ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މިދިޔަ އޮކްޓޯބަރު މަހު އަތުލައިގަތް އީރާނުގެ ބޯޓުން 70 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލައިގައި ހައްޔަރުކުރި އެންމެ އިސް ދިވެހި މީހާ ފިޔަވައި އެހެން ދިވެހިން ދޫކޮށްލައިފި އެވެ.
17 ޑިސެމްބަރ 2019
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މިދިޔަ އޮކްޓޯބަރު މަހު އަތުލައިގަތް އީރާނުގެ ބޯޓުން 70 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލައިގައި ހައްޔަރުކުރި އެންމެ އިސް ދިވެހި މީހާ ފިޔަވައި އެހެން ދިވެހިން ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އީރާނުގެ ބޯޓުން މަސްތުވާތަކެތި ފެނުނު މައްސަލައިގައި ތުހުމަތު ކުރެވޭ މައިގަނޑު މީހުން ފިޔަވައި ދެން ތިބި ހުރިހާ ދިވެހިން ދޫކޮށްލާފައިވާ ކަމަށެވެ. އެކަމަކު، އެ މައްސަލައިގައި މިހާރު ހައްޔަރުކޮށްފައި ތިބީ ކިތައް މީހުން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ޑްރަގް ބޯޓުގެ މައްސަލައިގައި ފަސް ދިވެއްސަކާއި އީރާންގެ ހަ މީހަކާއި ބަންގްލަދޭޝްގެ ދެ މީހުން ހައްޔަރު ކުރި އެވެ. މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވީ އޭގެތެރެއިން ތިން މީހެކެވެ.
މި މައްސަލައިގައި ހައްޔަރު ކުރީ ސ. ހިތަދޫ ކޯޒީ ކޯނާ އަލީ އަންވަރު މުހައްމަދު، 35، އާއި ކ. ދިއްފުށި މާތިލަ އަހްމަދު ޝަކީބް، 42، އަދި ލ. ގަން ތުނޑި މިލާނޯ މުހައްމަދު ރިޝްފާން، 23، އެވެ. މީގެ ތެރެއިން ކުށުގެ ރެކޯޑު އޮތީ އަންވަރުގެ އެކަންޏެވެ. އެއީ ވައްކަން ކުރުމުގެ ކުށުގެ ރެކޯޑެވެ.
ޑްރަގް ހިފައިގެން އައި އީރާނު ބޯޓުގެ ކައިރިއަށް ދިޔަ "ހެދޭކުރި" ދޯނީގެ ކެޕްޓަނާއި ފަޅުވެރިން ވެސް ފުލުހުން އަތުލައިގަތެވެ. އެއީ ކ. ދިއްފުށި، އިރުމަތީގޭ އާދަމް މިސްބާހް، 39، އާއި ލ. ގަން ތުނޑި އީޓް ޖެހިގޭ މުހައްމަދު އިނާޝް، 22، އާއި ބަންގްލަދޭޝްގެ ދެ މީހެއް ކަމަށްވާ އަލީ އަހްމަދު، 24، އަދި ތުހުން، 36، އެވެ. މި މީހުންގެ ތެރެއިން އިނާޝަކީ ތޫނު ހަތިޔާރު ބޭނުންކޮޮށްގެން މާރާމާރީ ހިންގުމާއި މަސްތުވާތަކެއްޗާ ގުޅޭ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ.
އީރާނުގެ ބޯޓުގައި ތިބި މީހުންނަކީ ފަކީރު، 50، އާއި އިސްމާއީލް އިބްރާހީމް، 50، އާއި ސާޖިދު، 50، އާއި ނަވިދު، 30، އާއި އީސާ ސުލައިމާން، 26، އަދި އަލީ ރާޖާ، 19، އެވެ.
އީރާނުގެ ބޯޓާއި އެ ބޯޓު ކައިރި އަށް ދިޔަ ރާއްޖޭގެ މަސް ދޯނި އަތުލައިގަތީ މިދިޔަ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހުގެ ރެ އެވެ.
ފުލުހުން ކުރިން ބުނެފައި ވަނީ ތިން ގޯންޏެއްގައި މަސްތުވާތަކެތި އަޅާފައި ހުއްޓާ އީރާނުގެ ބޯޓުން ފެނިފައިވާ ކަމަށެވެ. އެއީ 70 ޕެކެޓްގެ މަސްތުވާތަކެތި ކަމަށާއި އެތަކެތީގެ ބަރުދަން 70 ކިލޯ އަށް އަރާނެ ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ. އޮޕަރޭޝަން ގައި އަތުލައިގަތް މަސްތުވާތަކެތީގެ އަގު 59.2 މިލިއަން ރުފިޔާ އަށް އަރަ އެވެ.
އީރާން ބޯޓު އަދިވެސް ފުލުހުންގެ ބެލުމުގެ ދަށުގައި
ޑްރަގް ބޯޓުގެ މީހުންގެ މައުލޫމާތު އާއްމުކޮށްފި
އީރާނު ބޯޓު ބަލައި ފާސްކޮށް އަދި ނުނިމޭ: ފުލުހުން
އީރާނު ބޯޓުން 50 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ
70 ކިލޯ ޑްރަގް: ދައުވާ އަނބުރާ ގެންގޮސްފި
ބިން ދޫކުރިއިރު ބޯޓުގެ ތަފްސީލެއް ކައުންސިލަކަށް ނޭނގޭ
ޑްރަގް ބޯޓު ބޭނުންކުރި މައްސަލަ ބަލަނީ
ޝަރީއަތް ނިމެންދެން ބަންދުގައި ހުރި މީހަކު މަރުވެއްޖެ
ކުރިން "ބަތަލަކަށް" ވި ކައްޕި މިފަހަރު ހައްޔަރު!
49 ކިލޯގެ ޑްރަގް:ދެ މީހެއްގެ ބައި އަނބުރާ ގެންދަނީ