Roadha Mihaaru
"ނޮވެމްބާ" ގެ ފުރަތަމަ ލަވައަކީ "މޫސުން"

"ނޮވެމްބާ" ގެ ފުރަތަމަ ލަވައަކީ "މޫސުން"

24 ޑިސެމްބަރ 2019

ޑާކް ރެއިން އެންޓަޓައިންމަޓުން އަންނަ އަހަރު ގެނެސްދޭން ނިންމާފައިވާ ފިލްމު "ނޮވެމްބާ" ގެ ލަވައެއްގެ އޯޑިއޯ އާންމުންނަށް ދޫކޮށްލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑާކް ރެއިން އެންޓަޓައިންމަޓުން އަންނަ އަހަރު ގެނެސްދޭން ނިންމާފައިވާ ފިލްމު "ނޮވެމްބާ" ގެ ލަވައެއްގެ އޯޑިއޯ އާންމުންނަށް ދޫކޮށްލައިފި އެވެ.

މި ފަހަކަށް އައިސް ފިލްމުތަކުގައި އަމިއްލަ ރާގުގެ ލަވަތައް ހިމަނައިގެން ބޮޑު މަގުބޫލުކަމެއް ވެސް ހޯދަމުން އަންނަ ސްޓޫޑިއޯގެ "ނޮވެމްބާ" އިން ދޫކޮށްލި ފުރަތަމަ ލަވަ އަކީ "މޫސުން" އެވެ. މަޑުމައިތިރި ރާގަކަށް ހަދާފައިވާ މި ލަވަ ކިޔާފައި ވަނީ އެންމެ ފަހުން ބޭއްވި ފިލްމު އެވޯޑްސްގައި ހަތަރު ލަވައަކުން ނޮމިނޭޓްވި މަރިޔަމް އަޝްފާ އެވެ.

"މޫސުން"ގެ މިއުޒިކް ހުސައިން ތައުފީގު ހަދާފައިވާ އިރު، ލަވައިގެ މެލޮޑީ އާއި ޅެން ހަދާފައި ވަނީ ޝައްމޫން މުހައްމަދެވެ.

ލޯބީގެ އަސަރު ގަދަ ވާހަކައަކަށް ހަދާ "ނޮވެމްބާ" އަކީ އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ ފިލްމެކެވެ. މީގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ޑާކް ރެއިނުން އެންމެ ފަހުން ގެނެސްދިން "މާމުއި"ގެ ސްކްރީންޕްލޭ ވެސް ލިޔުނު އައިޝަތު ފުއާދު ތައުފީގާއި އަހުމަދު ތޮލާލެވެ.

ސިނަމާ އަށް ގެންނާނެ ތާރީހެއް އަދި އިއުލާން ނުކުރާ "ނޮވެމްބާ"ގެ ލީޑް ރޯލުން ފެންނާނީ މަރިޔަމް މަޖުދާއި ޖުމައްޔިލް ނިމާލެވެ. މި ފިލްމުގެ މަންޒަރުތަކެއް ދާދިފަހުން ސިންގަޕޫރާއި އައްޑޫގައި ވެސް ނަގާފައިވެ އެވެ.