Roadha Mihaaru
އީޔޫ އާއި މެލޭޝިއާގެ ސަފީރުން ފަތްކޮޅު އަރުވައިފި

އީޔޫ އާއި މެލޭޝިއާއަށް ކަނޑައެޅި ސަފީރުން ފަތްކޮޅު އަރުވައިފި

09 ޖުލައި 2024

ރާއްޖޭން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި މެލޭޝިއާ އަށް ކަނޑައެޅި ސަފީރުން މަގާމުގެ ފަތްކޮޅު އަރުވައިފި އެވެ.

ރާއްޖޭން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި މެލޭޝިއާ އަށް ކަނޑައެޅި ސަފީރުން މަގާމުގެ ފަތްކޮޅު އަރުވައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ، އީޔޫއަށް ކަނޑައެޅި ސަފީރު ގީލާ އަލީ، ސަފީރުކަމުގެ ފަތްކޮޅު ކައުންސިލް އޮފް ދަ ޔޫރަޕިއަން ޔޫނިއަންގެ ރައީސް، ޗާލްސް މިޝެލް އަށް މިއަދު މެންދުރު އަރުވާފައިވާ ކަމަށެވެ.

ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުވުމުގައި، ރާއްޖެއާއި އީޔޫ އާ ދެމެދު ވެވުނު ފުރަތަމަ ފްރޭމްވޯކް އެގްރީމަންޓް ކަމަށްވާ "ސަމޯއާ އެގްރީމަންޓް" ސޮއިކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރާއްޖެއާއި ޔޫރަޕްގެ އިއްތިހާދާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރައްވާނެކަމުގެ ޔަގީންކަން ގީލާ ދެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ބައްދަލުވުމުގައި، މިނިސްޓްރީން ބުނި ގޮތުގައި، ރާއްޖެ އާއި އީޔޫ އާ ދެމެދު އޮންނަ ގާތްގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތުގައި ކައުންސިލް އޮފް ދަ ޔޫރަޕިއަން ޔޫނިއަންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން މިޝެލް ވަނީ ދެއްވައިފަ އެވެ.

އީޔޫގެ އިތުރުން ގީލާ އަކީ ބެލްޖިއަމް އަށް ވެސް ކަނޑައަޅުއްވާފައިވާ ސަފީރެވެ.

މެލޭޝިއާއަށް ކަނޑައެޅި ސަފީރު ޑރ. ޝަބީނާ މިއަދު ވަނީ ސަފީރުކަމުގެ ފަތްކޮޅު އަރުވާފައި. --ފޮޓޯ: ފޮރިން މިނިސްޓްރީ

މެލޭޝިއާއަށް ކަނޑައެޅި ސަފީރު ޑރ. ޝަބީނާ މިއަދު ވަނީ ސަފީރުކަމުގެ ފަތްކޮޅު އަރުވާފައި. --ފޮޓޯ: ފޮރިން މިނިސްޓްރީ

ގީލާގެ އިތުރުން މެލޭޝިއާ އަށް ރާއްޖޭން ކަނޑައަޅާފައިވާ ޑރ. މަރްޔަމް ޝަބީނާ އަހުމަދު ވެސް ވަނީ، ސަފީރުކަމުގެ ފަތްކޮޅު މެލޭޝިއާގެ ރަސްގެފާނު ސުލްތާން އިބްރާހީމް އަށް މިއަދު އަރުވައިފަ އެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، މެލޭޝިއާގެ ރަސްގެފާނާ ބައްދަލު ކުރައްވައި، މެލޭޝިއާ ސަރުކާރާއި މެލޭޝިއާ ރައްޔިތުން ދިވެހި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ދެއްވާ އެހީތެރިކަމާއި ބަހައްޓަވާ ގާތްކަމަށް ޝަބީނާ ޝުކުރު އަދާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މި ބައްދަލުވުމުގައި މެލޭޝިއާގެ ރަސްގެފާނު ވަނީ، ދެ ގައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށްޓަކައި މެލޭޝިއާ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.