Roadha Mihaaru
"އޭކް ވިލަން 2" ޖޯން އާއި ސިދާތުގެ ކުރިމަތިލުމަކަށް

"އޭކް ވިލަން 2" ޖޯން އާއި ސިދާތުގެ ކުރިމަތިލުމަކަށް

07 ޖެނުއަރީ 2020

ޑައިރެކްޓަރު މޯހިތު ސޫރީ 2014 ގައި ގެނެސްދިން ކާމިޔާބު ފިލްމު "އޭކް ވިލަން" ގެ ދެވަނަ ބައި ޖޯން އަބްބަރަހްމާއި ސިދާތު މަލްއުތުރާއާ އެކީގައި ގެނެސްދޭން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑައިރެކްޓަރު މޯހިތު ސޫރީ 2014 ގައި ގެނެސްދިން ކާމިޔާބު ފިލްމު "އޭކް ވިލަން" ގެ ދެވަނަ ބައި ޖޯން އަބްބަރަހްމާއި ސިދާތު މަލްއުތުރާއާ އެކީގައި ގެނެސްދޭން ނިންމައިފި އެވެ.

ޖޯން އެ ފިލްމަށް ނެގިކަން ކަށަވަރު ވެފައިވާ ކަމަށް މީޑިއާތަކުން ބުނެފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް އޭނާ އެ ފިލްމުން ފެންނާނެ ކަމަށް ބުނެފައި ވަނިކޮށެވެ.

މުމްބާއީ މިރާ އިން ބުނިގޮތުގައި "އޭކް ވިލަން 2" ގެނެސްދޭނީ ޖޯންއާ އެކު އޭގެ ފުރަތަމަ ބައިގައި ލީޑް ރޯލް ކުޅުނު ސިދާތު މަލްއުތުރާ ވެސް ހިމަނައިގެންނެވެ. އަދި މީގެ ސްކްރީންޕްލޭގެ މަސައްކަތް މިހާރު ކުރިއަށްދާ އިރު، ދެވަނަ ބައި ގެނެސްދޭނީ ފުރަތަމަ ބައި ޕްރޮޑިއުސްކުރި އެކްތާ ކަޕޫރްގެ ބާލަޖީ އާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެންނެވެ.

މުމްބާއީ މިރާ އިން ބުނިގޮތުގައި "އޭކް ވިލަން 2" ގެ މަސައްކަތް ފަށާނީ މޯހިތު އަންނަ މަހުގެ 7 ގައި ގެނެސްދޭ ރޮމޭންޓިކް ތުރިލާ "މަލަންގް" ރިލީޒް ކުރުމަށް ފަހު އެވެ.

"އޭކް ވިލަން 2" ވެގެން ދާނީ މޯހިތުގެ ފިލްމެއްގައި ޖޯން މަސައްކަތްކުރާ ފުރަތަމަ ފަހަރަށެވެ. އަދި މި ފިލްމުވެގެން ދާނީ ޖޯން އާއި ސިދާތު އެކީގައި ފިލްމަކުން ފެންނާނެ ފުރަތަމަ ފަހަރަށް ވެސް މެ އެވެ.

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "އޭކް ވިލަން" ގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ ސިދާތުގެ އިތުރުން ޝްރަދާ ކަޕޫރާއި ރިތޭޝް ދޭޝްމުކެވެ. އެ ފިލްމުގައި ކިޔައިދެނީ އަނބިމީހާ މަރައިލުމުން އޭގެ ބަދަލު ހިފަން ފިރިއަކު ކުރާ މަސައްކަތެވެ.

އެންމެ 39 ކްރޯޑް ރުޕީސް (5 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި "އޭކް ވިލަން" އަކީ ބޮކްސް އޮފީހުގައި 162.69 ކްރޯޑް ރުޕިސް (24 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.