18 ޑިސެމްބަރ 2019
އެސްއެސްސީ އިމްތިހާނުގައި ވަކި މާއްދާއެއްގެ ގޮތުގައި އަންނަ އަހަރު ގުރުއާން ހިމަނާފައި އޮތް އިރު، އެ މާއްދާ އިން ދަރިވަރުންނަށް މާކްސް ދޭނީ ދެ އެސައިންމަންޓްގެ ބަދަލުގައި އެންމެ އެސައިންމަންޓަކަށް ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން މިއަދު ބުނެފި އެވެ.
އެސްއެސްސީ އިމްތިހާނުގައި ވަކި މާއްދާއެއްގެ ގޮތުގައި އަންނަ އަހަރު ގުރުއާން ހިމަނާފައި އޮތް އިރު، އެ މާއްދާ އިން ދަރިވަރުންނަށް މާކްސް ދޭނީ ދެ އެސައިންމަންޓްގެ ބަދަލުގައި އެންމެ އެސައިންމަންޓަކަށް ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން މިއަދު ބުނެފި އެވެ.
ރާއްޖޭގައި އާ މަންހަޖު ތައާރަފުކޮށް، އޭގެ ދަށުން ފުރަތަމަ ފަހަރަށް އެސްއެސްސީ އިމްތިހާން ހަދަން އަންނަ އަހަރު ތައްޔާރުވާ އިރު ވަކި މާއްދާއެއްގެ ގޮތުގައި ގުރުއާން ހިމެނުމަށް ފަހު، އެސްއެސްސީގައި މާކްސް ދެނީ ތަފާތު ދެ އެސައިންމެންޓަކަށް ބިނާކޮށެވެ. އެކަމަކު، ދަރިވަރުން އެކަށީގެންވާ މިންވަރަށް ތައްޔާރުވެފައި ނުވާ ކަމަށް ބުނެ، އެ ކުދިން ލައްވައި ދެ އެސައިންމަންޓް ހަދަން ގިނަ ބެލެނިވެރިން ދެކޮޅެވެ.
ގުރުއާންގެ މާއްދާ އިން އިމްތިހާން ދިނުމާ ގުޅޭ އުސޫލުތައް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން ތައްޔާރުކޮށް އެޑިއުކޭޝަން މިނިސްޓްރީން ފާސްކޮށް، ސްކޫލްތަކަށް ވަނީ ފޮނުވައިފަ އެވެ.
އެ އުސޫލުގައިވާ ގޮތުން ގްރޭޑް 10 ނިމޭއިރު ދަރިވަރުން ދެ އެސައިންމަންޓް ހަދަން ޖެހެ އެވެ. އެއީ ގްރޭޑް 9 ގައި ހަދަން ޖެހޭ އެސައިންމަންޓަކާއި ގްރޭޑް 10 ގައި ހަދަން ޖެހޭ އެސައިންމަންޓެކެވެ.
ނަމަވެސް ޑީޕީއީ އިން ނެރުނު ބަޔާނެއްގައި ބުނީ އަންނަ އަހަރު ދެ އެސައިންމަންޓްގެ ބަދަލުގައި އެއް އެސައިންމަންޓް ހަދަން ޖެހޭ ގޮތަށް ހަމަޖެއްސީ މި ފެށޭ އަހަރަކީ މިފަދަ ގޮތަކަށް އިމްތިހާން ކުރެވޭ ފުރަތަމަ ފަހަރު ކަމަށްވުމާ އެކު، ދަރިވަރުންނަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ. އެގޮތަށް ނިންމީ ބައެއް ބެލެނިވެރިންނާއި މުދައްރިސުންގެ ކަންބޮޑުވުންތަކަށް ބަލާފައި ކަމަށް ބަޔާނުގައިވެ އެވެ.
އެ ޑިޕާޓްމަންޓުން ބުނި ގޮތުގައި ސްކޫލްތަކަށް މިހާރު ފޮނުވާފައިވާ އެސައިންމަންޓް ދަރިވަރުން ނިންމައި ސްކޫލަށް ހަވާލު ކުރަން ޖޭހޭނީ އަންނަ އޭޕްރީލް 19 ވަނަ ދުވަހު އެވެ.
