Roadha Mihaaru
އައްޑޫގެ ސޯލާ މަޝްރޫއު ފަށައިފި

އައްޑޫގައި 1.6 މެގަވޮޓްގެ ސޯލާ މަޝްރޫއެއް ފަށައިފި

30 މެއި 2016

ސޯލާ ޕެނަލް ހަރުކޮށްގެން އައްޑޫގައި 1.6 މެގަވޮޓްގެ ކަރަންޓް އުފެއްދުމަށް ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސޯލާ ޕެނަލް ހަރުކޮށްގެން އައްޑޫގައި 1.6 މެގަވޮޓްގެ ކަރަންޓް އުފެއްދުމަށް ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

ސޯލާ ޕެނަލް ހަރު ކުރުން އިފުތިތާހު ކުރަން ހިތަދޫގައި ސްކޫލްގެ ބޭއްވި ޖަލްސާ އަށް ފަހު، އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވަނީ އެ ސްކޫލްގެ ފުރާޅުގައި މިއަދު ފުރަތަމަ ޕެނަލް ހަރުކޮށް ދީފަ އެވެ.

މިނިސްޓަރުގެ އިތުރުން ޕެނަލްތައް ހަރުކޮށް ދިނުމަށް ހިތަދޫ ސްކޫލާއި އައްޑޫގެ ބައެއް އެހެން ސްކޫލްތަކުގެ ދަރިވަރުން ވެސް ބައިވެރިވި އެވެ.

ޕެނަލްތައް ސްކޫލްތަކާއި ސަރުކާތުގެ އެކި އޮފީސްތަކުގެ ފުރާޅުތަކުގައި ހަރުކުރަން ވަނީ ނިންމައިފަ އެވެ.

މިނިސްޓަރު ތޯރިގް ވިދާޅުވީ އައްޑޫގައި އިޔާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދަން ކުރިއަށް ގެންދާ މަޝްރޫއުގެ ސަބަބުން، ދުވާލުގެ ވަގުތުތަކުގައި އައްޑޫގައި ބޭނުން ކުރާ ކަރަންޓްގެ 30 ޕަސަންޓް އިޔާދަކުރަނިވި ހަކަތަށް ބަދަލުވާނެ ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ ވެސް ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި އިޔާދަކުރަނިވި ހަކަތަ އުފައްދައި، އެކަމަށް ބާރު އެޅުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އައްޑޫގައި ސޯލާ އިން 1.6 މެގަވޮޓްގެ ކަރަންޓް އުފެއްދުމަށް ކުރިއަށް ގެންދާ މަޝްރޫއު މިއަދު ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ/ އަހުމަދު އަދުޝަން

އައްޑޫގައި ސޯލާ އިން 1.6 މެގަވޮޓްގެ ކަރަންޓް އުފެއްދުމަށް ކުރިއަށް ގެންދާ މަޝްރޫއު މިއަދު ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ/ އަހުމަދު އަދުޝަން

އެގޮތުން 2018 އާ ހަމައަށް އަންނަ އިރު ރަށްރަށުގައި ބޭނުން ކުރާ ކަރަންޓްގެ 30 ޕަސަންޓަކީ އިޔާދަކުރަނިވި ހަކަތަ އަށް ހެދުމަކީ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ އަމާޒެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ތޯރިގް ވިދާޅުވީ އައްޑުއާ އެކު އިތުރުން އެހެން ހަތަރު ރަށެއްގައި ވެސް އަވިން ކަރަންޓް އުފެއްދުމުގެ މަޝްރޫއު އިފުތިތާހުވެގެން ގޮސްފައިވާ ކަމަށެވެ. އެއީ ބ. ގޮއިދޫ، ގއ. ވިލިގިލި، ދ. ރިނބިދޫ އަދި ޅ. ކުރެންދު އެވެ. އައްޑުއާ އެކު ފަސް ރަށުގައި ޖުމްލަ 2.5 މެގަވޮޓްފެ ކަރަންޓް ސޯލާ އިން އުފައްދާނެ އެވެ.

އައްޑޫގައި ސޯލާ އިން 1.6 މެގަވޮޓްގެ ކަރަންޓް އުފެއްދުމަށް ކުރިއަށް ގެންދާ މަޝްރޫއު މިއަދު ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ/ އަހުމަދު އަދުޝަން

އައްޑޫގައި ސޯލާ އިން 1.6 މެގަވޮޓްގެ ކަރަންޓް އުފެއްދުމަށް ކުރިއަށް ގެންދާ މަޝްރޫއު މިއަދު ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ/ އަހުމަދު އަދުޝަން

މިނިސްޓަރު ވިދާޅުވީ އިޔާދަ ކުރަނިވި ހަކަތަ އަށް ދާން ޖެހޭ ވަރަށް ގިނަ ސަބަބުތައް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ތެލަށް ކުރަން ހަރަދު ބޮޑުކަމުން އިގުތިސާދީ ގޮތުން ގެންނަން ޖެހޭ ތަރައްގީ އަށް ހުރަސްތަކެއް ހުރި ކަމަށް ތޯރިގް ވިދާޅުވި އެވެ.

އެހެންވެ ތެލަށް ކުރަން ޖެހޭ ހަރަދު ކުޑަވުމަކީ ތަރައްގީގެ އެހެން ކަންކަމަށް ބޭނުންވާ ފައިސާ ލިބުމަށް މަގުފަހިވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އވެެ.

އައްޑޫގައި ސޯލާ އިން 1.6 މެގަވޮޓްގެ ކަރަންޓް އުފެއްދުމަށް ކުރިއަށް ގެންދާ މަޝްރޫއު މިއަދު ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ/ އަހުމަދު އަދުޝަން

އައްޑޫގައި ސޯލާ އިން 1.6 މެގަވޮޓްގެ ކަރަންޓް އުފެއްދުމަށް ކުރިއަށް ގެންދާ މަޝްރޫއު މިއަދު ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ/ އަހުމަދު އަދުޝަން

މިނިސްޓަރު އަދި ވިދާޅުވީ ރާއްޖެ ކަހަލަ ޖަޒީރާ އަދި ތިމާވެށީގެ ތަފާތު މައްސަލަތައް ކުރިމަތިވެފައިވާ ގައުމަކަށް އިޔާދަކުރަނިވި ހަކަތައަކީ ވަރަށް މުހިއްމު ވަސީލަތެއް ކަމަށެވެ.