Roadha Mihaaru
އީރާނުގެ ހަމަލާތަކުން މާ ބޮޑު ގެއްލުމެއް ނެތް!

އީރާނުގެ ހަމަލާތަކުން މާ ބޮޑު ގެއްލުމެއް ނެތް!

08 ޖެނުއަރީ 2020

ރޭ ފަތިހު، ގާތްގަނޑަކަށް ބައި ގަޑިއިރަށް ދެމިގެން ދިޔަ ހޫނު ހަމަލާތައް، އިރާގުގައި ހުރި އެމެރިކާގެ އަސްކަރީ ދެ މަރުކަޒުގެ އެތެރެއަށާއި ބޭރަށް އަމާޒުވި އެވެ. އީރާނުގެ 22 މިސައިލްގެ މި ވާރޭ ހުއްޓުނު އިރު އެ މަރުކަޒުތަކުގެ ބައެއް ތަންތަނަށް ގެއްލުން ލިބިދާނެ ކަމަށް ބެލެވުނެވެ؛ އެކަމަކު އެއްވެސް މީހަކަށް ކަމެއް ނުވެ އެވެ.

ރޭ ފަތިހު، ގާތްގަނޑަކަށް ބައި ގަޑިއިރަށް ދެމިގެން ދިޔަ ހޫނު ހަމަލާތައް، އިރާގުގައި ހުރި އެމެރިކާގެ އަސްކަރީ ދެ މަރުކަޒުގެ އެތެރެއަށާއި ބޭރަށް އަމާޒުވި އެވެ. އީރާނުގެ 22 މިސައިލްގެ މި ވާރޭ ހުއްޓުނު އިރު އެ މަރުކަޒުތަކުގެ ބައެއް ތަންތަނަށް ގެއްލުން ލިބިދާނެ ކަމަށް ބެލެވުނެވެ؛ އެކަމަކު އެއްވެސް މީހަކަށް ކަމެއް ނުވެ އެވެ.

ބަގުދާދުގައި ހުންނަ ގުޅިފައިވާ ލަޝްކަރުގެ ކޮމާންޑުން ނެރުނު ކުރު ބަޔާނެއްގައި ބުނީ ގުޅިފައިވާ ލަޝްކަރާއި އިރާގުގެ ސިފައިންނަށް ވެސް "އެއްވެސް ގެއްލުމެއް ލިބުނު ކަމަށް ރެކޯޑްކުރެވިފައި ނެތް" ކަމަށެވެ.

އީރާނުގެ 22 މިސައިލްގެ ތެރެއިން ދެ ބައިކުޅަ އެއް ބައި މިސައިލް އަމާޒުވީ ސުންނީންނަށް ނިސްބަތްވާ ހުޅަނގު އަންބާރުގައި ހުންނަ އަލް-އަސަދު އެއާ ބޭސްއަށެވެ. އެތަނަށް ފޮނުވާލި 17 މިސައިލްގެ ތެރެއިން ދެ މިސައިލެއް ވެއްޓުނީ މީހުން ދިރިއުޅޭ ހިސާބަކަށެވެ. އެކަމަކު ނުގޮވާ ކަމަށް، ރަސްމީ ފަރާތްތަކުން ބުނެ އެވެ.

އަނެއް ފަސް މިސައިލް އަމާޒުކުރީ އިރުބީލްގައި ހުންނަ މަރުކަޒަކަށެވެ. އެތަނުގެ މައި އިމާރާތަށް ބައެއް ހަމަލާތައް އެރި އެވެ. ލިބުނު ގެއްލުންތައް މިހާރު އަންނަނީ ބަލަމުންނެވެ.

އީރާނުން ބުނާ ގޮތުގައި މިދިއަ ހުކުރުދުވަހު އެމެރިކާ އިން ދިން ޑްރޯން ހަމަލާއެއްގައި އަވަހާރަވި މޭޖަ ޖެނެރަލް ގާސިމް ސުލައިމާނީގެ މަރުގެ ބަދަލު ހިފުމުގެ ގޮތުން "ދިން އެކަށީގެންވާ ރައްދު" ނިމުމަކަށް އަތުވެއްޖެ ކަމަށެވެ.

އެކަމަކު އީރާނުގެ މަގުސަދު އަދި ހާސިލްނުވާނެ ކަމަށް ބަލައި، ސަރަހައްދުގެ ރަސްމީ އެކި ފަރާތްތަކުން ތިބީ ސަމާލުވެގެންނެވެ. ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި އީރާނުގެ މަގުސަދަކަށް ވާނީ އިރާގުން އެމެރިކާ ސިފައިން ބޭލުމެވެ.