ޑީޕީއީ އިން ބުނީ އަންނަ އަހަރުގެ ފުރަތަމަ ޓާމްގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ގްރޭޑް 10 ގައި ކިޔަވާ ދަރިވަރުންނަށް ދިވެއްސާއި އިސްލާމް މާއްދާ އިން ދިނުމަށް ހަމަޖެހިފައި ވަނީ އެއް ސުވާލު ކަރުދާސް ކަމަށެވެ. އެ އިމްތިހާންގެ ސުވާލު ކަރުދާސް ތައްޔާރު ކުރުމަށް ހަމަޖެހިފައި ވަނީ ޑީޕީއީ އިން ކަމަށް ވެސް އެ ޑިޕާޓްމަންޓުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އެގޮތަށް ނިންމީ ޑީޕީއީ އިން ބުނި ގޮތުގައި އަންނަ އަހަރުގެ އިމްތިހާނަކީ އާ ސިލަބަހަކަށް ކިޔަވައި ކުދިންގެ ތެރެއިން ގްރޭޑް 10 އަށް ފުރަަމަ ދެވޭ އިމްތިހާން ކަމަށްވުމުން ދެ މާއްދާގެ ސުވާލު ކަރުދާސް ތައްޔާރު ކުރުމާ ގުޅޭ ގޮތުން ސްކޫލްތަކުގެ މުދައްރިސުންނަށް އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ގޮތުންނާއި އެސްއެސްސީ އިމްތިހާނަށް މުދައްރިސުންނާއި ދަރިވަރުންނަށް ނަމޫނާ ކަރުދާހެއް ފޯރުކޮށްދިނުމުގެ ގޮތުންނެވެ.
އަންނަ އަހަރު ހަދަން ޖެހޭނީ ގުރުއާންގެ އެންމެ އެސައިންމަންޓެއް ކަމަށް ޑީޕީއީ އިން ބުނި އިރު، ގުރުއާން ވަކި މާއްދާއެއްގެ ގޮތުގައި ހިމަނައި އެ މާއްދާގެ އެސެސްމަންޓް ރާވާފައިވާ ގޮތާ މެދު ބެލެނިވެރިންނާއި ބައެއް ޓީޗަރުން ވަނީ ކަންބޮޑުވުން ފާޅުކޮށް، އެޑިއުކޭޝަން މިނިސްޓްރީ އަށް ޝަކުވާ ހުށަހަޅައިފަ އެވެ.
އަންނަ އަހަރު އެސްއެސްސީ އިމްތިހާނުގައި ގުރުއާން ވަކި މާއްދާއެއްގެ ގޮތުގައި ހަދާ އިރު، ބެލެނިވެރިން ކަންބޮޑުވާ ކަންތައްތަކެއް ހުރި ކަމަށް ބުނެ ޕެޓިޝަނެއް ވެސް ވަނީ ތައްޔާރުކޮށްފަ އެވެ.
އޭގައި ހުރި ބައެއް ކަންކަމުގެ ތެރޭގައި ގްރޭޑް 9 ގައި ހަދަން ޖެހޭ ޕްރޮޖެކްޓް ގްރޭޑް 10 ގައި ހަދަން ޖެހުމާއި ބެލެނިވެރިންނާއި ދަރިވަރުންނަށް އިމްތިހާނު އޮންނަ ގޮތުގެ އެކަށީގެންވާ މައުލޫމާތެއް ލިބިފައި ނެތުމާއި ގުރުއާނަކީ މުސްލިމުން އެންމެ ބޮޑަށް އިހްތިރާމް ކުރަން ޖެހޭ ފޮތަކަށްވީ އިރު، ދަރިވަރުން ލައްވައި ކުއްލި ގޮތަކަށް އިމްތިހާން ހަދަން ޖެހުމުން ގުރުއާނަށް އޮންނަ ލޯބި ކުޑަވެދާނެ ކަމުގެ ބިރު ހީވުން ފަދަ ކަންކަން ޕެޓިޝަންގައި ހިމެނެ އެވެ. ދަރިވަރުންނަށް ގުރުއާނުގެ ތަފްސީރު ވެސް އެނގެން ޖެހުމާ އެކު ކުއްލި އެފަދަ ބަދަލަކުން ކުރިމަތިވާނެ ގޮންޖެހުންތަކަކީ ވެސް ބައެއް މީހުންގެ ކަންބޮޑުވުމެކެވެ.
"މިހާރު ގުރުއާން އެސެސްކުރާ ގުޅޭގޮތުން ލުއެއް ލިބޭނެ"
ޕްރިންސިޕަލުން އެދެނީ އޭ ލެވެލް އިމްތިހާނު ފަސްކުރަން
ރާއްޖޭގެ އަމިއްލަ އިމްތިހާނެއް ދޭން ވިސްނުން އެބަހުރި
އިމްތިހާނު ސެންޓަރު ހުރި ރަށަށް އަވަހަށް ދާން އެދިއްޖެ
ކީސްޓޭޖް 4އަށް ގުރުއާނުން އެސެސްކުރުން މަޑުޖައްސާލައިފި
ގުރުއާން އިޚްތިޔާރީ މާއްދާއަކަށް ނުހަދާނެ: އެޑިއުކޭޝަން
ގުރުއާން އެސެސްކުރާ ގޮތަށް އަނެއްކާ ވެސް ބަދަލެއް
ގުރުއާން އެސެސްކުރާ ގޮތް، ކަންބޮޑުވުމަކަށް!
އާ މަންހަޖާ އެކު އޯ ލެވެލް އިމްތިހާނަށް ބަދަލުތަކެއް
16 ދަރިވަރުން ތަޖުރިބާ ދަތުރެއްގައި އިންޑިއާއަށް