Roadha Mihaaru
"ވާނުވާ" ރިވިއުކުރާތީ އޭޖީގެ ތައުރީފް ޕީޖީއަށް

"ވާނުވާ" ބަންދު ރިވިއުކުރަން ނިންމުމުން އޭޖީގެ ތައުރީފް ޕީޖީއަށް

16 ޑިސެމްބަރ 2019

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި އެންމެންގެ ބަންދުގެ ކަންކަން މުރާޖާކުރަން ޕްރޮސެކިއުޓާ ޖެނެރަލް ނިންމެވި ނިންމެވުމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިއަދު މަރުހަބާ ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި އެންމެންގެ ބަންދުގެ ކަންކަން މުރާޖާކުރަން ޕްރޮސެކިއުޓާ ޖެނެރަލް ނިންމެވި ނިންމެވުމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިއަދު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން އިއްޔެ ވަނީ ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތައް ރިވިއު ކުރަން އެދި އެ އޮފީހަށް ހުށަހެޅޭ ގޮތަށް ހަމަޖައްސައިފަ އެވެ. އަދި ޝަރީއަތް ނިމެންދެން ބަންދުގައި "ވާނުވާ" ގައި ބައިތިއްބާފައި ތިބި އެންމެންގެ ބަންދުގެ ކަންކަން ވެސް ރިވިއުކުރާނެ ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަންދުގެ ކަންކަން ރިވިއު ކުރުމަކީ ޖިނާއީ މައްސަލަތަކުގައި އަމަލުކުރާ މައިގަނޑު ސިޔާސަތުގެ ތެރޭގައި ވެސް ހިމެނޭ މުހިންމު ކަމެއް ކަމަށެވެ. އަދި ނުހައްގު ގޮތެއްގައި މިނިވަންކަން ނުހިފެހެއްޓުމުގެ ހައްގު އޭގެ ސަބަބުން ކަށަވަރު ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރިފްއަތުގެ ޓްވީޓް

ޝަމީމް ވިދާޅުވެފައިވާ ގޮތުން ވާނުވާގައި ބަންދުގައި ތިބި 250 އަށް ވުރެ ގިނަ މީހުންގެ ބަންދު އެ އޮފީހުން ރިވިއުކުރާނެ އެވެ. އެކަމަކު ސީރިއަސް ތުހުމަތުގައި ބަންދުގައި ތިބި މީހުން ދޫކޮށްލަން އެދިވަޑައިނުގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.