ބުދަދުވަހު އޮތް މިނިސްޓަރުންގެ ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ހަސަން ރޫހާނީ ވަނީ އެމެރިކާއަށް ރައްދުކުރައްވައި، މެސެޖެއް ދެއްވައިފަ އެވެ. އޭނާގެ ބަސް ނިސްބަތްކުރެއްވީ އެމެރިކާގެ ހަމަލާގައި ސުލައިމާނީ އަވަހާރަވި އިރު ދެ އަތް ވަކިވެފައި އޮތް އޮތުމަށެވެ.

"ކަލޭމެން ވަނީ ސުލައިމާނީގެ ހަށިގަނޑާ އޭނާގެ ދެ އަތް ވަކިކޮށްލާފައި. އަހަރެމެން މި ސަރަހައްދުގެ ބިމުން ކަލޭމެންގެ ފައި ލުހެލާނަން،" ރޫހާނީ ވިދާޅުވި އެވެ.

އީރާނުގެ މިސައިލްތައް ފޮނުވާލަނީ: އެމެރިކާ އިން އަދި މާ ގިނަ ވާހަކައެއް ނުދައްކާ

އީރާނުގެ މިސައިލްތައް ފޮނުވާލަނީ: އެމެރިކާ އިން އަދި މާ ގިނަ ވާހަކައެއް ނުދައްކާ

އީރާނުގެ ދޮރުމަތީގައި ކަހަލަ ގޮތަކަށް، އިރާގާއި އަފްގާނިސްތާނުގައި އެމެރިކާ ސިފައިން ތިބޭ ތިބުމަކީ އެ ގައުމަށް އޮތް ބިރެއް ކަމަށް އީރާނުން އަބަދުވެސް ދެކެ އެވެ. އެމެރިކާ ސިފައިން އެކުގައި ބާލާށާއި ލަސްކަރު ކުޑަކުރަން، ދެ ގައުމުގެ ވެރިންނަށް އީރާނުން ބާރުއަޅާތާ މިހާރު އެތައް އަހަރެއް ވެއްޖެ އެވެ.

އިރުބީލަކީ އިރާގުގެ ކުރުދިސްތާނުގެ ވެރިރަށެވެ. އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕިއޯ ވަނީ ކުރުދީ ސަރުކާރުގެ ބޮޑުވަޒީރު މަސްރޫރު ބަރުޒާނީއާ ގުޅުއްވާ ހާލަތުގެ ފަހުގެ މައުލޫމާތު ދެއްވައިފަ އެވެ. ބަރުޒާނީ އާއި އޭނާގެ ބައްޕަ މަސްއޫދު ބަރުޒާނީ އަކީ އެމެރިކާއާ ވަރަށް ގާތް ބައިވެރިންނެވެ.

އިރުބީލްގައި ހުންނަ އެމެރިކާގެ ވައިގެ މަރުކަޒަކީ އޮކްޓޯބަރު މަހު ސީރިޔާގައި އައިއެސްގެ ބާނީ އަބޫބަކުރު އަލް ބަގުދާދީ މަރާލި އޮޕަރޭޝަން ހިންގަން ބޭނުންކުރި މަރުކަޒެވެ.

ބަރުޒާނީ ވިދާޅުވި ގޮތުގައި މިހާރުގެ މަސްރަހު ފިނިކުރެވިދާނެ ގޮތްތައް، ޕޮމްޕިއޯއާ އެކު އޭނާ ހިއްސާކުރެއްވި އެވެ.

އިރާގުގެ ބޮޑުވަޒީރު އާދިލް އަބްދުލް މަހުދީ ވެސް ވަނީ ބަރުޒާނީގެ ވިސްނުމާ އެއްފަދަ ބަޔާނެއް ނެރުއްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ހާލަތު ގޯސްވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އޭނާގެ ސަރުކާރުން ކުރާނެ އެވެ.

އީރާނުގެ ހަމަލާއާ ބެހޭ ގޮތުން މަހުދީ ވިދާޅުވީ އިރާގުގެ މިނިވަންކަމަށް ބުރޫއަރާނެ ފަދަ ކަންކަމާ ދެކޮޅު ކަމަށެވެ. ސުލައިމާނީ އަވަހާރަވި ހަމަލާ އާއި އިރާގުގެ ހުޅަނގުގައި ހަރަކާތްތެރިވާ އީރާނުގެ މަދަދު ލިބޭ ޝީއީންގެ ހަނގުރާމަވެރިންނާ ދެކޮޅަށް މިދިއަ މަހު އެމެރިކާ އިން ދިން ހަމަލާތަކަށް ފަހު ވެސް މަހުދީ ވިދާޅުވީ އެފަދަ ބަސްތަކެކެވެ.