Roadha Mihaaru
އެމެރިކާ ސިފައިން ހިމާޔަތްހޯދީ ސައްދާމުގެ ބަންކަރުތަކުން

އެމެރިކާ ސިފައިން ހިމާޔަތް ހޯދީ ސައްދާމް ހެދި ބަންކަރުތަކުގެ ތެރޭން

16 ޖެނުއަރީ 2020

ބަޣުދާދު (ޖެނުއަރީ 16) - އިރާގުގައި އެމެރިކާ ސިފައިން ތިބޭ މަރުކަޒުތަކަށް އީރާނުން މިދިޔަ ހަފުތާގެ ބުދަ ވިލޭރޭ މިސައިލް ހަމަލާ ދިނުމުގެ ކުރިން އެ ހަމަލާގެ މައުލޫމާތު އެމެރިކާ ސިފައިންނަށް އެނގޭ ކަމަށާއި އެ މީހުން ހިމާޔަތް ހޯދީ ކުރީގެ ރައީސް ސައްދާމް ހުސައިންގެ ދުވަސްވަރު ހެދި ބަންކަރުތަކަށް ވަދެގެން ކަމަށް ކޮމާންޑަރުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އީރާނުން މިސައިލް ހަމަލާ ދޭން އުޅޭކަން އެނގުމާ އެކު އިރާގުގެ އަލް އަސަދު ވައިގެ މަރުކަޒުތަކުގައި ތިބޭ އެމެރިކާ ސިފައިން ވަނީ ހަމަލާގެ ދެގަޑިއިރު ކުރިން ބަންކަރުތަކަށް ވަދެ ހިމާޔަތް ހޯދައިފަ އެވެ. އެމެރިކާ ސިފައިން ބަންކަރުތަކަށް ވަންނަން ފެށީ އަންގާރަ ދުވަހުގެ ރޭ 11 ޖެހިއިރު އެވެ. އީރާނުން ފޮނުވާލި ފުރަތަމަ ހަމަލާ އަމާޒުވީ އެރޭ ދަންވަރު 1:34 ގަ އެވެ. ދެ ވަނަ ހަމަލާ އޭގެ 15 މިނިޓް ފަހުންނެވެ. އީރާނުގެ މިސައިލް ހަމަލާތައް ދެގަޑިއިރަށް ވުރެ ގިނައިރު ކުރިއަށް ދިޔަ އެވެ. ހަމަލާތައް ހުއްޓުނުކަން ޔަގީންވުމުން، އެމެރިކާ ސިފައިން ބަންކަރުތަކުން ނުކުންނަން ފެށީ ފަތިހު ހަތަރެއް ޖަހަން އުޅެނިކޮށެވެ.

އެމެރިކާ ސިފައިން ހިމާޔަތް ހޯދި ބަންކަރެއްގެ އެތެރެ. --ފޮޓޯ:ސީއެންއެން

އެމެރިކާ ސިފައިން ހިމާޔަތް ހޯދި ބަންކަރެއްގެ އެތެރެ. --ފޮޓޯ:ސީއެންއެން

އޮފިސަރުން ބުނީ ބަންކަރުތަކާ ވަރަށް ކައިރިއަށް މިސައިލްތައް ވެއްޓުނު ކަމަށެވެ. ބައެއް މިސައިލް ވެއްޓުނު ތަނުގައި ދެ މީޓަރު ފުން އަދި ޑައިމީޓަރުގައި ތިން މީޓަރު ހުރި ވަޅުގަނޑެއް ވަނީ އުފެދިފަ އެވެ. މިސައިލްތައް އަމާޒުވި ހިސާބާ ކައިރީގައި މަދު ސިފައިންތަކެއް ތިބި ކަމަށްވެ އެވެ. އެއީ ޑްރޯން ޕައިލެޓުންނާއި ޓަވަ ގާޑުންނެވެ.

