ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ އެންމެ ބޮޑު ޝަކުވާ އަކީ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައެޅުން ލަސްވުން ކަމަށް ޓޫރިޒަމް އެޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން މިއަދު ބުނެފި އެވެ.
29 ޑިސެމްބަރ 2019
ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ އެންމެ ބޮޑު ޝަކުވާ އަކީ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައެޅުން ލަސްވުން ކަމަށް ޓޫރިޒަމް އެޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން މިއަދު ބުނެފި އެވެ.
އެ ޖަމިއްޔާގެ ޖެނެރަލް ސެކްރެޓަރީ މައުރޫފް ޒާހިރު (މާއްޓެ) "މިހާރު" އަށް ވިދާޅުވީ ރިސޯޓްތަކުގެ މުވައްޒަފުންގެ ގިނަ ކަންބޮޑުވުންތަކެއް އަދިވެސް އެބަހުރި ކަމަށެވެ. އޭގެ ތެރެއިން ސާވިސް ޗާޖު ދޭނެ މިންވަރެއް ކަނޑަނޭޅުމަކީ ވެސް މައްސަލައެއް ކަމަށާއި އެކަމަކު އެންމެ ބޮޑު ކަންބޮޑުވުމަކީ، މިނިމަމް ވޭޖް ހަމަނުޖެހި ދިގުލުން ކަމަށް އޭނާ ވިދާޅުވި އެވެ.
މާއްޓެ ވިދާޅުވި ގޮތުގައި މިނިމަމް ވޭޖް ކަނޑައަޅަން މުވައްޒަފުން ބޭނުންވަނީ، މަހަކު ލިބޭ އާމްދަނީ ދުރާލައި ޔަގީންވާނެތީ އެވެ.
"ސާވިސް ޗާޖަކީ އެ ފަހަރެއްގެ އޮކިއުޕެންސީ އަށް ބަލާފައި ތަފާތު ވާނެ އެއްޗެއް. އެހެންކަމުން އެހާ ބޮޑަށް އެއަށް ޑިޕެންޑެއް ނުވާނެ މުވައްޒަފުން. ޑިޕެންޑް މި ވަނީ ލިބޭ މުސާރަ އަށް،" މާއްޓެ ވިދާޅުވި އެވެ.
"މިނިމަމް ވޭޖުގެ ސަބަބުން މުސާރަ ބޮޑުވާނެ ކަމަށް މުވައްޒަފުން އުއްމީދު ކުރަނީ."
މިނިމަމް ވޭޖާ އެކު ސާވިސް ޗާޖު ދޭނެ ނިސްބަތެއް ވެސް ކަނޑައަޅަން ރިސޯޓްތަކުގެ މުވައްޒަފުން ބޭނުންވެ އެވެ. މިހާރު އެކި ރިސޯޓްތަކުން ސާވިސް ޗާޖަށް ދެނީ އެކި ވަރެވެ. ބައެއް ރިސޯޓްތަކުން ސާވިސް ޗާޖަށް ލިބޭ ހުރިހާ އާމްދަނީއެއް މުވައްޒަފުންނަށް ހަމަހަމަށް ބަހާލަނީ އެވެ. އަނެއް ބައި ރިސޯޓްތަކުން، މުވައްޒަފުންގެ ބައެއް ކަންކަމަށް ވަކި ޕަސެންޓެއް ނަގާފައި، އަނެއް ބައި ބަހާލަނީ އެވެ.
ރިސޯޓްތަކުގެ ސާވިސް ޗާޖާ ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދެއްކެވި ވާހަކަތަކަކާ ގުޅިގެން ގުޅިގެން އޭނާ އަށް ފާޑުކިއުން އަމާޒުވި އެވެ. މިދިޔަ ހަފްތާގައި ޓޫރިޒަމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "މިހާރު" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން، އަލީ ވިދާޅުވީ ރިސޯޓުތަކުގައި ސާވިސް ޗާޖު ދޭ މިންވަރާއި ދިވެހި މުވައްޒަފުންނަށް ތިބޭ މިންވަރު ރަނގަޅު ކަމަށެވެ.
