12 ޑިސެމްބަރ 2019
އެކްޓަރު އަލީ ސީޒަންގެ ފިލްމު ކުންފުނި އެސް ޕްރޮޑަކްޝަނުން އަލަށް ފަށާ ފިލްމު "ލޯބިވެވިއްޖެ" އަންގާރަ ދުވަހުގެ ރޭ ލޯންޗްކޮށް، ފިލްމުގެ ޝޫޓިން މި މަހުގެ 23 ވަނަ ދުވަހު ފަށާ ގޮތަށް ނިންމައިފި އެވެ.
އެކްޓަރު އަލީ ސީޒަންގެ ފިލްމު ކުންފުނި އެސް ޕްރޮޑަކްޝަނުން އަލަށް ފަށާ ފިލްމު "ލޯބިވެވިއްޖެ" އަންގާރަ ދުވަހުގެ ރޭ ލޯންޗްކޮށް، ފިލްމުގެ ޝޫޓިން މި މަހުގެ 23 ވަނަ ދުވަހު ފަށާ ގޮތަށް ނިންމައިފި އެވެ.
ފިލްމު ލޯންޗްކުރަން ޓިއުލިޕް ރެސްޓޯރަންޓްގައި ބޭއްވި ހަފުލާގައި ފިލްމުގެ މައިގަނޑު ތަރިންނާ އެކު ވަނީ ސޮއި ވެސްކޮށްފަ އެވެ. ގދ. ތިނަދޫގައި ޝޫޓިން ފަށާ ފިލްމުުގެ ތަރިންނަކީ އެންމެ ފަހުން ބޭއްވި ދިވެހި ފިލްމު އެވޯޑްސްގައި އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑް ހޯދި އަލީ އާޒިމް (ދޮންއައްޔަ) އާއި އެންމެ މޮޅު ބަތަލާގެ މަގާމަށް ދެ ފިލްމަކުން ވާދަކުރި މަރިޔަމް އައްޒަ އާއި އަހުމަދު އީސަ (އާނަންދު) ގެ އިތުރުން އިރުފާނާ އިބްރާހީމެވެ.
މީގެ އިތުރުން ފިލްމުގެ މުހިއްމު ރޯލަކުން އަލީ ޝަމީލް ވެސް ފެނިގެން ދާނެ އެވެ.
ސީޒަން ބުނިގޮތުގައި އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ހަދާ ފިލްމުގެ މަންޒަރުތަކެއް ސްރީ ލަންކާގައި ވެސް ނަގާނެ އެވެ. އަދި "ލޯބިވެވިއްޖެ" ސިނަމާ އަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ރޯދައިގެ ފަހުންނެވެ.
ސީޒަން ބުނީ ފިލްމުގެ ޝޫޓިން ފަށަން ވަރަށް ގާތްވެފައިވާތީ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަރަށް ބާރަށް ވަމުން އަންނަ ކަމަށެވެ.
ސީޒަންގެ ސްޓޫޑިއޯ އިން މިހާރު ވެސް މަސައްކަތްތައް ނިންމައި އަދި ރިލީޒްނުކޮށް އޮތް ފިލްމެއް އެބަ އޮތެވެ. އެއީ ކުރިން މިދިޔަ އޮކްޓޯބަރު މަހުގެ ކުރީކޮޅު ސިނަމާ އަށް ގެންނަން އުޅުނު ފެމިލީ ޑްރާމާ "އަނދިރިކަން" އެވެ. އެކަމަކު ޒަރީރުގެ ސްކްރީންޕްލޭއަކަށް، ސީޒަނާއި ޝީލާ ނަޖީބާއި އައިމިނަތު ރިޝްފާ ލީޑް ރޯލް ކުޅުނު ފިލްމު ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ.
ސީޒަން ޑައިރެކްޓްކޮށް އެންމެ ފަހުން ގެނެސްދިން ފީޗާ ފިލްމަކީ 2016 ގެ "ވަފާތެރި ކެހިވެރިޔާ" އެވެ.
ސީޒަންއާ އެކު "ޔާރާ"ގެ އާ ސީޒަން
ސީޒަންގެ "ލޯބިވެވިއްޖެ" ގެ ޓީޒާ ދައްކާލައިފި
"ލޯބިވެވިއްޖެ" ގެ ޕްރޮމޯޝަނަލް ލަވަ ކާސްޓުންގެ އަޑުން
ސީޒަންގެ "ލޯބިވެވިއްޖެ" ގެ ލޯގޯ ޓީޒާއެއް
އެންމެ ބިރުވެރި ދިވެހި ފިލްމަކީ ކޮބާ؟
"ލޯބިވެވިއްޖެ" ގެ ތިނަދޫގެ ޝޫޓިން ނިންމާލައިފި
މި އަހަރަށް ކިތައް ދިވެހި ފިލްމު؟
"ލޯބިވެވިއްޖެ" ގެ ޝޫޓިން ތިނަދޫގައި ކުރިއަށް
"ދައުވަތު" އަށް ފަހު "ކޮސް ގިނަ މިސްޓޭކް"
ދިވެހި ސިނަމާގެ ސުރުހީތައް