Roadha Mihaaru
ލިވަޕޫލަށް ޒިދާންގެ އިންޒާރެއް

ލިވަޕޫލަށް ޒިދާންގެ އިންޒާރެއް

13 ޑިސެމްބަރ 2019

މެޑްރިޑް (ޑިސެމްބަރު 13) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާ ދެކޮޅަށް ކުޅެން ޖެހިއްޖެނަމަ އެ ޓީމު ކަޓުވާލާނެކަމަށް ބުނެ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން ލިވަޕޫލަށް އިންޒާރެއް ދީފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (ޑިސެމްބަރު 13) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާ ދެކޮޅަށް ކުޅެން ޖެހިއްޖެނަމަ އެ ޓީމު ކަޓުވާލާނެކަމަށް ބުނެ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން ލިވަޕޫލަށް އިންޒާރެއް ދީފި އެވެ.

ޒިދާންގެ ކޯޗުކަމުގައި މިދިޔަ އަހަރު ލިވަޕޫލްގެ މައްޗަށް ރެއާލުން ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި 3-1 އިން ކުރިހޯދައިފަ އެވެ. އެކަމަކު އޭގެ ފަސް ދުވަސް ފަހުން ޒިދާން ކުއްލި ގޮތަކަށް ރެއާލް ކޯޗުކަން ދޫކޮށްލިއިރު، އެނބުރި އައީ މި އަހަރު މާޗް މަހުގަ އެވެ. އަލުން އައިސް ޒިދާން އެންމެ ބޭނުންވާ ވަރަށް މަސައްކަތް އަދި ނުކުރެވިދާއިރު، މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ރެއާލް ވާދަކުރި ގްރޫޕުގައި އެ ޓީމަށް ލިބުނީ ދެ ވަނަ އެވެ.

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ގުރުއަތުލުން ހޯމަ ދުވަހު އޮންނައިރު، ގަވާއިދު އޮންނަ ގޮތުން ކުޅެން ޖެހޭނީ ގްރޫޕްގެ އެއް ވަަނަ އާއި ދެ ވަނަ ޓީމުތަކެވެ. މި ބުރުގައި އެއް ގައުމެއްގެ ދެ ކްލަބެއް ވާދަކުރަން ނުޖެހޭނެ އެވެ. އެހެން ކަމުން ލިވަޕޫލާއި ރެއާލް ބައްދަލުކުރުމުގެ ފުރުސަތެއް އެބައޮތެވެ.

"އަހަރެމެން ލިވަޕޫލާ ކުޅެން ޖެހިއްޖެނަމަ އެ މީހުން ކަޓުވާލާނަން. އެކަމަކު ގުރުއަތުލުމާ ބެހޭގޮތުން އަހަރެމެންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް،" ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ކުޅުނު މެޗަށް ފަހު ޒިދާން ބުންޏެވެ.

ރެއާލުން ލިވަޕޫލް ބަލިކުރުމަށް ފަހު ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލި ފައިނަލަށް ފަހު ދެ ޓީމުގެ މެދުގައި ގިނަ ބަހުގެ ހަމަލާތަކެއް ބަދަލުކުރިއެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ އެ މެޗުގައި ލިވަޕޫލްގެ މުހައްމަދު ސަލާހު އަށް ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް ކުރި ފައުލަކާ ގުޅިގެން ސަލާހު ބަދަލުކުރަން ޖެހުމުންނެވެ. އެ މައްސަލައިގައި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕާއި ރާމޯސްގެ މެދުގައި މީޑިއާގައި ގިނަ ބަހުގެ ހަމަލާތަކެއް ބަދަލުކުރެވުނެވެ.

ޗެމްޕިއަންސް ލީގުގައި މިހާތަނަށް ރެއާލާއި ލިވަޕޫލުން ވާދަކުރި ހަ ފަހަރުގެ ތެރެއިން ތިން ފަހަރު ލިވަޕޫލް މޮޅުވެފައިވާއިރު ރެއާލުން ވެސް ވަނީ ތިން ފަހަރު މޮޅުވެފަ އެވެ. އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް މޮޅުވީ ރެއާލުންނެވެ. ލިވަޕޫލް އެންމެ ފަހުންމި މުބާރާތުގައި ރެއާލް އަތުން މޮޅުވީ 2009 ވަނަ އަހަރު އެވެ.