08 ޖެނުއަރީ 2020
މިދިޔަ އަހަރަށް ފާސްކުރި 31.9 ބިލިއަން ރުފިޔާގެ ބަޖެޓުން ހޭދަކުރީ 28.6 ބިލިއަން ރުފިޔާ ކަން ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ހާމަވެއްޖެ އެވެ.
މިދިޔަ އަހަރަށް ފާސްކުރި 31.9 ބިލިއަން ރުފިޔާގެ ބަޖެޓުން ހޭދަކުރީ 28.6 ބިލިއަން ރުފިޔާ ކަން ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ހާމަވެއްޖެ އެވެ.
ފިނޭންސުން އިއްޔެ ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ސަރުކާރު ހިންގުމާއި މަޝްރޫއުތަކަށް ހަރަދުވާނެ ކަމަށް ލަފާކުރި 29 ބިލިއަން ރުފިޔާ އިން ހަރަދު ކޮށްފައިވަނީ 27.5 ބިލިއަން ރުފިޔާ އެވެ.
ކަނޑައެޅި ޖުމްލަ ބަޖެޓަށް ވުރެ ހަރަދު ކުޑަ ނަމަވެސް މިދިޔަ އަހަރުގެ ރިކަރަންޓް ހަރަދު ވަނީ ލަފާކުރި ވަރަށްވުރެ 1.1 ބިލިއަން ރުފިޔާ އިތުރުވެފަ އެވެ. މިދިޔަ އަހަރު ރިކަރަންޓް ހަރަދުގެ ގޮތުގައި ހޭދަކޮށްފައި ވަނީ 20.2 ބިލިއަން ރުފިޔާ އެވެ. ރިކަރަންޓް ހަރަދުގެ ތެރޭގައި ހިމެނެނީ ހިންގުމުގެ ހަރަދާއި ސަރުކާރު މުވައްޒަފުންގެ މުސާރައާއި ޕެންޝަންގެ އިތުރުން ސަރުކާރުން ދޭން ޖެހޭ ގެއްލުމުގެ ބަދަލެވެ.
މިދިޔަ އަހަރު ކެޕިޓަލް ހަރަދުގެ ގޮތުގައި ހޭދަކުރީ 7.2 ބިލިއަން ރުފިޔާ އެވެ. މިއީ ހަރަދު ކުރާނެ ކަމަށް ލަފާކުރި އަދަދަށްވުރެ ދަށް އަދަދެކެވެ. އެގޮތުން، ކެޕިޓަލް ހަރަދުގެ ގޮތުގައި ހަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ 9.9 ބިލިއަން ރުފިޔާ އެވެ. މި ހަރަދުތަކުގެ ތެރޭގައި ހިމެނެނީ ޕަބްލިކް ސެކްޓާ މަޝްރޫއުތަކާއި ތަރައްގީގެ މަޝްރޫއުތަކާއި އިންވެސްޓްމަންޓުތަކެވެ.
މިދިޔަ އަހަރުގެ ހަރަދުގެ އިތުރުން ސަރުކާރަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ ވެސް ވަނީ ދަށްވެފަ އެވެ. އެގޮތުން، މިދިޔަ އަހަރު ހިލޭ އެހީ އާއި ޓެކްސް އަދި އެހެނިހެން އާމްދަނީގެ ގޮތުގައި 24 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރި އިރު ނުލިބެނީ އެންމެ 158 މިލިއަން ރުފިޔާ އެވެ. މީގެ ތެރެއިން ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލަފާކުރި މިންވަރަށްވުރެ އިތުރަށް ވަނީ ލިބިފަ އެވެ.
ފިނޭންސްގެ ރިޕޯޓުތައް ދައްކާގޮތުން މިދިޔަ އަހަރު ނިމުނު އިރު ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 1.1 ބިލިއަން ރުފިޔާ އެވެ. ނަމަވެސް ލިބޭނެ ކަމަށް ލަފާ ކުރީ ދެ ބިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރުގެ ބަޖެޓް ޑެފިސިޓް ނުވަތަ އާމްދަނީ އަށް ވުރެ ޚަރަދު ބޮޑުވުން ވެސް ވަނީ ލަފާކުރި ވަރަށްވުރެ 1.3 ބިލިއަން ރުފިޔާ ދަށްވެފަ އެވެ. މިދިޔަ އަހަރުގެ ބަޖެޓް ޑެފިސިޓަކީ 3.6 ބިލިއަން ރުފިޔާ އެވެ.
ސަޕްލިމެންޓްރީއާ އެކު ބަޖެޓުގެ ޖުމްލަ 55 ބިލިއަނަށް
42 ބިލިއަންގެ ބަޖެޓެއް، ޑެފިސިޓް ވަރަށް ބޮޑުވެދާނެ
ބަޖެޓް ޑެފިސިޓް 13-16 ބިލިއަނަށް
މި އަހަރުގެ ޑެފިސިޓް 12 ބިލިއަނަށް އަރާނެ: އަމީރު
މި އަހަރުގެ ބަޖެޓް ޑެފިސިޓް 5.3 ބިލިއަން ރުފިޔާއަށް
ބަޖެޓު ފާސްކުރަނީ ބަދަލު ދީ ހުސްކުރަން: އިދިކޮޅު
ހުށަހެޅީ 1.7 ބިލިއަންގެ ސަޕްލިމެންޓްރީ ބަޖެޓެއް
ޕީއެސްއައިޕީ އަށް އަދި ހަރަދުކުރީ އެންމެ 10 ޕަސެންޓް
އަތޮޅު ފިހާރައިގެ ފައިސާ ކައުންސިލްތަކަށް ދޭން ފަށައިފި
ޕީޕީއެމްގެ ފައިސާ ދޫކޮށްދޭން ފިނޭންސްގައި އެދެނީ