް މިފަހަރު ވަރަށް ބޮޑު ބަދަލެއް ގެނެސްފައިވެ އެވެ. ވިންޑޯޒް އަށް މިފަހަރު ގެނެސްފައިވާ ކޮސްމެޓިކް ބަދަލުތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވަނީ މި ހުރިހާ ދުވަހަކު ޑެސްކްޓޮޕްގެ ވާތްފަރާތު ތިރީ ކަނުގައި އިން ސްޓާޓް ބަޓަން، ތިރިން މެދަށް ޖެއްސުމެވެ.

ވިންޑޯޒް 11 ކޮމްޕެޓިބްލް ވާނީ އެންމެ ދަށްވެގެން 64 ގިގަބައިޓްގެ ސްޓޮރޭޖާއި 4 ޖީބީގެ ރޭމް ހިމެނޭ ނަމަ އެވެ. މައިކްރޮސޮފްޓުން ބުނެފައިވާ ގޮތުގައި 2015 ގައި ލޯންޗްކުރި ވިންޑޯޒް 10 2025 ވަނަ އަހަރު އެއްކޮށް ހުއްޓާލާނެ އެވެ. އޭގެ ފަހުން އެއްވެސް އަޕްޑޭޓެއް އެޔަކަށް ނުލިބޭނެ އެވެ.