މިނިސްޓަރުގެ އެ ޖަވާބު، ރިސޯޓްތަކުގެ މުވައްޒަފުންނަށް ބަލައެއް ނުގަނެވުނެވެ. ބައެއް މީހުން އޭނާގެ އިސްތިއުފާ އަށް ވެސް ގޮވި އެވެ. އަދި މަގާމުން އޭނާ ދުރުކޮށްދޭން އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިސޯޓްތަކުގެ ބައެއް މުވައްޒަފުން ޕެޓިޝަނެއް ހުށަހަޅަން ވެސް ވަނީ ނިންމައިފަ އެވެ.
އަލީ ވަހީދުގެ އިސްތިއުފާއަށް ގޮވާލާ ރިސޯޓެއްގެ މުވައްޒަފަކު އަޑު އުފުލަނީ-- ފޮޓޯ: ފޭސްބުކް
ޓީމުން ބުނާ ގޮތުގައި ރިސޯޓުތަކުގައި ދިމާވާ ކަންތައްތަކުގެ ޝަކުވާ ޓޫރިޒަމް މިނިސްޓްރީއަށް ހުށަހެޅި ނަމަވެސް އަމަލީ އެއްވެސް ފިޔަވަޅެއް ނާޅަ އެވެ. އެގޮތުން، ރިސޯޓު މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކުރަން ޖަމިއްޔާތައް ހަދައިގެން ނުހިންގޭނެ ކަމަށް ބުނެ މެނޭޖްމަންޓުތަކަށް އަންގާ ކަމަށް މާއްޓެ ވިދާޅުވި އެވެ.
"މިނިސްޓްރީން އެބަ އެންކަރޭޖް ކުރޭ ޔޫނިއަންތައް ނުހިންގޭނެއޭ ބުނެ. މިކަމާ ގުޅޭ ގޮތުން އަޅުގަނޑުމެން ވާނީ މިނިސްޓްރީއަށް ސިޓީއެއް ވެސް ފޮނުވާފައި. އަދިވެސް އޭގެ ޖަވާބެއް ނުލިބޭ،" މާއްޓެ ވިދާޅުވި އެވެ.
ސާވިސް ޗާޖާ ގުޅޭ ގޮތުން ދެއްކެވި ވާހަކައިގެ މަފްހޫމް ނުވަތަ ނެގުނު މާނައެއްގެ ސަބަބުން އެއްވެސް މީހެއްގެ ހިތުގައި ނުތަނަވަސް ކަމެއް އުފެދިފައިވާ ނަމަ އެ ވާހަކަތަކަށް މިނިސްޓަރު އަަލީ ވަހީދު ވަނީ މާފަށް ވެސް އެދިވަޑައިގެންފަ އެވެ.
"އަމާޒަކީ މިނިމަމް ވޭޖަށްވުރެ ރަނގަޅު ގޮތެއްވުން"
ކޮވިޑާ ހެދި ވަކިކުރިމީހުން އިޔާދަކުރަން އިލްތިމާސްކޮށްފި
ހިތްވަރުކޮށްފިއްޔާ ބޯޑަރު ދެން ބަންދެއް ނުވާނެ: އަލީ
"ޓޫރިޒަމްގެ އިޝްތިހާރަށް ހަރަދުވީ 3،000 ރުފިޔާ"
ޗާލު މަންޒަރުތަކެއް: މީހުން ބުނަނީ "އަދި އަންނާނަން"
މިއީ ޓޫރިސްޓުން އަތުން ޓެކްސް ނަގަންވީ ވަގުތެއް ނޫން
ހާއްސަ ހުއްދަ ދޭ ކޮންމެ ޖެޓަކުން 50،000 ޑޮލަރު
މިވަގުތު ރާއްޖޭގައި ތިބީ ހާހެއްހާ ޓޫރިސްޓުން
މިނިސްޓަރުގެ ބޮޑު ތުހުމަތެއް: އަސްލު މައްސަލައަކީ ޓީމް
2020ގެ ފުރަތަމަ ޓޫރިސްޓަށް ވެ ބޮޑު އުފަލެއް