އިރާގުގައި އެމެރިކާ އިން ހެދި ބަންކަރެއް ކައިރީ ސިފައިންގެ މީހަކު މަޑުކޮށްލައިގެން. --ފޮޓޯ:ސީއެންއެން

އިރާގުގައި އެމެރިކާ އިން ހެދި ބަންކަރެއް ކައިރީ ސިފައިންގެ މީހަކު މަޑުކޮށްލައިގެން. --ފޮޓޯ:ސީއެންއެން

އިރާގުގެ ބޮޑު ވަޒީރު އާދިލް އަބްދުލް ހާދީ ވިދާޅުވީ އެމެރިކާ ސިފައިންގެ އަމާޒުތަކަށް އީރާނުން މިސައިލް ހަމަލާ ދޭކަން ކުރިން ވަނީ އަނގަބަހުން އީރާނުން އަންގާފައިވާ ކަމަށެވެ. އަރަބި ޑިޕްލޮމެޓަކު ވިދާޅުވީ އިރާގު ސަރުކާރުން ވަނީ އެ މައުލޫމާތު ވަގުތުން އެމެރިކާ ސިފައިންނަށް ފޯރުކޮށްދީފައި ކަމަށެވެ. އޭގެ ކުރިން ވަނީ ހަމަލާއާ ގުޅޭ ސިއްރު އިންޓަލިޖެންސް ސިގްނަލް އެމެރިކާ ސިފައިންނަށް ލިބިފަ އެވެ.

އަލް އަސަދު ވައިގެ މަރުކަޒަށް ދިން މިސައިލް ހަމަލާގައި، ޑްރޯން ޕައިލެޓުންނާއި އޮޕަރޭޓަރުން ތިބޭ އިމާރާތަށް ގެއްލުން ލިބިފައި. --ފޮޓޯ:ސީއެންއެން

އަލް އަސަދު ވައިގެ މަރުކަޒަށް ދިން މިސައިލް ހަމަލާގައި، ޑްރޯން ޕައިލެޓުންނާއި އޮޕަރޭޓަރުން ތިބޭ އިމާރާތަށް ގެއްލުން ލިބިފައި. --ފޮޓޯ:ސީއެންއެން

އަލް އަސަދަކީ އެމެރިކާ ސިފައިން އިރާގުގައި ތިބޭ އެންމެ ބޮޑު އަދި އެންމެ ދުވަސްވީ ވައިގެ މަރުކަޒެވެ. އެ މަރުކަޒުގައި ބަންކަރުތައް ހެދީ ސައްދާމް ހުސައިންގެ ވެރިކަމުގަ އެވެ. އެއީ 1980-1988 އަށް ކުރި ގަލްފު ހަނގުރާމައިގައި އީރާނުގެ ހަމަލާތަކުން ހިމާޔަތް ހޯދަން ހެދި ތަންތަނެވެ.

މިސައިލް ހަމަލާގައި އަލް އަސަދު ވައިގެ މަރުކަޒަށް ލިބިފައިވާ ގެއްލުންތައް. --ފޮޓޯ:ސީއެންއެން

މިސައިލް ހަމަލާގައި އަލް އަސަދު ވައިގެ މަރުކަޒަށް ލިބިފައިވާ ގެއްލުންތައް. --ފޮޓޯ:ސީއެންއެން

އެމެރިކާ ސިފައިން ބުނެފައި ވަނީ ސައްދާމް ހުސައިންގެ ދުވަސްވަރު ހެދި ބަންކަރުތަކަކީ ބެލެސްޓިކް މިސައިލް ހަމަލާއަކުން ދިފާއުވެވޭނެ ތަންތަން ކަން ކުރިން ޔަގީން ނުވާ ކަމަށެވެ. އެކަމަކު އެ ބަންކަރުތައް އެމެރިކާ އިން ހެދި ބަންކަރުތަކަށް ވުރެ ވަރުގަދަ އެވެ.