Roadha Mihaaru
"އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ ފަޚުރެއް"

އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ ލިބުނު ފަޚުރެއް: އީރާނުގެ ކޮމާންޑަރު

11 ޖެނުއަރީ 2020

ވޮޝިންޓަން (ޖެނުއަރީ 11) - އީރާނުން ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ ލިބުނު ފަޚުރެއް ކަމަށާއި އެ ފިޔަވަޅުތަކުން ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ރިވޮލިއުޝަނަރީ ގާޑުގެ ކޮމާންޑަރަކު ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޖެނުއަރީ 11) - އީރާނުން ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ ލިބުނު ފަޚުރެއް ކަމަށާއި އެ ފިޔަވަޅުތަކުން ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ރިވޮލިއުޝަނަރީ ގާޑުގެ ކޮމާންޑަރަކު ވިދާޅުވެއްޖެ އެވެ.

ކޮމާންޑަރު މުހްސިން ރިޒާއީ ވިދާޅުވީ އެމެރިކާގެ ފިޔަވަޅުތަކަކީ "ރަމްޒީ ކަމެއް" ކަމަށެވެ.

"ދަތިކުރުމުގެ ފިޔަވަޅަކީ އެމެރިކާ އަށް ރަމްޒީ ކަމެއް. އެ ފިޔަވަޅުން އަޅުގަނޑަށް ކުރާނެ އިގްތިސާދީ އެއްވެސް ގެއްލުމެއް ނެތް. އަދި އެއީ އީރާނުން ދިން މިސައިލް ހަމަލާތަކުގެ ބަދަލު ދެވޭވަރުގެ ފިޔަވަޅުތަކެއް ވެސް ނޫން،" ރިޒާއީ ވިދާޅުވި އެވެ. "އެމެރިކާ އިން ފިޔަވަޅު އެޅުމަކީ ލިބުނު ފަޚުރެއް."

އީރާނުގެ ސީނިއާ އަށް އޮފިޝަލަކާ ދެކޮޅަށް އެމެރިކާ އިން ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ.

އީރާނަށް ދަތިކުރުމުގެ އާ ފިޔަވަޅުތައް އެޅިކަން ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ (ވ) އާއި ޓްރެޝަރީ ސެކްރެޓަރީ ސްޓީވަން މަނޫޗިން އިއުލާން ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

އީރާނަށް ދަތިކުރުމުގެ އާ ފިޔަވަޅުތައް އެޅިކަން ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ (ވ) އާއި ޓްރެޝަރީ ސެކްރެޓަރީ ސްޓީވަން މަނޫޗިން އިއުލާން ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ޓްރެޝަރީ ސެކްރެޓަރީ ސްޓީވަން މަނޫޗިން އަދި ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އިރާގުގައި ތިބޭ އެމެރިކާ ސިފައިންނަށް އަމާޒުކޮށް އީރާނުން ދިން މިސައިލް ހަމަލާއާ ގުޅިގެން އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުކުރީ މެދުއިރުމަތީގެ "ހަމަޖެހުން ނަގާލަން އުޅޭ" އީރާން މީހުންނަށް ކަމަށެވެ.

ފިޔަވަޅު އެޅި އޮފިޝަލުންގެ ތެރޭގައި އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ޝަމްކާނީ، އީރާން ސިފައިންގެ ޑިޕިއުޓީ ޗީފް އޮފް ސްޓާފް މުހައްމަދު ރިޒާ އަޝްތިއާނީ، އީރާން ސަރުކާރަށް ވަފާތެރި ވޮލަންޓިއަރުންގެ ލަޝްކަރު ބަސީޖުގެ ވެރިޔާ ގުލާމްރިޒާ ސުލައިމާނީ ހިމެނެ އެވެ.

މަނޫޗިން ވިދާޅުވީ އީރާނުގެ ޓެކްސްޓައިލް، ކޮންސްޓްރަކްޝަން، މެނުފެކްޗާރިން އަދި މައިނިން ސެކްޓަރުގައި ބައިވެރިވެއްޖެ ކޮންމެ މީހަކާ ދެކޮޅަށް ރައީސް ޑޮނަލްޑް ޓްރަމްޕް ދަތިކުރުމުގެ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ މި ފިޔަވަޅުތަކުގެ ސަބަބުން އީރާން ސަރުކާރަށް ލިބެން އޮތް އެތައް ބިލިއަން ޑޮލަރެއް ހުއްޓުވޭނެ ކަމަށެވެ.