އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނަގަން އިމްތިހާން ހަދަންޖެހޭ މުއްދަތު އަންނަ އަހަރާ ހަމައަށް އިތުރުކޮށްފި އެވެ.
30 އޯގަސްޓް 2021
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނަގަން އިމްތިހާން ހަދަންޖެހޭ މުއްދަތު އަންނަ އަހަރާ ހަމައަށް އިތުރުކޮށްފި އެވެ.
މިދިޔަ މަހު އަމަލު ކުރަން ފެށި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ގަވާއިދު މިހާރު އޮންނަ ގޮތުން ތިއަރީ އިމްތިހާން ފުރިހަމަ ކުރުމަށްފަހު ދުއްވުމުގެ އިމްތިހާން ފުރިހަމަ ނުކޮށް ހަ މަސް ދުވަސް ވެއްޖެ ނަމަ، ތިއަރީ އިމްތިހާން އަލުން ހަދަން ޖެހޭނެ އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ނެރުނު ބަޔާނެއްގައި ވަނީ ކޮވިޑް-19 އާ ގުޅިގެން އެކި ފަހަރު މަތިން ލޮކްޑައުން ކުރުމާ ގުޅިގެން ދުއްވުމުގެ އިމްތިހާން ހެދުމުގެ ފުރުސަތު ގިނަ ބަޔަކަށް ނުލިބި އެބަތިބި ކަމަށެވެ. އެހެންވެ، މިދިޔަ މަހު ގަވާއިދަށް އަމަލު ކުރަން ފެށުމުގެ ކުރިން ތިއަރީ އިމްތިހާން ހަދާފައިވާ ފަރާތްތަކަށް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ދުއްވުމުގެ އިމްތިހާން ފުރިހަމަ ކުރަން ފުރުސަތު އޮންނާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެގޮތަށް ހަމަޖެއްސިއިރު، އެ ގަވާއިދު މިހާރު އޮންނަ ގޮތުން ގަވާއިދާ ޚިލާފަށް ޕާކް ކުރުމާއި ޓްރެފިކް ގަވާއިދުތަކާ ޚިލާފްވެއްޖެ ނަމަ، އެ މީހެއްގެ ލައިސަންސުން ޕޮއިންޓް އުނި ކުރާނެ އެވެ. އަދި ލައިސަންސްގެ ޕޮއިންޓް ހުސްވެއްޖެ ނަމަ، އެ ލައިސަންސެއް ބާތިލް ކުރުމާ އެކު އެ މީހަކަށް އިތުރު ލައިސަންސެއް ހަ މަސް ވަންދެން ނުލިބޭނެ ކަމަށް ގަވާއިދުގައިވެ އެވެ.
މީގެ އިތުރުން ލައިސަންސް ބާތިލްވުމަށް ފަހު އަލުން ލައިސަންސް ދޭނީ ވެސް އަލަށް ލައިސަންސް ނަގާ އުސޫލުން ހުރިހާ އިމްތިހާންތަކެއް ފުރިހަމަ ކުރުމުންނެވެ.
ޑްރައިވިން ސްކޫލަށް ނުދާ ނަމަ ލައިސަންސް ނުލިބޭނެ
ވަކި ގައުމުތަކެއްގެލައިސަންސް އޮންނަ ދިވެހިންނަށް ލުޔެއް
ޖޫރިމަނާއާ އެކު ލައިސަންސް ބާތިލްކުރުން: ޖެއްސުމެއްތަ؟
ލައިސަންސް އާކޮށްދިނުމުގެ ހިދުމަތް ދޭން އަލުން ފަށަނީ
ލައިސަންސް ނުހެދި ޖޫރިމަނާކުރާތީ ހިތްހަމަނުޖެހިއްޖެ
ހުރިހާ ވެހިކަލެއްގެ ނަމްބަ ޕްލޭޓް ބަދަލުކުރަން ޖެހޭތަ؟
ބްރިޖްގެ ބޮޑު އެކްސިޑެންޓްވި މީހާގެ ލައިސަންސްް ބާތިލް
ލައިސަންސްގެ ތިއަރީ އިމްތިހާނު ހެދުން މިނިސްޓްރީގައި
އަހަރީ ފީ އާއި ޖޫރިމަނާ ބަހާލައިގެން ދެއްކޭގޮތް ހަދަނީ
އިތުރު 10 ރަށަކުން ލައިސަންސް ނެގޭނެ ގޮތް ހަދައިފި