25 އޯގަސްޓް 2019
ސަރުކާރުން ފޮނުވި 1.7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފި އެވެ.
ސަރުކާރުން ފޮނުވި 1.7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފި އެވެ.
މި އަހަރުގެ ބަޖެޓުގެ ގޮތުގައި ހަރަދު ކުރުމަށް 27.3 ބިލިއަން ރުފިޔާ ފާސްކުރި ނަމަވެސް އެ އަދަދަށް އިތުރު 1.7 ބިލިއަން ރުފިޔާ ހިމެނުމަށް ވަނީ ނިންމައިފަ އެވެ. މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓާ އެކު ދައުލަތުގެ ބަޖެޓު 31.9 ބިލިއަނަށް އިތުރުވެގެންދާނެ އެވެ. އަދި ބަޖެޓުގެ އޯވަރޯލް ޑެފިސިޓް 4.9 ބިލިއަން ރުފިޔާ އަށް އިތުރުވާނެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލިހަށް ފޮނުއްވި ސިޓީއާ ގުޅިގެން އެ ބަޖެޓް ބަލައިގަނެ، ބަޖެޓު މާދަމާ ރޭ މަޖިލިހުން ނިންމުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އެހެންވެ، ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް މިއަދު އެއްކޮށް ކުރިއަށް ގެންދެވުމަށް މަޖިލީހުގެ ރައީސް އެދިވަޑައިގަތެވެ.
އަދި ބަޖެޓަށް ބޭނުންވާ އިސްލާހުތައް ހުށަހެޅުމުގެ ފުރުސަތު މާދަމާ ރޭގެ ނިޔަލަށް އޮންނާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ސަރުކާރުން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ނިންމީ ކޮންޓިންޖެންސީ އަށް ވުރެ ބޮޑު އަދަދެއް، ކޯޓުތަކުން ކުރާ ހުކުމްތަކާއި އެނޫން ގޮތްގޮތަށް ބަދަލުގެ ގޮތުގައި ސަރުކާރުން ދައްކަން ޖެހިފައިވާތީ އެކަންކަމަށް ބަޖެޓުން ޖާގަ ހޯދުމަށެވެ. އަދި މި ސަރުކާރުގެ މެނިފެސްޓޯގައި ހުރި ހުރިހާ ޕްރޮގްރާމެއް އެންމެ ފުރިހަމަ އަށް ހިމެނުމަށް ޓަކަ އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު "މިހާރު" އަށް މީގެ ކުރިން ވިދާޅުވެފައި ވަނީ ސަޕްލިމެންޓްރީ ބަޖެޓުގައި ހުންނަނީ މިހާރު ވެސް ޕްލޭން ކުރެވިފައިވާ މަޝްރޫއުތައް ކަމަށެވެ.
މިހާތަނަށް އެ ބަޖެޓުން 14.7 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފަ އެވެ. އަހަރުގެ މިހާ ހިސާބަށް އާމްދަނީގެ ގޮތުގައި 14.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ބަޖެޓު ފާސްކުރަނީ ބަދަލު ދީ ހުސްކުރަން: އިދިކޮޅު
ސޮވްރިން ފަންޑް ރައްކާތެރިކުރަން ގާނޫނެއް ހަދަން ޖެހޭ
ބޮޑު ފައިދާ ކޮށްދޭނީ ބީއެެމްއެލް، ދިރާގު އަދި އެސްޓީއޯ
މިހާރު ހުރި ޕެންޝަން ސްކީމްތައް ކުރިއަކަށް ނުގެންދެވޭނެ
އާ ސަރުކާރު ބަޖެޓު އަންނަ ހަފުތާގައި ހުށަހަޅަނީ
އަންނަ އަހަރުގެ އަމާޒަކީ 2.2 މިލިއަން ޓޫރިސްޓުން
އަންނަ އަހަރު ހަރަދުން 6.6 ބިލިއަން ސަލާމަތް ކުރަނީ
އަންނަ އަހަރަށް ލަފާކުރާ ބަޖެޓު 64 ބިލިއަނަށް
އަންނަ އަހަރުގެ ބަޖެޓު ހުށަހެޅުން ބުރާސްފަތި ދުވަހު
ކުންފުނިތަކުގެ ކެޕިޓަލް އިންޖެކްޝަނަށް 2.1 ބިލިއަން