Roadha Mihaaru
ސެމްސަންގްގެ ބުކް ފްލެކްސްއަށް އާ ކޮމްޕިއުޓަރެއް

ސެމްސަންގްގެ ބުކް ފްލެކްސްއަށް އާ ކޮމްޕިއުޓަރެއް

05 ޖެނުއަރީ 2020

ކޮންޒިއުމާ އިލެކްޓްރޯނިކްސް ޝޯ (ސީއީއެސް) 2020 އަށް ކުންފުނިތައް ތައްޔާރުވަނީ އެވެ. މިއީ ސީއީއެސް 2020 ގައި، ސެމްސަންގުން މައުރަޒުކުރަން ތައްޔާރުކުރާ ލެޕްޓޮޕެކެވެ. ސެމްސަންގުން ބުނަނީ މިއީ ތަފާތު ރަހައެއް ތަޖުރިބާކުރަން އެންމެ ރަނގަޅު ދަނޑިވަޅު ކަމަށެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ކޮންޒިއުމާ އިލެކްޓްރޯނިކްސް ޝޯ (ސީއީއެސް) 2020 އަށް ކުންފުނިތައް ތައްޔާރުވަނީ އެވެ. މިއީ ސީއީއެސް 2020 ގައި، ސެމްސަންގުން މައުރަޒުކުރަން ތައްޔާރުކުރާ ލެޕްޓޮޕެކެވެ. ސެމްސަންގުން ބުނަނީ މިއީ ތަފާތު ރަހައެއް ތަޖުރިބާކުރަން އެންމެ ރަނގަޅު ދަނޑިވަޅު ކަމަށެވެ.

ގެލަކްސީ ބުކް ފްލެކްސް އަކީ ސެމްސަންގް އަމިއްލަ ވިޔަފާރި ބްރޭންޑެކެވެ. މި ބްރޭންޑަށް ނިސްބަތްކޮށް، ސްކްރީން ސައިޒް ތަފާތު ޑިވައިސްތައް ނެރުމަށް ސެމްސަންގުން މަސައްކަތްކުރެ އެވެ. މި ފަހަރު، ގެލަކްސީ ބުކް ފްލެކްސްގެ ފަހަތަށް "އަލްފާ" އިތުރުކޮށްފައި ވަނީ، މި ޑިވައިސް ބޭނުންކުރާ މީހުންނަށް ތަފާތު ތަޖުރިބާއެއް ހާސިލުކޮށްދިނުމަށް ކަމަށް، ސެމްސަންގް ޚަބަރު ވެބްސައިޓްގައި ބުނެފައި ވެ އެވެ.

ގެލަކްސީ ބުކް ފްލެކްސް އަލްފާ އަކީ، ލެޕްޓޮޕް މާކެޓްގައި ވާދަވެރިންނާ ފައިހަމަކުރުމަށް ސެމްސަންގުން ވިސްނާ ކަމުގެ އަލާމާތެކެވެ. ސެމްސަންގް އާއި މައިކްރޮސޮފްޓަކީ ވަރަށް ގާތް ދެ އެކުވެރިން ނަމަވެސް، ލެޕްޓޮޕް މާކެޓްގައި މައިކްރޮސޮފްޓް ހޯދަމުން އަންނަ ކާމިޔާބީ އަށް ސެމްސަންގް ފާރަވެރިވެ އެވެ. މައިކްރޮސޮފްޓް ސާފަސް އާއިލާ އަކީ ދުނިޔެ ދަންނަ މަޝްހޫރު ބްރޭންޑެކެވެ.

ސެމްސަންގުން ލެޕްޓޮޕް މާކެޓަށް ކިތަންމެ ފަހަރަކު ވަދެއްޖެ އެވެ. ނަމަވެސް، ދެމެހެއްޓެނިވި ކާމިޔާބެއް ހޯދިފައެއް ނުވެ އެވެ. ސްމާޓްފޯން އަދި ޓެބްލެޓް މާކެޓްގައި ސެމްސަންގް މަޝްހޫރު ނަމަވެސް، ލެޕްޓޮޕް އަދި ކޮމްޕިއުޓަރަކީ ސެމްސްންގްގެ ނަމަށް ޚާއްސަކުރެވޭ ދާއިރާއެއް ނޫނެވެ.

ގެލަކްސީ ބުކް ފްލެކްސް އަލްފާގެ ސްކްރީން ސައިޒަކީ 13.3 އިންޗި އެވެ. އިންޓާނަލް ސްޓޯރޭޖް ދެ ސައިޒެއް ހިމެނެ އެވެ. އެއީ 256ޖީބީ އަދި 512ޖީބީ އެސްއެސްޑީ އެވެ. ސެމްސަންގުން ބުނާ ގޮތުގައި މިއީ ބެޓެރީ ގިނައިރު ހިފަހައްޓާނެ ލެޕްޓޮޕެލެވެ. އަންދާޒާކޮށްފައި ވަނީ، އެވްރެޖް ބޭނުންތަކުގައި 17.5 ގަޑިއިރު ބެޓެރީ ބާރު ދަމަހައްޓާނެ ކަމަށެވެ. މައިކްރޮސޮފްޓް ސާފަސް ބުކްތައް ފަދައިން، ގެލަކްސީ ބުކް ފްލެކްސް އަލްފާ ޑިޒައިންކޮށްފައި ވަނީ ސްކްރީން ވަކިކޮށްލެވޭ ގޮތަށެވެ.

މި އުފެއްދުން މި އަހަރު ކުރީކޮޅު މާކެޓަށް ނެރުމަށް ސެމްސަންގް އުންމީދުކުރެ އެވެ.