Roadha Mihaaru

މަސްތުވެގެން ހުރެ ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ

މަސްތުގެ ހާލަތުގައި ހުރެ ގަދަކަމުން މީހަކާ ބަދުއަހުލާގީ އަމަލު ހިންގި މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.

މަސްތުވެގެން ހުރެ ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ
ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު

26 މެއި 2020

މަސްތުގެ ހާލަތުގައި ހުރެ ގަދަކަމުން މީހަކާ ބަދުއަހުލާގީ އަމަލު ހިންގި މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އިއްޔެ ރޭ ލ. ގަމުގެ ގެއަކަށް މަސްތުވެފައި ހުރި މީހަކު ވަދެ އުމުރުން 20 އަހަރުގެ އަންހެނަކާ އެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހުށަހަޅާފައި ވަނީ އިއްޔެ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މި މައްސަލާގައި މިއަދު ކޯޓު އަމުރެއްގެ ދަށުން އުމުރުން 28 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.