އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިރޭ ބުނެފި އެވެ.
11 ޑިސެމްބަރ 2019
އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިރޭ ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލްތަކަށް 372 އަންހެން ކައުންސިލަރުން އިންތިހާބު ކުރާނެ ކަމަށެވެ. އަދި އިތުރު 372 ކައުންސިލަރުން ރަށު ކައުންސިލްތަކަށް އިންތިހާބު ކުރާ އިރު، އެ ގޮނޑިތަކަށް ދެ ޖިންސުގެ މީހުންނަށް ކުރިމަތިލެވޭނެ ކަމަށް އީސީން ބުންޏެވެ.
ރަށު ކައުންސިލްތަކުން ރައީސުންގެ ގޮތުގައި 179 މީހަކު އިންތިހާބުކުރާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އަތޮޅު ކައުންސިލަރުންގެ ގޮތުގައި 18 މީހަކު އިންތިހާބު ކުރާއިރު، ކޮންމެ ރަށެއްގެ ރަށު ކައުންސިލްގެ ރައީސް ހިމެނޭ ގޮތުން 197 މީހަކު އަތޮޅު ކައުންސިލަރުންގެ ގޮތުގައި ތިބޭނެ ކަމަށް އީސީން ބުންޏެވެ.
މީގެއިތުރުން ސިޓީ ކައުންސިލްތަކަށް އިންތިހާބު ކުރާ އަންހެން ކައުންސިލަރުންގެ އަދަދަކީ 12 ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. ސިޓީ ކައުންސިލަރުންގެ ގޮތުގައި އިތުރު 24 މީހަކު އިންތިޚާބުުކުރާއިރު އެ 24 ގޮނޑިއަށްވެސް ދެ ޖިންސުގެ މީހުންނަށް ވާދަ ކުރެވެ އެވެ.
ސިޓީ ކައުންސިލްގެ މޭޔަރުންގެ ގޮތުގައި ތިން ބޭފުޅަކު އިންތިހާބު ކުރާނެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް 929 މެމްބަރުން އިންތިހާބު ކުރަން ހަމަޖެހިފައިވާ ކަމަށް ވެސް އީސީން ވަނީ ބުނެފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން އެގޮތަށް ނިންމި އިރު، ކައުންސިލްތަކުން ވަކި ޕަސަންޓަކަށް ގޮނޑި އަންހެނުންނަށް ހާއްސަކޮށް، ލާމަރުކަޒީ ބިލް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެކަމަކު، މިހާތަނަށް އައި އިރު، އެ ބިލް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފައެއް ނުވެ އެވެ.
ބިލްގައި ކައުންސިލްތަކުގައި އަންހެނުންގެ ދައުރު ފުޅާކުރަން ހާއްސަ ބާބެއް ވަނީ ހިމަނައިފަ އެވެ. އެ ބާބުގައިވާ ގޮތުން، ރަށްރަށާއި ސިޓީ ކައުންސިލްތައް ހިނގަނީ އަންހެނުންގެ ދައުރު ރައްކާތެރި ކުރެވި އަންހެންގެ ބައިވެރިވުމާއި އެކުގައި ކަން ކަށަވަރު ކުރުމަށްޓަކައި ކައުންސިލްތަކުގައި އަންހެނުންގެ ދައުރެއް ކަނޑައެޅިފައި އޮންނަން ވާނެ އެވެ. މި މަގުސަދު ހާސިލްކުރަން ކައުންސިލްތަކުގެ މެމްބަރުންގެ ތެރެއިން 33 ޕަސެންޓް އަންހެނުންނަށް ހާއްސަކުރަން ޖެހޭ ކަމަށް އެ ބާބުގައިވެ އެވެ.
މިއީ ރާއްޖޭގައި އިންތިހާބީ މަގާމުތަކެއް އަންހެނުންނަށް ހާއްސަކުރާ ފުރަތަމަ ފަހަރެވެ.
653 ކައުންސިލަރުން އިންތިހާބުކުރާނެ
ކައުންސިލް އިންތިހާބު ޖެނުއަރީ 14ގައި ބާއްވަނީ
ކައުންސިލްތަކުގެ ހަރަދު ކުޑަކުރަން ރައީސްގެ އާ ހިޔާލެއް
އެމްޑީޕީ ޕްރައިމަރީ: ވާދަވެރިކަން ބޮޑީ އަންހެނުންގެ
މޭޔަރުންނާއިި ރައީސުންނަކާ ދެން ނުކުޅެވޭނެ!
ޑީއާރުޕީގެ އަމާޒަކީ ގިނަ ގޮނޑިތަކެއް ހޯދުން: ޖާބިރު
އަންހެނުންނަށް 33 ޕަސެންޓް ހާއްސަކުރަން ފާސްކޮށްފި
މަޖިލިހަށް ކައުންސިލަރުން ވަކިނުކުރެވޭ ގޮތަށް އިސްލާހެއް
ކައުންސިލަރުން މުށުތެރެއަށް ލާން އެބައުޅޭ: ތޯރިގް
މާލެ، އައްޑޫ، ފުވައްމުލަކަށް ކައުންސިލަރުން އިތުރުވަނީ