ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މިދިޔަ އޮކްޓޯބަރު މަހު މަސްތުވާތަކެއްޗާ އެކު އަތުލައިގަތް އީރާނުގެ ބޯޓު ފޮނުވާލާފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
22 ޑިސެމްބަރ 2019
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މިދިޔަ އޮކްޓޯބަރު މަހު މަސްތުވާތަކެއްޗާ އެކު އަތުލައިގަތް އީރާނުގެ ބޯޓު ފޮނުވާލާފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ބޯޓުން މަސްތުވާތަކެތި ފެނުނު މައްސަލައިގައި ތުހުމަތު ކުރެވޭ ގިނަ މީހުން ދޫކޮށްލިޔަސް، ބޯޓު އަދިވެސް އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އީރާނުގެ ބޯޓުން 70 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލައިގައި ފަސް ދިވެއްސަކާއި އީރާނުގެ ހަ މީހަކާއި ބަންގްލަދޭޝްގެ ދެ މީހަކު ހައްޔަރު ކުރި އެވެ. މަސްތުވާތަކެތި އެތެރެ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވީ އޭގެ ތެރެއިން ތިން މީހެކެވެ. އެއީ ސ. ހިތަދޫ ކޯޒީ ކޯނާ އަލީ އަންވަރު މުހައްމަދު 35، އާއި ކ. ދިއްފުށި މާތިލަ އަހްމަދު ޝަކީބް 42، އަދި ލ. ގަން ތުނޑި މިލާނޯ މުހައްމަދު ރިޝްފާން 23، އެވެ.
ފުލުހުން ބުނި ގޮތުގައި މިވަގުތު ހައްޔަރުކޮށްފައި ހުރީ އަންވަރު އެކަންޏެވެ. އެއީ މި މައްސަލައިގެ އެންމެ އިސް އަދި އެންމެ ބޮޑަށް ތުހުމަތު ކުރެވޭ މީހާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.
އީރާންގެ ބޯޓުން މަސްތުވާތަކެތި ފެނުނު މައްސަލައިގައި ހައްޔަރު ކުރި މީހުން. -- ފޮޓޯ: ޕޮލިސް
އީރާނު ބޯޓުގެ ކައިރިއަށް ދިޔަ "ހެދޭކުރި" ދޯނީގެ ކެޕްޓަނާއި ފަޅުވެރިން ވެސް ފުލުހުން އަތުލައިގަތެވެ. އެއީ ކ. ދިއްފުށި އިރުމަތީގޭ އާދަމް މިސްބާހް 39، އާއި ލ. ގަން ތުނޑި އީޓް ޖެހިގޭ މުހައްމަދު އިނާޝް 22، އާއި ބަންގްލަދޭޝްގެ ދެ މީހެއް ކަމަށްވާ އަލީ އަހްމަދު 24، އަދި ތުހުން 36، އެވެ.
އީރާނުގެ ބޯޓުގައި ތިބި މީހުންނަކީ ފަކީރު، 50، އާއި އިސްމާއީލް އިބްރާހީމް 50، އާއި ސާޖިދު 50، އާއި ނަވިދު 30، އާއި އީސާ ސުލައިމާން 26، އަދި އަލީ ރާޖާ 19، އެވެ. އީރާންގެ ބޯޓުގައި ތިބި މީހުންގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވަނީ ނިންމައިފަ އެވެ. އެ ނިންމުން ޕީޖީން ނިންމި އިރު، އެ މަގާމުގައި ހުންނެވީ އައިޝަތު ބިޝާމް ކަމަށް ވެ އެވެ.
އީރާނުގެ ބޯޓާއި އެ ބޯޓު ކައިރި އަށް ދިޔަ ރާއްޖޭގެ މަސް ދޯނި މިދިޔަ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހުގެ ރޭ އަތުލައިގަތް އިރު، އީރާނުގެ ބޯޓުން ތިން ގޯންޏެއްގައި މަސްތުވާތަކެތި އަޅާފައި ހުއްޓާ އީރާނުގެ ބޯޓުން ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެ އެވެ. އެއީ 70 ޕެކެޓްގެ މަސްތުވާތަކެތި ކަމަށާއި އެތަކެތީގެ ބަރުދަން 70 ކިލޯ އަށް އަރާނެ ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ. އޮޕަރޭޝަން ގައި އަތުލައިގަތް މަސްތުވާތަކެތީގެ އަގު 59.2 މިލިއަން ރުފިޔާ އަށް އަރަ އެވެ.
މިދިޔަ މެއި މަހުގެ ތެރޭގައި ވެސް އީރާނުގެ ބޯޓެއް ގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއް ފެންމަތިވި އެވެ. އެ މައްސަލައިގައި ވެސް ދިވެހިންނާއި ބިދޭސީން ހައްޔަރު ކުރި އެވެ. އެ ބޯޓުން އެ ފަހަރު 50 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވެ އެވެ.
އީރާނު ބޯޓު ބަލައި ފާސްކޮށް އަދި ނުނިމޭ: ފުލުހުން
އީރާނު ބޯޓުން 50 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ
ބިން ދޫކުރިއިރު ބޯޓުގެ ތަފްސީލެއް ކައުންސިލަކަށް ނޭނގޭ
ޑްރަގް ބޯޓު ބޭނުންކުރި މައްސަލަ ބަލަނީ
ޝަރީއަތް ނިމެންދެން ބަންދުގައި ހުރި މީހަކު މަރުވެއްޖެ
ޑްރަގް ބޯޓާ ގުޅުން ހުރި ގިނަ ދިވެހިން ދޫކޮށްލައިފި
ކުރިން "ބަތަލަކަށް" ވި ކައްޕި މިފަހަރު ހައްޔަރު!
ޑްރަގް ބޯޓުގެ މީހުންގެ މައުލޫމާތު އާއްމުކޮށްފި
އީރާނު ބޯޓު ދެ ފަހަރެއްގެ މަތިން ކުރިން ހިފެހެއްޓި
ރާއްޖެއަށް ޑްރަގް ގެނައި އީރާނުގެ ބޯޓެއް އަތުލައިގެންފި