ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމު ކަމަށްވާ ޗައިނާގެ އެންމެ ބޮޑު ތިން ސިޓީގައި ރާއްޖެ އީޝްތިހާރު ކުރުމަށް އައުޓްޑޯ ކެމްޕޭނެއް ފަށައިފި އެވެ.
13 ޖެނުއަރީ 2020
ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމު ކަމަށްވާ ޗައިނާގެ އެންމެ ބޮޑު ތިން ސިޓީގައި ރާއްޖެ އީޝްތިހާރު ކުރުމަށް އައުޓްޑޯ ކެމްޕޭނެއް ފަށައިފި އެވެ.
އެމްއެމްޕީއާރުސީން ކުރިއަށްގެންދާ މި ކެމްޕޭން ކުރިއަށްގެންދަނީ އެ ގައުމުގެ ވެރިރަށް ބެއިޖިން އާއި ގުއާންޒޯ އަދި ޝަންހާއީގަ އެވެ. މި ކެމްޕޭނުގައި ރާއްޖެ އަކީ އެ ގައުމުގެ ޓޫރިސްޓުންނަށް ޗުއްޓީ ހޭދަކުރުމަށް އެންމެ ރަނގަޅު މަންޒިލްގެ ގޮތުގައި އިޝްތިހާރު ކުރެވޭނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
މި ކެމްޕޭނުގައި ބެއިޖިންގެ އޮފީސްތައް ހިމެނޭ ބޮޑެތި އިމާރާތްތަކުގެ ލެޑް ސްކްރީންތަކުގަ އާއި ގުއާންޒޯގެ އެންމެ ބޮޑު ފަސް ޝޮޕިން މޯލުގެ ސްކްރީންތަކުގައި ރައްޖޭގެ މަންޒަރުތައް ފެންނަ ވީޑިއޯ އަޅުވާނެ އެވެ. އަދި ޝަންހާއީގެ މެޓްރޯ ސްޓޭޝަނުގެ ހަތް ސްކްރީނެއްގައި ރާއްޖޭގައި ތަޖުރިބާ ކުރެވޭނެ ކަންތައްތައް ވެސް އިޝްތިހާރު ކުރާނެ އެވެ. މިއީ ދުވާލެއްގެ މައްޗަށް ދޮޅުލައްކަ އަށްވުރެ ގިން މީހުން ޒިޔާރަތް ކުރާ ސްޓޭޝަނެކެވެ.
ބެއިޖިންގެ އޮފީސް އިމާރާތެއްގައި ރާއްޖެ އިޝްތިހާރު ކޮށްފައި-- ފޮޓޯ: އެމްއެމްޕީއާރުސީ
މީގެ އިތުރުން ވެސް މިއަހަރު ތެރޭގައި ޗައިނާގެ މާކެޓުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ތަފާތު ހަރަކާތްތައް އެމްއެމްޕީއާރުސީން ކުރިއަށްގެންދާނެ އެވެ. މީގެ ތެރޭގައި މީޑިއާ އަދި މަޝްހޫރު ތަރިންގެ ފެމިލިއަރައިޒޭޝަން ޓްރިޕްތަކާއި ޑިޖިޓަލް މީޑިއާ ކެމްޕޭންތައް ހިމެނެ އެވެ. އަދި ޗައިނާގައި ކުރިއަށްގެންދާ ދެ ފެއާއެއްގައި ވެސް ރާއްޖޭން ބައިވެރިވާނެ އެވެ.
މިދިޔަ އަހަރު ވެސް ޗައިނާގައި މިފފަދަ ހަރަކާތްތައް ވަނީ ކުރިއަށްގެންގޮސްފަ އެވެ. އެގޮތުން، ޗައިނާ އައުޓްބައުންޑް ޓްރެވެލް ޓޫރިޒަމް މާކެޓުގަ އާއި ބެއިޖިން ޝަންހާއީ އަދި ގުއާންޒޯގރ ރޮޑް ޝޯތަކުގައި ރާއްޖޭން ވަނީ ބައިވެރިވެފަ އެވެ. މީގެ އިތުރުން އެ ގައުމުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ކަމަށްވާ ވީ ޗެޓާއި ވެއިބޯގައި ޕްރޮމޯޝަްތައް ވަނީ ކުރިއަށްގެންގޮސްފަ އެވެ.
ޗައިނާގައި އެމްއެމްޕީއާރުސީން ކުރިއަށްގެންދާ ހަރަކާތްތަކުގެ ސަބަބުން އެ ގައުމުން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާ ކުރެވެ އެވެ. އެގޮތުން މިދިޔަ އަހަރު ގިނަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވާއިރު މިދިޔަ އަހަރު އެ ގައުމުން 284،372 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކުރި އެވެ.
ޗައިނާގައި ރާއްޖެ އިޝްތިހާރުކުރަން ހާއްސަ ހަރަކާތެއް
ބޯޑަރު ބަންދަސް ޗައިނާގެ މާކެޓު ހޯދަން މަސައްކަތްކުރަނީ
ޗައިނާގައި ރާއްޖެ އިޝްތިހާރު ކުރަން ބޮޑު ދެ އިވެންޓެއް
ޗައިނާގެ ބޮޑު ޓޫރިޒަމް ފެއާގައި ރާއްޖޭން 51 މީހުން
750،000 ވަނަ ޓޫރިސްޓް އައުން ފާހަގަކޮށްފި
ބޮލީވުޑްގެ ފަންނާނުންނާ އެކު ރާއްޖެ ޕްރޮމޯޓްކޮށްފި
ގޮންޖެހުންތަކާއެކު ވެސް ޝިއުރީގެ ޔަގީންކަން ބޮޑު
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ބޮޑު ހަރަކާތެއް!
ޓޫރިޒަމުން 5 ބިލިއަން ޑޮލަރު ހޯދަން އަމާޒު ހިފައިފި
"މާސްޓަ ޝެފް" ރާއްޖޭގައި ބާއްވަން މަސައްކަތް ކުރަނީ