Roadha Mihaaru
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަން ހުޅުވާލައިފި

ކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަން ހުޅުވާލައިފި

30 ޑިސެމްބަރ 2019

އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އަންނަ އޭޕްރީލް މަހު ބާއްވާ ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް އެމްޑީޕީން ބާއްވާ ޕްރައިމަރީ އަންނަ މަހުގެ 31 ވަނަ ދުވަހު ބާއްވަން އޮތީ ހަމަޖައްސައިފަ އެވެ.

އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައިވަނީ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން އެކަމުގެ ފޯމް ފުރިހަމަ ކުރުމަށް ފަހު ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ. އެ ޕްރައިމަރީގައި ވާދަ ކުރެވޭނީ އަދި ވޯޓު ލެވޭނީ ވެސް މާދަމާގެ ނިޔަލަށް އެ ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިބި މީހުންނަށް ކަމަށް އެ އިއުލާނުގައިވެ އެވެ.

އެމްޑީޕީން ކައުންސިލް އިންތިޚާބަށް ޕްރައިމަރީ ބާއްވަން ނިންމިއިރު، އިދިކޮޅު ކޯލިޝަނުން ވެސް ވަނީ އެ ކޯލިޝަންގެ ފަރާތުން ކައުންސިލް އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅަން ޕްރައިމަރީ ބާއްވަން ނިންމައިފަ އެވެ. އެ ޕްރައިމަރީ ވެސް ބާއްވަން ހަމަޖައްސާފައިވަނީ އަންނަ މަހު ފަހުކޮޅު އެވެ.