Roadha Mihaaru
ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލައިފި

ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލައިފި

22 މާޗް 2020

ލ.ގަމު ތުނޑީ އަވަށު ބަނދަރުގައި އޮތް ފުލުހުންގެ ލޯންޗެއްގައި ރޭ ފަތިހު ރޯކޮށް އަންދާލައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ލ.ގަމު ތުނޑީ އަވަށު ބަނދަރުގައި އޮތް ފުލުހުންގެ ލޯންޗެއްގައި ރޭ ފަތިހު ރޯކޮށް އަންދާލައިފި އެވެ.

ފުލުހުން ބުނީ ތުނޑީ އަވަށު ބަނދަރުގައި އޮތް "ޕޮލިސް ލޯންޗް 34" ގައި ރޯވެފައިވާ ކަމުގެ މައުލޫމާތު ރޭ ފަތިހު 4:00 ހާއިރު ލިބިގެން އެމްއެންޑީއެފަށް އެ މައުލޫމާތު ދިން ކަމަށާއި ފުލުހުން އެ ލޯންޗްގެ ކައިިރިއަށް ދިޔަ އިރު ލޯންޗުގެ ވާ އޮތީ ކަނޑާލާފައި ކަމަށެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެއީ ބަޔަކު ގަސްދުގައި ކޮށްފައިވާ ކަމެއް ކަަމަށް ތުހުމަތު ކުރެވޭ ކަމަށާއި އެ މައްސަަލަ ބަލަމުން އަންނަ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ހާނީއްކައެއް ނުވެ އެވެ.

ލޯންޗްގައި ރޯވި އަލިފާން ފަތިހު 5:00 ހާއިރު ނިއްވައިލެވުނު އިރު ލޯންޗް އޮތީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.