މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ކުރިން ވަޒީފާ އަދާކުރެއްވި ބޭފުޅުންތަކެއް ޑިޕްލޮމެޓިކް ބޯޑު ޖަހައިގެން ކާރު ދުއްވާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ކުރިން ވަޒީފާ އަދާކުރެއްވި ބޭފުޅުންތަކެއް ޑިޕްލޮމެޓިކް ބޯޑު ޖަހައިގެން ކާރު ދުއްވާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު "މިހާރު"އަށް ވިދާޅުވީ އެމްބަސީގައި ކުރިން އުޅުއްވި ތިން ބޭފުޅަކު މަގާމުން ވަކިވިފަހުން ވެސް ޑިޕްލޮމެޓިކް ޕްލޭޓާ އެކުގައި ކާރު ދުއްވާ ކަމަށެވެ. އެކަމަކު، މަގާމުން ވަކިވެފައިވާތީ، އެއީ އެ ބޭފުޅުންނަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްބަސީގެ ވަޒީފާ އިން ވަކިވުމާ އެކު ޑިޕްލޮމެޓިކް ޕާސްޕޯޓާއި ކާރުގެ ބޯޑު ފަދަ އެއްވެސް އިނާޔަތެއްގެ ބޭނުމެއް ނުކުރެއްވޭނެ އެވެ. ކުރިން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި ގޮތުގައި، އުސޫލުގައި އޮންނަނީ އެގޮތަށް އަމަލުކުރަން ކަން، ޑިޕްލޮމެޓިކް ބޯޑާ އެކު ކާރު ދުއްވާ ބޭފުޅުންނަށް ދިވެހި އެމްބަސީން ވަނީ ހަނދާންކޮށް ދީފަ އެވެ.
ޑިޕްލޮމެޓިކް ބޯޑުގައި ދުއްވާ ކާރުތަކުން މެލޭޝިއާގެ ސަރުކާރަށް ޓެކްސް ދައްކާކަށް ނުޖެހޭނެ އެވެ.
މި މައްސަލަ ސޯޝަލްމީޑިއާގައި ވެސް ފެންމަތިކޮށް، ފާޑުކިއުން ވަނީ އަމާޒުކޮށްފަ އެވެ.
ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މުހައްމަދު މިއުވާން ވިދާޅުވީ ޑިޕްލޮމެޓިކް ބޯޑު ދޫކުރަނީ އެމްބަސީތަކުގައި ވަޒީފާ އަދާކުރައްވާ ބޭފުޅުންނަށް އެކަނި ކަމަށެވެ. ވަޒީފާގައި ނޫޅޭ ބަޔަކަށް، މިނިސްޓްރީ އަށް އެނގިގެން އެ ބޯޑު ބޭނުން ނުކުރެއްވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވިސާމް ހުންނެވީ ދިވެހިންގެ ހިދުމަތުގައި، ހައްލު ހޯދޭނެ
އީޔޫ އާއި މެލޭޝިއާގެ ސަފީރުން ފަތްކޮޅު އަރުވައިފި
ލަންކާ ސަފީރު ކަމަށް މަސްއޫދު، މެލޭޝިއާ އަށް ޝަބީނާ
ޗައިނާއިން ގައުމުގެ ދާހިލީ ކަންކަމާ ނުބެހޭނެ: ސަފީރު
ރާއްޖެ- ގަތަރުން އަލުން ގުޅުން ގާއިމުކުރަން ނިންމައިފި
"އިންޑިއާގެ ގުޅުމަށް ފާޑުކިޔަނީ ތަރައްގީ ހަޖަމުނުވާތީ"
ޕާޓީ ގޭމް ތެރެއަށް ޗައިނާ ނުވެއްދޭނެ: ސަފީރު
ހަސަން ސައީދު، ޑެޕިއުޓީ އެމްބެސެޑަރަކަށް
ކޮވިޑާ ދެކޮޅަށް އަދިވެސް ބޭރުގެ އެހީ މުހިއްމު: ރައީސް
ޗައިނާއާ ބެހޭ ނަމަ ދިވެހިންނަށް ހިތިވާނެ: ޝިޔާމް