Roadha Mihaaru
އައިޖީއެމްއެޗް އިންޑިއާ އިން އެކްރެޑިޓް ކުރަނީ

އައިޖީއެމްއެޗް އިންޑިއާ އިން އެކްރެޑިޓް ކުރަނީ

08 ޖެނުއަރީ 2020

އިންޑިއާގައި ސިއްހީ ހިދުމަތާއި ހޮސްޕިޓަލްތަކުގެ ފެންވަރު ވަޒަންކުރާ އިދާރާ އާއި ލެބޯޓްރީތަކުގެ ފެންވަރު ވަަަޒަންކުރާ އިދާރާ އިން ގަބޫލުކުރާ މިންގަނޑަށް އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް އެކްރެޑިޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އިންޑިއާގައި ސިއްހީ ހިދުމަތާއި ހޮސްޕިޓަލްތަކުގެ ފެންވަރު ވަޒަންކުރާ އިދާރާ އާއި ލެބޯޓްރީތަކުގެ ފެންވަރު ވަަަޒަންކުރާ އިދާރާ އިން ގަބޫލުކުރާ މިންގަނޑަށް އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް އެކްރެޑިޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާގެ "ނެޝަނަލް އެކްރެޑިޓޭޝަން ބޯޑް ފޯ ހޮސްޕިޓަލްސް އެންޑް ހެލްތު ކެއާ ޕްރޮޮވައިޑާސް" އާއި ނެޝަނަލް އެކްރެޑިޓޭޝަން ބޯޑް ފޯ ޓެސްޓިން އެންޑް ކެލިބަރޭޝަން އެންޑް ލެބޯޓްރީޒްގެ ގައިޑްލައިންތަކާ އެއްގޮތަށް ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެ މައްސަަތް ކުރިއަށް ގެންދަނީ އންޑިއާގެ އެކްމެ ކޮންސަލްޓޭޝަން ނަމަކަށް ކިޔާ ކުންފުންޏެއްގެ އެހީގައި ކަމަށް ވެސް ބުންޏެވެ.

އިންޑިއާގެ އެ ދެ އެކްރެޑިޓޭޝަން ބޯޑުގެ މިންގަނޑުތަކަކީ، އައިޖީއެމްއެޗް ބުނި ގޮތުގައި، ސިއްހީ ހިދުމަތުގެ ފެންވަރު ވަޒަންކުރާ ބައިނަލް އަގުވާމީ ޖަމިއްޔާ، އިންޓަނޭޝަނަލް ސޮސައިޓީ ފޯ ކޮލިޓީ އެންޑް ހެލްތު ކެއާ އިން އެކްރެޑިޓްކޮށްފައިވާ މިންގަނޑުތަކެކެވެ.

ހޮސްޕިޓަލް އެކްރެޑިޓްކޮށް މިންގަނޑުތަަކަށް ފެއްތުމަށް ކުރަން ޖެހޭ ކަންތައްތަކުގެ ތެރޭގައި އެ މިންގަނޑުތަކާ އެއްްގޮތަށް ހިދުމަތްތަކާއި އިކްއިޕްމެންޓް ބެހެއްޓުމާއި ހިދުމަތްތަކާއި މަސައްކަތްތައް އޮޑިޓްކޮށް ބެލެެހެއްޓުން ވެސް ހިމެނެ އެވެ.

އައިޖީއެމްއެޗްގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އާ ހިދުމަތްތައް ތައާރަފް ކުރަން ފަހަކަށް އައިސް އެ ހޮސްޕިޓަލުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކުރިން ނެތް ބައެއް ދާއިރާތަކުގެ ޑޮކްޓަރުން މިހާރު ވަނީ ގެނެސްފަ އެވެ.