Roadha Mihaaru
ގެއަކަށް ވަދެ ބެހެން އުޅުނު ބަޔަކު ހައްޔަރުކޮށްފި

ގެއަކަށް ވަދެ ގަދަކަމުން ޖިންސީ ގުޅުން ހިންގަން އުޅުނު ކަމުގެ ތުހުމަތަށް ދެ މީހަކު ހައްޔަރުކޮށްފި

17 ޑިސެމްބަރ 2019

ލ. ގަމުގައި ގެ އަކަށް ވަދެ، އެ ގޭގައި ދިރިއުޅޭ ދެ އަންހެނަކާ ގަދަކަމުން ބެހެން އުޅުނު ކަމުގެ ތުހުމަތަށް ދެ ފިރިހެނަކު ރޭ ހައްޔަރު ކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ލ. ގަމުގައި ގެ އަކަށް ވަދެ، އެ ގޭގައި ދިރިއުޅޭ ދެ އަންހެނަކާ ގަދަކަމުން ބެހެން އުޅުނު ކަމުގެ ތުހުމަތަށް ދެ ފިރިހެނަކު ރޭ ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ގަމު، ތުނޑީ އަވަށުގައި ހުރި ގެއަކަށް ރޭ ދަންވަރު 2:30 ހާއިރު ވަދެ، އެ ގޭގައި ދިރިއުޅޭ ދެ އަންހެނަކަށް ބިރު ދައްކައިގެން ޖިންސީ ގޯނާ ކުރަން އުޅުނު މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ.

އެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރީ އުމުރުން 28 އަހަރާއި 29 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށް ފުލުހުން ބުނެ އެވެ. އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެ ގޭތެރޭގައި ތިއްބާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ތަހުގީގު ކުރާ ކަމަށް ބުނުން ފިޔަވައި އެއްވެސް ތަފްސީލެއް ފުލުހުން އަދިއެއް ނުދެ އެވެ.