Roadha Mihaaru
ގުރުއާން އެސެސްކުރާ ގޮތަށް އަނެއްކާ ވެސް ބަދަލެއް

ގުރުއާން އެސެސްކުރާ ގޮތަށް އަނެއްކާ ވެސް ބަދަލު ގެނެސްފި

23 ޖެނުއަރީ 2020

އެސްއެސްސީ އިމްތިހާނުގައި ގުރުއާން އެސެސްކުރާ ގޮތަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން އަނެއްކާ ވެސް ބަދަލު ގެނެސްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެސްއެސްސީ އިމްތިހާނުގައި ގުރުއާން އެސެސްކުރާ ގޮތަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން އަނެއްކާ ވެސް ބަދަލު ގެނެސްފި އެވެ.

މިއަހަރު، ފުރަތަމަ ފަހަރަށް އެސްއެސްސީ އިމްތިހާނުގައި ގުރުއާން ހިމަނައި ދަރިވަރުންނަށް ކުއްލިއަކަށް ބޮޑެތި މަސައްކަތްތަކެއް ހަވާލުކުރުމުން ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރި އެވެ. އެއާއެކު ދެ އެސައިމަންޓުގެ ބަދަލުގައި އެއް އެސައިމަންޓު ހުށަހަޅަންޖެހޭ ގޮތަށް ބަދަލުކުރި އެވެ.

އޭގެ ފަހުން ގުރުއާނުން ހިތުން ކިޔެވުމުގެ ބައިން ކުރާ ސުވާލުތައް ވެސް ބަދަލުކުރި އެވެ. ކުރިިން ހަމަޖައްސާފައި އޮތީ މުއްދަސިރް ސޫރަތުން ފެށިގެން ނާސި ސޫރަތުގެ ނިޔަލަށް ސުވާލުކުރާށެވެ. ނަމަވެސް ފަހުން ވަނީ ސޫރަތުއް ޟުހާ އިން ފެށިގެން ނާސި ސޫރަތުގެ ނިޔަލަށް ކިޔަވަން ޖެހޭ ގޮތަށް ހަމަޖައްސައިފަ އެވެ.

ބަލައިގެން ކިޔުން އޮންނާނީ ކުރިން ވެސް ހަމަޖައްސާފައި އޮތްގޮތަށް، ޒުމަރު ސޫރަތުން ފެށިގެން ނާސި ސޫރަތުގެ ނިޔަލަށެވެ.

Quran asses kurumaa gulhey gothun genai badhalun dharivarunnah bodu luyeh libeyne: DPE

Quran asses kurumaa gulhey gothun genai badhalun dharivarunnah bodu luyeh libeyne: DPE

The most trusted news source in the Maldives

Mihaaru

ގުރުއާން އެސެސް ކުރުމާ ގުޅޭ ގޮތުން ގެނައި ބަދަލުން ދަރިވަރުންނަށް ބޮޑު ލުޔެއް ލިބޭނެ: ޑީޕީއީ

އެ ބަދަލާއެކު ގުރުއާނުގައި ހިމެނޭ ކިޔެވުމުގެ ބައި އިމްތިޚާނުކޮށް އޮގަސްޓް 31 ވަނަ ދުވަހު ނިންމަންޖެހެ އެވެ.

ބަލައިގެން ގުރުއާން ކިޔެވުމަށް 40 ޕަސެންޓް، ހިތުން ކިޔެވުމަށް 20 އަދި އެސެސްމަންޓަށް ކަނޑައަޅާފައިވަނީ 40 ޕަސެންޓެވެ.

ޑީޕީއީ ހިންގުމާ ހަވާލުވެހުންނެވި ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ސޮއިކުރައްވައި ސްކޫލުތަކަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ގުރުއާންގެ އިތުރުން އިސްލާމާއި ދިވެހި ބަސް އިމްތިހާނު ކުރާ ގޮތަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ.

ގުރުއާންގެ ދަށުން ހަދަންޖެހޭ އެސައިމަންޓުގެ ސުވާލު މިހާރު ވަނީ ގައިޑެޑް ސުވާލަކަށް ބަދަލުކޮށް، ކުރިން ސުވާލު އޮތްގޮތަށް ވުރެ ފަސޭހަ ކޮށްފަ އެވެ. އެސައިމަންޓުގައި ރިފަރެންސް ނުދޭގޮތަށް ނިންމާފައިވާ ކަމަށް ވެސް ސިޓީގައި ބުންޏެވެ.

Quran test: Education Ministry ge plan eh neiy!

Quran test: Education Ministry ge plan eh neiy!

The most trusted news source in the Maldives

Mihaaru

ގުރުއާން ޓެސްޓް: އެޑިއުކޭޝަން މިނިސްޓްރީގެ ޕްލޭނެއް ނެތް!

އެ މާއްދާގެ އިތުރުން އިސްލާމް މާއްދާގައި ޕޭޕަރު އެކެއްގައި އިހުތިޔާރީ ސުވާލު ދިނުމުގެ ބަދަލުގައި ދިނުމަށް ހަމަޖައްސާފައިވަނީ ކަނޑައެޅޭ ވަކި ސުރުހީތަކަކުން ކުރު ޖަވާބުދޭ ސުވާލެވެ. އަދި ދިވެހި މާއްދާގައި ހަދަންޖެހޭ ކޯސް ވޯކް މިއަހަރު ނުދޭގޮތަށް ވަނީ ނިންމައިފަ އެވެ.

"ނަމަވެސް މިހާރު ތައްޔާރުކޮށްފައިވާ ޓޭބަލް އޮފް ސްޕެސިފިކޭޝަނަށް ބައެއް ބަދަލުތައް ގެނެސް، ނަމޫނާ ކަރުދާހާއެކު ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ސުކޫލުތަަކަށް ފޮނުވޭނެ ވާހަކަ ދެންނެވީމެވެ،" ސިޓީގައި ވެ އެވެ.

Aa manhajaa eku O level imthihaanah badhalu thakeh

Aa manhajaa eku O level imthihaanah badhalu thakeh

The most trusted news source in the Maldives

Mihaaru

އާ މަންހަޖާ އެކު އޯ ލެވެލް އިމްތިހާނަށް ބަދަލުތަކެއް

އެޑިއުކޭޝަން މިނިސްޓްރީން މި ގެނައި ކުއްލި ބަދަލުތަކާ މެދު ކަންބޮޑުވުން ފާޅުކޮށް، ސްކޫލަކުން ވާހަކަދެއްކެވި އޮފިޝަލަކު ވިދާޅުވީ، ދަރިވަރުން އިމްތިހާނުކުރަންޖެހޭ ގޮތަށް ބަދަލު މި ގެންނަނީ ދުރާލާ ތައްޔާރުވެފައި ނެތުމުން ކަމަށެވެ. ކުއްލިއަކަށް މި ގެންނަ ބަދަލުތަކުގެ ގެއްލުން ލިބެނީ ދަރިވަރުންނަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ މިކަން އޮންނަން ޖެހޭ ގޮތެއް ނޫން،" އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގުރުއާން އެސެސްކުރުމާއި އެސްއެސްސީ އިމްތިހާނަށް ބަދަލު ގެނައިރު، އެ ޕޭޕަރުތައް އޮންނަގޮތެއް ޓީޗަރުން އަދި ދަރިވަރުންނަށް ވެސް ނޭނގޭ ކަމަށެވެ.