އަންނަ އަހަރުގެ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ އަމާޒަކީ ވީހާ ވެސް ގިނަ ގޮނޑިތަކެއް ހޯދުން ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެ އެވެ.
14 ޑިސެމްބަރ 2019
އަންނަ އަހަރުގެ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ އަމާޒަކީ ވީހާ ވެސް ގިނަ ގޮނޑިތަކެއް ހޯދުން ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން 384 ގޮނޑި ހާއްސަކޮށްފައި ވަނީ އަންހެނުންނަށެވެ. އެއީ ރަށު ކައުންސިލްތަކުން 372 ގޮނޑި އަދި ސިޓީ ކައުންސިލްތަކުން 12 ގޮނޑި އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ޑީއާރުޕީގެ ޓިކެޓުގައި ވާދަކުރުމަށް ޝައުގުވެރިވާ މީހުންނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަން އެ ޕާޓީގެ ކައުންސިލުން ވަނީ ނިންމައިފަ އެވެ. ޓިކެޓު ދިނުމުގައި ޑީއާރުޕީން ބަލަނީ މަދުވެގެން 100 އާ މެމްބަރުންގެ ފޯމް ހުށަހެޅުމާ އެކު، ގާނޫނީ ޝަރުތު ފުރިހަމަވޭތޯ އެވެ.
ޖާބިރު "މިހާރު" އަށް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ޑީއާރުޕީގެ ޓިކެޓުގައި ވާދަކުރުމަށް ބޭނުންވާ ކޮންމެ ދިވެހި ރައްޔިތަކަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ޑީއާރުޕީގެ އަމާޒަކީ 980 ކައުންސިލް ގޮނޑީގެ ތެރެއިން ވީހާ ވެސް ގިނަ ގޮނޑިތަކެއް ހޯދުން ކަމަށް ޖާބިރު ވިދާޅުވި އެވެ.
#DRP ge ticket gai 2020vana aharuge Local Council inthihaab gai vaadhakurumah shauguverivaa faraaithakah efurusathu hulhuvaalumah Council in vanee ninmaafai. Ticket dhinumugai beleynee madhuvegen 100 aah memberunge form husha elhumaa eku qaanooni sharuthu furihamavun
— DRP (@drpmaldives) December 13, 2019
ޑީއާރުޕީން ކުރި ޓުވީޓު.
"ޑީއާރުޕީގެ މެމްބަރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެބަތިބި. އެހެންވީމަ، ޑީއާރުޕީ އަށް ސޮއިކޮށްފައިވާ 100 މެމްބަރުންގެ ފޯމް ހިފައިގެން އަންނަންވީ. ފުރުސަތު އެބައޮތް،" ޖާބިރު ވިދާޅުވި އެވެ.
ޖާބިރު ވިދާޅުވި ގޮތުގައި ޓިކެޓު ދޭނެ މީހުން ކަނޑައަޅާނީ ކޮމިޓީއަކުން ބެލުމަށް ފަހު އެވެ. އަދި އެ ޕާޓީން ޓިކެޓު ދޭނީ އިންސާފުވެރިކަމާ އެކު ދެ ފުށް ފެންނަ ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ޖާބިރު ވިދާޅުވީ ޑީއާރުޕީން ޕްރައިމަރީ ބޭއްވުމަށް އެއްވެސް ގޮތަކަށް ތާއީދު ނުކުރައްވާ ކަމަށެވެ. އެހެން ޕާޓީތަކުން ޕްރައިމަރީ ބާއްވަނީ އޮޅުވާލަން ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.
"ޕްރައިމަރީ މަކަރުވެރި ގޮތަކަށް ބާއްވާފައި އަޑި އަޑިން ޓިކެޓު ދެނީ އެހެން ޕާޓީތަކުން. އަޅުގަނޑުމެން އެގޮތަކަށް ނަހަދާނެ. މި ޕާޓީން އޮޅުވައެއް ނުލާނެ،" ޖާބިރު ވިދާޅުވި އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި އެކި ދާއިރާތަކަށް ވާދަކުރާނެ މީހުން ކަނޑައަޅަން ޕްރައިމަރީއެއް ނުބާއްވާނެ ކަމަށް ޑީއާރުޕީން ބުނި އިރު، ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ޕްރައިމަރީ ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ. އަދި ބައެއް މީހުން ވަނީ ކެމްޕެއިން ކުރަން ފަށައިފަ އެވެ.
އަންނަ އަހަރު 980 ކައުންސިލަރުން އިންތިހާބު ކުރާނެ
653 ކައުންސިލަރުން އިންތިހާބުކުރާނެ
ކައުންސިލްތަކުގެ ހަރަދު ކުޑަކުރަން ރައީސްގެ އާ ހިޔާލެއް
އެމްޑީޕީގެ ވިސްނުމުގައިއުޅެނީ ކައުންސިލްތައް ސައިޒުކުރަން
"3،000ގެ އާބާދީއަކަށް ތިން ކައުންސިލަރުން ފުދޭ"
ކައުންސިލްތަކުގެ ބާރު ތަންފީޒުކުރަން އިސްލާހުތަކެއް
ލާމަރުކަޒީ ރާއްޖޭގެ ތަސައްވަރު ހަގީގަތަކާ ގާތަށް
އެންޓަނާ ޖެހުމަށް ދޫކުރާ ބިމު ކުލި ކައުންސިލްތަކަށް
އެމްޑީޕީ ޕްރައިމަރީ: ވާދަވެރިކަން ބޮޑީ އަންހެނުންގެ
ކައުންސިލަރުންގެ މުސާރަ ބޮޑުކުރާތީ ޝަކުވާ ބޮޑުވެއްޖެ!