Roadha Mihaaru
ޝަރީއަތް ނިމެންދެން ބަންދުގައި ހުރި މީހަކު މަރުވެއްޖެ

ޝަރީއަތް ނިމެންދެން ބަންދުގައި ހުރި އިރާން މީހަކު މަރުވެއްޖެ

24 ޖުލައި 2020

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި އިރާނުގެ މީހަކު، ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް ރޭ މަރުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި އިރާނުގެ މީހަކު، ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް ރޭ މަރުވެއްޖެ އެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނީ އައިޖީއެމްއެޗުގައި ފަރުވާ ހޯދަމުން އަންނަނިކޮށް ރޭ 11:50 ހާއިރު މަރުވީ ރަހުމަތުﷲ 49، ކަމަށެވެ. އެއީ ދިގު މުއްދަތަކަށް ކެންސަރަށް ފަރުވާ ހޯދަމުން އައި މީހެކެވެ.

އޭނާ ހައްޔަރުކޮށްފައި ހުރީ ރާއްޖެ އަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގަ އެވެ.

ރަހުމަތުﷲ މަރުވުމާ ގުޅިގެން އެކަން އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އާއި ފުލުހުން އަދި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ވެސް ހުށަހަޅާފައިވާ ކަމަށް ގައިދީން ބަލަހައްޓާ އިދާރާ އިން ބުންޏެވެ.

މަސްތުވާތެކެތި ރާއްޖެ އަށް އެތެރެކުރަން އުޅެނިކޮށް އީރާނުގެ ބޯޓުތަކެއް މިދިޔަ އަހަރު ހިފަހައްޓާފައި ވެ އެވެ. އޭގެ ތެރެއިން ބައެއް މީހުން ހައްޔަރު ކުރި އެވެ.